ޓޮޓެންހަމް ބަލިކޮށް ޗެލްސީ ހަތަރަކަށް

Apr 4, 2025, 2:32 AM
ޓޮޓެންހަމް ބަލިކޮށް ޗެލްސީ ހަތަރަކަށް

ލަންޑަން (އޭޕްރީލް 4) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާސް 1-0 އިން ބަލިކޮށް ޗެލްސީ ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފި އެވެ.

ޗެލްސީ ހަތަރަކަށް އެރީ 30 މެޗުން 52 ޕޮއިންޓާ އެކު އެވެ. ފަސް ވަނައިގައި އޮތީ ލީގުގެ އެންމެ ފަހުން ހަތަރު އަހަރުގެ ވެސް ޗެމްޕިއަން، މެންޗެސްޓާ ސިޓީ އެެވެ. އެ ޓީމަށް ވަނީ 30 މެޗުން 51 ޕޮއިންޓް ލިބިފަ އެވެ. ހަ ވަނައިގައި އޮތީ ނިއުކާސަލް ޔުނައިޓެޑް އެވެ. އެ ޓީމަށް ވަނީ 30 މެޗުން 50 ޕޮއިންޓް ލިބިފަ އެވެ.

ސްޓެމްފޯޑް ބްރިޖުގައި ރޭ ކުޅުނު މި މެޗުގައި، ޗެލްސީން ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ އެ ޓީމުގެ ކެޕްޓަން، އެންޒޯ ފެނާންޑޭޒް އެވެ. މިއީ، ދެ ވަނަ ހާފު ފެށިގެން ފަސް މިނިޓް ތެރޭ، ކޯލް ޕާމާ ނަގައިދިން ބޯޅައަކުން އެންޒޯ ޖެހި ގޯލެކެވެ.

އޭގެ ފަހުން، ޗެލްސީގެ މޮއިސަސް ކައެސޭޑޯ ވަނީ ޗެލްސީ އަށް ދެ ވަނަ ގޯލެއް ޖަހައިދީފަ އެވެ. އެކަމަކު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ނިންމީ އޮފްސައިޑް ކަމަށެވެ.

ބަދަލަކަށް ކުޅެން އެރި، ޓޮޓެންހަމްގެ މިޑްފީލްޑަރު، ޕަޕެ މަޓާ ސާ ވަނީ ގޯލެއް ޖަހައިފަ އެވެ. އެކަމަކު، އެ ބޯޅަ ފޮނުވާލުމުގެ ކުރިން ސާ ވަނީ ޗެލްސީގެ ކައެސޭޑޯ އަށް ފައުލުކޮށްފަ އެވެ.

މި ނަތީޖާ އިން ބަލިވެ، ލީގުގެ ގަދަ 10 ތެރޭގައި ނިންމުމުގެ ފުރުސަތު ޓޮޓެންހަމް އަށް ވަނީ ހަނިވެފަ އެވެ. ޓޮޓެންހަމް އަށް 30 މެޗުން 34 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމު އޮތީ ލީގުގެ 14 ވަނައިގަ އެވެ. ޓޮޓެންހަމް އެންމެ ފަހުން، ލީގުގެ ގަދަ 10 އިން ބޭރުން ނިންމީ، 2008 ވަނަ އަހަރުގެ ސީޒަނުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox