ޓްރަމްޕު ފެށި "ވިޔަފާރީގެ ހަނގުރާމަ" އާއެކު ތަކެތީގެ އަގުތައް އުފުލި ދުނިޔޭގެ ބާޒާރަށް ލޮޅުން

Apr 3, 2025, 8:34 AM
ޓްރަމްޕު ފެށި "ވިޔަފާރީގެ ހަނގުރާމަ" އާއެކު ތަކެތީގެ އަގުތައް އުފުލި ދުނިޔޭގެ ބާޒާރަށް ލޮޅުން

ވޮޝިންޓަން، އެމެރިކާ (އެޕްރީލް 2) - އެމެރިކާއަށް ގައުމުތަކުން އިމްޕޯޓް ކުރާ މުދަލުން މަދުވެގެން 10 ޕަސެންޓުގެ "ރެސިޕްރޮކަލް ޓެރިފް"އެއް ނެގުމަށް އެ ގައުމުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ނިންމަވައި އެކަން ތަންފީޒު ކުރަން ފެށުމާއެކު ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލި މުޅިން އައު "ވިޔަފާރީގެ ހަނގުރާމަ"އެއް ފެށޭނެކަމުގެ ބިރު ބޮޑުވެއްޖެ އެވެ.

ޓްރަމްޕްގެ ރިޔާސީ ވައުދު ފުއްދެވުމުގެ ގޮތުން އިއްޔެ ވައިޓް ހައުސްގައި ހާއްސަ ރަސްމިއްޔާތެއް ބާއްވައި އެމަނިކުފާނު ވަނީ ރިޔާސީ އޯޑަރެއްގައި ސޮއިކުރައްވާފަ އެވެ. އާ ޓެރިފް ރޭޓުތައް އިއްޔެ އެމެރިކާގެ ސަރުކާރުން އާންމުކޮށްފައިވާއިރު އެޕްރީލް 5، އިން ފެށިގެން ބޭސް ރޭޓުގައި ޓެރިފް ނަގަން ފަށާނެ އެވެ. ބޭސް ރޭޓަކީ 10 ޕަސެންޓެވެ.

ބައެއް ގައުމުތަކުގެ މުދަލުން 10 ޕަސެންޓަށް ވުރެ ބޮޑު ޓެރިފެއް ނަގާނެ އެވެ. އެމެރިކާގެ އެކުވެރި ގައުމުތަކާއި އަދި ވާދަވެރިވާ ގައުމުތަކުން ގެންނަ މުދާ ވެސް ހިމެނޭހެން އެޕްރީލް 9، އިން ފެށިގެން އާންމުކޮށްފައިވާ ރޭޓުތަކުގައި ޓެރިފް ނަގާނެ އެވެ.

އެގޮތުން، ޔޫރަޕިއަން ޔޫނިއަނުން އިމްޕޯޓް ކުރާ މުދަލުން 20 ޕަސެންޓު، ޖަޕާނުން ގެންނަ މުދަލުން 20 ޕަސެންޓު ޓެރިފް ނަގާނެ އެވެ. އެމެރިކާގެ އެންމެ އަވަށްޓެރި ދެ ގައުމު ކަމަށްވާ ކެނެޑާ އާއި މެކްސިކޯއިން ބޯޑަރު ހުރަސްކޮށް ވައްދާ މުދަލުން ނަގާ ޓެރިފްގެ ރޭޓު ހުރީ 25 ޕަސެންޓުގަ އެވެ.

ފިޗް ރޭޓިންސް އެމެރިކާގެ ރިސާޗް ހެޑް ވިދާޅުވި ގޮތުގައި ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާގެ އިމްޕޯޓް ޓެކްސްގެ ރޭޓް 22 ޕަސެންޓަށް ވަނީ އުފުލިފަ އެވެ. މިދިޔަ އަހަރު އެ އަދަދު ހުރީ 2.5 ޕަސެންޓުގަ އެވެ.

މިއީ އެމެރިކާއިން ގައުމުތަކަށް އެތެރެ ކުރާ މުދަލުން ނަގާ ޓެރިފާއި ޑިއުޓީ ފަދަ ޓެކްސްތަކަށް ރައްދު ދިނުމުގެ ގޮތުން ނިންމެވު ނިންމެވުމެއް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. މީގެ ސަބަބުން އަމިއްލަ ގައުމުގައި އުފެއްދުންތެރިކަން އިތުރުވެގެންދާނެ ކަމަށް ޓްރަމްޕް ދެކެވަޑައިގަންނަވަ އެވެ.

މި ޓެރިފްތަކާއެކު ދުނިޔޭގެ އިގުތިސޯދަށް ލޮޅުން އަރައި މަޑުޖެހޭނެ ކަމަށް އިކޮނޮމިސްޓުން ލަފާކުރެ އެވެ. މީގެ ސަބަބުން ރިސެޝަނެއްގެ ބިރު އޮތްކަމަށް ވެސް އެ މީހުން އަންނަނީ ބުނަމުންނެވެ.

ޓެރިފްތައް މަތިކުރުމާ ގުޅިގެން ފާއިތުވި ގަރުނުގެ މެދުތެރެއިން ފެށިގެން އަމަލުކުރަމުން އަންނަ ދުނިޔޭގެ ވިޔަފާރީގެ އިންތިޒާމުތަކަށް ބަރޯސާވެފައިވާ މާލީ ބާޒާރުތަކާއި ވިޔަފާރިތައް ހާސްކަމަކަށް ވެއްޓިފަ އެވެ.

ޓްރަމްޕް ނަންގަވަން ފެއްޓެވި ޓެރިފްތަކުގެ އަގު އާހިރުގައި ދައްކަން ޖެހޭނީ އެމެރިކާގެ އާންމު ރައްޔިތުން ކަމުން އެކަމުގެ ކަންބޮޑުވުން ވެސް ދަނީ ބޮޑުވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox