ޑާކް އެނާޖީ ބަދަލުވަމުންދާ ކަމަށް އާ ދިރާސާއަކުން ދައްކައިފި

ޔުނިވާސްގެ ގާތްގަނޑަކަށް 68% ޑާކް އެނަޖީ އެކުލެވިފައިވާ ސައިންޓިސްޓުން ލަފާކުރޭ --

ޔުނިވާސްގެ ގާތްގަނޑަކަށް 68% ޑާކް އެނަޖީ އެކުލެވިފައިވާ ސައިންޓިސްޓުން ލަފާކުރޭ --

ކައުނު ނުވަތަ ދުނިޔެ ދައުރުވަމުންދިއުމުގައި ޒިންމާވާކަމަށް ބެލެވޭ ސިއްރުވެރި ބާރު ނުވަތަ ހަކަތަ ކުރިން ހީކުރިގޮތާ ހިލާފަށް ބަދަލުވަމުންދާ ކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.

ދުނިޔޭގެ އެންމެ ބޮޑު ޓެލެސްކޯޕްތަކުގެ ތެރެއިން އެއް ޓެލެސްކޯޕް ކަމުގައިވާ ނިކޮލަސް ޔޫ. މަޔަލް 4-މީޓަރު ޓެލެސްކޯޕުން ކުރެވުނު އައު ދިރާސާއަކުން، ޔުނިވާސް ފުޅާވަމުންދާ ބާރުމިނަށް ބަދަލު އަންނަމުންދާކަމަށް ދައްކާފައިވާއިރު، މިކަން ދައްކުވައިދެނީ ޑާކް އެނާޖީ ކަމަށް ބުނެވޭ، މިހާތަނަށް ނޭނގޭ ބާރު ކުރިން ގަބޫލުކުރެވިފައިވާ ގޮތާ ހިލާފަށް އަމަލުކުރަމުންދާކަމެވެ.

ޑާކް އެނާޖީ ސްޕެކްޓްރޮސްކޮޕިކް އިންސްޓްރުމަންޓް (ޑީއީއެސްއައި) އިން ކުރެވުނު މި ދިރާސާގައި، 15 މިލިއަނަށްވުރެ ގިނަ ގެލެކްސީ އަދި ކުއާސަތަކުގެ މައުލޫމާތު ބޭނުންކޮށްފައިވެއެވެ. މި ދިރާސާގެ ނަތީޖާއިން ދައްކާގޮތުގައި، ޑާކް އެނާޖީއަކީ އެއްހަމައެއްގައި ހުންނަ ބާރެއް ނޫނެވެ. މިއީ ކުރިން ސައިންޓިސްޓުން ގަބޫލުކޮށްފައިވާ ގޮތާ ތަފާތު ހޯދުމެކެވެ.

Advertisement

މި ދިރާސާގެ ނަތީޖާއިން ދައްކާގޮތުގައި، ކައުނުގެ އެކްސްޕޭންޝަން ރޭޓް ވަގުތާއެކު ބަދަލުވަމުން އަންނަކަމަށް ފާހަގަކުރެވެއެވެ. މިކަމުގެ ސަބަބުން، މިހާތަނަށް ކައުނުގެ އުފެދުމާއި ތަރައްގީ ވަމުން އައި ގޮތް ދެނެގަތުމަށް ބޭނުންކުރެވެމުން އައި ސްޓޭންޑަރޑް މޮޑެލްގެ ސައްހަކަމާމެދު ސުވާލު އުފެދިފައިވެއެވެ.

ޑީއީއެސްއައި އަކީ އެއްފަހަރާ 5،000 ގެލެކްސީގެ އަލި ކެޕްޗާކުރުމުގެ ގާބިލުކަން ލިބިފައިވާ އާލާތެކެވެ. މިކަމުގެ ސަބަބުން ބޮޑެތި ކޮސްމިކް ސްޓްރަކްޗާތައް ދިރާސާކުރުމާއި، ޔުނިވަރސްގެ ފުޅާވަމުންދާ މިންވަރަށް އަންނަ ބަދަލުތައް ވަޒަންކުރުމުގެ ފުރުސަތު ތަހުގީގުކުރާ ފަރާތްތަކަށް ލިބިގެންދެއެވެ.

މި ދިރާސާގެ ނަތީޖާއަކީ ކޮސްމޮލޮޖީގެ ދާއިރާއަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެކެވެ. އަދި މިކަމުގެ ސަބަބުން ޔުނިވަރސްގެ އަސާސީ މަސައްކަތްތަކާ ބެހޭގޮތުން އިތުރު ސުވާލުތަކެއް އުފެދި، އިތުރު ދިރާސާތަކަށް މަގުފަހިވެގެން ދާނެއެވެ.

މި ދިރާސާގެ ނަތީޖާތައް އެހެން ކޮސްމިކް އޮބްޒަވޭޝަންތަކާ އަޅާކިޔާއިރު، ފާހަގަކުރެވޭ ތަފާތުތަކެއް ހުރިކަމަށް ރިޕޯޓުކުރެވިފައި ވެއެވެ. ހާއްސަކޮށް ކޮސްމިކް މައިކްރޯވޭވް ބެކްގްރައުންޑް (ސީއެމްބީ) އާއި ޓައިޕް އައިއޭ ސުޕަރނޯވާތަކުން ލިބޭ މިންތަކާ އަޅާބަލާއިރު މި ތަފާތުތައް ފެންނަން ހުއްޓެވެ.

ސީއެމްބީއަކީ ކައުނުގެ ކުރީކޮޅުގެ ފޮސިލް އަލިކަމަށްވެފައި، މިއީ ކައުނު ފުޅާވެފައިވާ ގޮތް ދެނެގަތުމަށް ބޭނުންކުރެވޭ އެއްޗެކެވެ. އަދި ޓައިޕް އައިއޭ ސުޕަނޯވާތަކަކީ އޭގެ އެއްވަރު އަލިކަމުގެ ސަބަބުން "ސްޓޭންޑަރޑް ކޭންޑަލްސް" ގެ ގޮތުގައި ބެލެވޭ، ދުރުމިން ވަޒަންކުރުމަށް ބޭނުންކުރެވޭ މުހިންމު ވަސީލަތެކެވެ.

ޑީއީއެސްއައި އިން ލިބުނު މައުލޫމާތުން ދައްކާގޮތުގައި، ޑާކް އެނާޖީގެ ނުފޫޒު ވަގުތާއެކު ދަށްވަމުން އައިސްފައިވާކަމަށް ލަފާކުރެވެ އެވެ. މިއީ މިހާތަނަށް ގަބޫލުކުރެވިފައިވާ ކޮސްމޮލޮޖިކަލް މޮޑެލްއާ ޚިލާފު ކަމެކެވެ. މިހާތަނަށް ގަބޫލުކުރެވިފައިވަނީ ޑާކް އެނާޖީގެ ނުފޫޒު ބަދަލުނުވެ ދެމިހުންނާނެ ކަމަށެވެ.

ރަސްމީ ނޫސްބަޔާނެއްގައި ވާހަކަދައްކަވަމުން، ޑީއީއެސްއައި ޕްރޮޖެކްޓްގެ ސައިންޓިސްޓް އާޖުން ޑޭ ވިދާޅުވީ މި ހޯދުންތަކުގެ ސަބަބުން އިންސާނުން ޔުނިވަރސްއާމެދު ދެކޭގޮތް އަލުން މާނަކުރަން ޖެހިދާނެ ކަމަށެވެ. ޑީއީއެސްއައި އިން ކުރިއަށްދާ އޮބްޒަވޭޝަންތަކުން ޑާކް އެނާޖީގެ ދައުރާ ބެހޭ މައުލޫމާތު އިތުރަށް ފުރިހަމަވެގެންދާނެ އެވެ.

މި ޕްރޮޖެކްޓް ނިމޭއިރު، ޑާކް އެނާޖީ ބަދަލުވަމުންދޭތޯ އިތުރަށް ސާފުވެ، ޔުނިވަރސް ތަރައްގީވަމުން އައި ގޮތާ ބެހޭ މިހާރުގެ ނަޒަރިއްޔާތަކަށް ބަދަލު އަތުވެދާނެކަމަށް ސައިންޓިސްޓުން ލަފާކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox