ރާއްޖޭގައި ވެސް ޓެރަރިޒަމްގެ ހަމަލާއެއް ދިނުމުގެ ބިރު އޮތް ކަމަށް ބުނެ އިނގިރޭސިވިލާތުން ޓްރެވަލް އެޑްވައިޒަރީއެއް ނެރެފި

Apr 2, 2025, 3:21 PM
ހުޅުލޭ އެއާޕޯޓުގައި ފަތުރުވެރިންތަކެއް ހަރަކާތްތެރިވަނީ: އިނގިރޭސިވިލާތުގެ ރައްޔިތުންނަށް ހަމަލާދޭން ބައެއް ޓެރަރިސްޓު ޖަމާއަތްތަކުން ވަނީ ގޮވާލާފައި -- ފޮޓޯ: އަދަދު ފައިލް

ހުޅުލޭ އެއާޕޯޓުގައި ފަތުރުވެރިންތަކެއް ހަރަކާތްތެރިވަނީ: އިނގިރޭސިވިލާތުގެ ރައްޔިތުންނަށް ހަމަލާދޭން ބައެއް ޓެރަރިސްޓު ޖަމާއަތްތަކުން ވަނީ ގޮވާލާފައި -- ފޮޓޯ: އަދަދު ފައިލް

ރާއްޖޭގައި ވެސް ޓެރަރިޒަމްގެ ހަމަލާއެއް ދީފާނެ ކަމުގެ ބިރު އޮތް ކަމަށް ބުނެ އިނގިރޭސިވިލާތުން މިއަދު އެ ގައުމުގެ ރައްޔިތުންނަށް ޓްރެވަލް އެޑްވައިޒަރީއެއް ނެރެފި އެވެ.

އިނގިރޭސިވިލާތުގެ ފޮރިން އޮފީހުން މިއަދު އާންމު ކުރި ޓްރެވަލް އެޑްވައިޒަރީގައި ބުނެފައި ވަނީ އެ ގައުމުގެ ރައްޔިތުންނާ ދެކޮޅަށް ހަމަލާ ދިނުމަށް ބައެއް ޓެރަރިސްޓު ޖަމާއަތްތަކުން ގޮވާލާފައިވާ ކަމަށެވެ.

އެހެންކަމުން، އިނގިރޭސިވިލާތުގެ ރައްޔިތުންނާ ދެކޮޅަށް ރާއްޖޭގައި ވެސް ހަމަލާއެއް ދީފާނެ ކަމަށް ފޮރިން އޮފީހުން ބުނެ އެވެ. ފޮރިން އޮފީހުން ބުނީ އެ ގައުމުގެ ރައްޔިތުންނާ ދެކޮޅަށް ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ނުދޭނެ ކަމަށް ޔަގީންކަން ނުދެވޭނެ ކަމަށެވެ.

އިނގިރޭސިވިލާތުގެ ރައްޔިތުންނަށް ހަމަލާދޭން ގޮވާލީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ނަސްލުހޭދު ކުރުމަށް އިނގިރޭސިވިލާތުން ތާއީދުކޮށް، އިޒްރޭލަށް ހަތިޔާރު ވިއްކާތީ އެވެ.

ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދީފާނެ ކަމަށް ބުނިއިރު، ނިމިދިޔަ ރޯދަ މަހުގެ ތެރޭގައި ފުލުހުންނާއި ސިފައިން ގުޅިގެން ވެރި ރަށް މާލޭގައި ވަނީ ޓެރަރިޒަމްގެ އޮޕަރޭޝަނެއް ހިންގައިފަ އެވެ. އެ އޮޕަރޭޝަނުގައި ފުލުހުން ވަނީ ތިން މީހަކު ހައްޔަރުކޮށްފަ އެވެ.

އިނގިރޭސިވިލާތުގެ ރައްޔިތުންނާ ދެކޮޅަށް ރާއްޖޭގައި ވެސް ޓެރަރިޒަމްގެ ހަމަލާއެއް ދީފާނެ ކަމަށް ބުނެ ޓްރެވަލް އެޑްވައިޒަރީއެއް ނެރުނުއިރު، ރައީސް މުހައްމަދު މުއިއްޒު މިވަގުތު ހުންނެވީ އެ ގައުމުގަ އެވެ. އެމަނިކުފާނު އިނގިރޭސިވިލާތަށް ވަޑައިގެންނެވީ ދިވެހި ޓުއަރިޒަމް އިސްތިހާރު ކުރަން ލިވަޕޫލް ފުޓުބޯޅަ ކްލަބާއެކު ހެދި އެއްބަސްވުން ލޯންޗު ކުރުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރިން މިނިސްޓަރު އިރުތިޝާމް، ޖައިޝަންކަރާ ބައްދަލުކުރައްވައިފި

ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް. ޖައިޝަންކަރާ ނިއުދިއްލީގައި ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި.

ވޯޓުލުމުގެ އިންތިޒާމުތައް ދަށްވެ މެންބަރުންގެ ޝަކުވާ

އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގެ އިންތިޒާމުތައް ދަށްވުމުގެ ސަބަބުން، ވޯޓުލުން ލަސްވުމާއި އޮފިޝަލުންނާއި ވަސީލަތްތައް މަދުވުމުގެ މައްސަލަތައް ކުރިމަތިވެ ގިނަ ބައެއްގެ ހިތްހަމަނުޖެހުން އަމާޒުވި. މިކަމާ ގުޅިގެން ޕާޓީގެ ޗެއާޕާސަން ރައީސް ނަޝީދު ވިދާޅުވީ، އިންތިޒާމުތަކަށް ދަތިވީ ސަރުކާރުގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން ކަމަށް.

ޒުވާނުންގެ ވޯޓު ކަރުދާސް ދޫކުރެވިގެން ވޯޓު ފޮށްޓެއް ބަންދުކޮށްފި

އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި، މާފަންނު ދެކުނު ދާއިރާގެ ވޯޓުލާ ލިސްޓުގައި ނުހިމެނޭ ބަޔަކަށް ޒުވާނުންގެ ވޯޓު ކަރުދާސް ދޫކުރެވުނު މައްސަލައެއްގައި އެ ދާއިރާގެ ވޯޓު ފޮށި ވަނީ ބަންދުކޮށްފައި. މި މައްސަލައާ ގުޅިގެން ކުރީގެ ފޮށި ބަންދުކުރުމަށްފަހު އައު ފޮށްޓެއްގައި ވޯޓުލާން ވަނީ ފަށާފައި.

އެމްޑީޕީ އިންތިހާބުގައި ވޯޓުލުން 09:00 ޖަހަންދެން އިތުރުކޮށްފި

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ފެށުން ލަސްވުމާ ގުޅިގެން، ވޯޓުލުމުގެ ވަގުތު މިރޭ 09:00 އާ ހަމައަށް ވަނީ އިތުރުކޮށްފައި. ޖުމްލަ 1،102 މަގާމަކަށް މެންބަރުން އިންތިޚާބުކުރާ މި އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 30 ގައި.

ނުރައްކާތެރި "ރަތްމަޑި" އައްޑޫން ފެނިގެން ރުއް ބޭރުކުރުން މަނާ

ރުކުގެ އާއިލާގެ ގަސްތަކަށް ނުރައްކާތެރި ގެއްލުންދޭ "ރަތްމަޑި" އައްޑޫ ސިޓީން ފެނުމާ ގުޅިގެން، އެ ސިޓީން އެހެން ރަށްރަށަށް ރުއް ބޭރުކުރުން އެގްރިކަލްޗާ މިނިސްޓްރީން ވަނީ މަނާކޮށްފައި. މި މަޑި ފެތުރުން ހުއްޓުވުމަށްޓަކައި އިންސެކްޓިސައިޑް ޖެހުމާއި ރުއްތައް ބަލައި ފާސްކުރުމުގެ ޚާއްޞަ މަސައްކަތްތަކެއް އެ މިނިސްޓްރީން މިހާރު ވަނީ ފަށާފައި.

އެމްޑީޕީ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ފަށައިފި

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ 1،102 މަގާމަކަށް މެންބަރުން ހޮވުމަށް ބާއްވާ ވޯޓުލުން މިއަދު މެންދުރުފަހު ވަނީ ފަށާފަައި. މި އިންތިޚާބުގައި ޖުމްލަ 1،612 ކެންޑިޑޭޓުން ވާދަކުރާއިރު، މީގެ ތެރޭގައި އެންމެ ބާރުގަދަ ގުނަން ކަމަށްވާ ގައުމީ މަޖިލީހުގެ 359 ގޮނޑި ހިމެނޭ. އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 30 ގައި.

މަރުގެ އަދަބުން ސަލާމަތްވި ދިވެއްސަކު ނޭޕާލުން ހައްޔަރުކޮށްފި

ލަންކާގައި އިއްވި މަރުގެ ހުކުމުން ދާދިފަހުން ސަލާމަތްވި ދިވެއްސަކު، ގިނަ އަދަދެއްގެ ފައިސާތަކަކާއެކު ނޭޕާލުން ހައްޔަރުކުރި. ނޭޕާލް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކުރީ ކަތަމަންޑޫގެ ހޮޓަލެއްގައި ހުއްޓާ، އެކި ގައުމުތަކުގެ ފައިސާ ފެނުމާ ގުޅިގެން.

Newsletter

Get the latest news delivered straight to your inbox