މިސްކިތްތަކާއި ބޮޑު ޖަމާއަތްތައް ހިމެނޭހެން މާލެ ސިޓީގެ 27 ތަނެއްގައި އީދު ނަމާދު ކުރާނެ

އީދު ނަމާދު މާލޭ ބޮޑުޖަމާއަތުގައި ކުރުން: މިފަހަރު މާލެ ސިޓީގައި އީދު ނަމާދު ކުރާނީ 27 މިސްކިތެއްގައި -- ފޮޓޯ: އަދަދު ފައިލް

އީދު ނަމާދު މާލޭ ބޮޑުޖަމާއަތުގައި ކުރުން: މިފަހަރު މާލެ ސިޓީގައި އީދު ނަމާދު ކުރާނީ 27 މިސްކިތެއްގައި -- ފޮޓޯ: އަދަދު ފައިލް

މާލެ ސިޓީގައި މިފަހަރު ފިތުރު އީދު ނަމާދު ކުރާނީ 27 މިސްކިތެއްގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިފަހަރު އީދު ނަމާދު ކުރަން ފަށާނީ ހެނދުނު 07:00 ޖަހާއިރު ކަމަށެވެ.

މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރެވޭނީ މާފަންނު ސްޓޭޑިއަމުގައި ކަމަށްވާއިރު، ވިލިމާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރާނީ ވިލިމާލެ ބޯލަދަނޑުގަ އެވެ. އަދި ހުޅުމާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރާނީ ސިންތެޓިކް ޓްރެކްގައި ކަމަށްވާއިރު، ފޭސް 2 ގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރާނީ ކްރިކެޓް ސްޓޭޑިއަމްގަ އެވެ.

ވިއްސާރަވުމުގެ ސަބަބުން މައިދާންތަކުގައި ކުރުމަށް ހަމަޖެހިފައިވާ އީދޫ ނަމާދުގެ ބޮޑު ޖަމއާއަތް ކެންސަލްވެއްޖެނަމަ، އީދު ނަމާދު ކުރާނީ މާލެ ސިޓީގެ ހުކުރު ނަމާދު ކުރާ ހުރިހާ މިސްކިތެއްގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ތަންތަން:

  1. މާފަންނު ސްޓޭޑިއަމް (ބޮޑު ޖަމާއަތް) - މާލެ
  2. އިސްލާމީ މަރުކަޒު - މާލެ
  3. މަސްޖިދުލްމަލިކި ސަލްމާން - މާލެ
  4. މަސްޖިދުލްފުރުގާން - މާލެ
  5. މަސްޖިދުއްނޫރު - މާލެ
  6. މަސްޖިދުއް ޝަހީދު އަލީ - މާލެ
  7. ތައިބާ މިސްކިތް - މާލެ
  8. ދުބުރި މިސްކިތް - މާލެ
  9. ފަނޑިޔާރު މިސްކިތް - މާލެ
  10. ބަންޑާރަ މިސްކިތް - މާލެ
  11. މަސްޖިދު ސަލާހުއްދީން - މާލެ
  12. މަސްޖިދު ޖަލާލުއްދީން - މާލެ
  13. މަސްޖިދު އިބްރާހިމް - މާލެ
  14. މަސްޖިދު އިސްކަންދަރު - މާލެ
  15. ވަގުތީ މިސްކިތް (ބޮޑުގެ) - މާލެ
  16. ރަންމިސްކިތް - މާލެ
  17. ފައިފުހޭ މިސްކިތް - މާލެ
  18. މާފަންނު އާ މިސްކިތް - މާލެ
  19. ވިލިގިލި ބޮޑުޖަމާއަތް (ވިލިގިލި ބޯޅަދަނޑު) - ވިލިމާލެ
  20. މަސްޖިދުއްސަލާމް ވިލިމާލެ
  21. ހުޅުމާލެ ބޮޑު ޖަމާއަތް (ސިންތެޓިކް ޓްރެކް) - ހުޅުމާލެ
  22. މަސްޖިދުއްޝައިހް ގާސިމް ބިން މުހައްމަދު އަލް ޘާނީ (ހުޅުމާލެ ފޭސް 1) - ހުޅުމާލެ
  23. މަސްޖިދު ރަޝީދު (ހުޅުމާލެ ފޭސް 1) - ހުޅުމާލެ
  24. މަސްޖިދު އަޒީޒާ މޫސާ (ހުޅުމާލެ ފޭސް 1) - ހުޅުމާލެ
  25. ހުޅުމާލެ ބޮޑުޖަމާއަތް (ކްރިކެޓް ސްޓޭޑިއަމް) - ހުޅުމާލެ ފޭސް 2
  26. މަސްޖިދު ހަސަން އާދަމް - ހުޅުމާލެ ފޭސް 2
  27. މަސްޖިދު އަބީބަކުރިނިއްސިއްދީގު - ހުޅުމާލެ ފޭސް 2

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރިން މިނިސްޓަރު އިރުތިޝާމް، ޖައިޝަންކަރާ ބައްދަލުކުރައްވައިފި

ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް. ޖައިޝަންކަރާ ނިއުދިއްލީގައި ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި.

ވޯޓުލުމުގެ އިންތިޒާމުތައް ދަށްވެ މެންބަރުންގެ ޝަކުވާ

އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގެ އިންތިޒާމުތައް ދަށްވުމުގެ ސަބަބުން، ވޯޓުލުން ލަސްވުމާއި އޮފިޝަލުންނާއި ވަސީލަތްތައް މަދުވުމުގެ މައްސަލަތައް ކުރިމަތިވެ ގިނަ ބައެއްގެ ހިތްހަމަނުޖެހުން އަމާޒުވި. މިކަމާ ގުޅިގެން ޕާޓީގެ ޗެއާޕާސަން ރައީސް ނަޝީދު ވިދާޅުވީ، އިންތިޒާމުތަކަށް ދަތިވީ ސަރުކާރުގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން ކަމަށް.

ޒުވާނުންގެ ވޯޓު ކަރުދާސް ދޫކުރެވިގެން ވޯޓު ފޮށްޓެއް ބަންދުކޮށްފި

އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި، މާފަންނު ދެކުނު ދާއިރާގެ ވޯޓުލާ ލިސްޓުގައި ނުހިމެނޭ ބަޔަކަށް ޒުވާނުންގެ ވޯޓު ކަރުދާސް ދޫކުރެވުނު މައްސަލައެއްގައި އެ ދާއިރާގެ ވޯޓު ފޮށި ވަނީ ބަންދުކޮށްފައި. މި މައްސަލައާ ގުޅިގެން ކުރީގެ ފޮށި ބަންދުކުރުމަށްފަހު އައު ފޮށްޓެއްގައި ވޯޓުލާން ވަނީ ފަށާފައި.

އެމްޑީޕީ އިންތިހާބުގައި ވޯޓުލުން 09:00 ޖަހަންދެން އިތުރުކޮށްފި

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ފެށުން ލަސްވުމާ ގުޅިގެން، ވޯޓުލުމުގެ ވަގުތު މިރޭ 09:00 އާ ހަމައަށް ވަނީ އިތުރުކޮށްފައި. ޖުމްލަ 1،102 މަގާމަކަށް މެންބަރުން އިންތިޚާބުކުރާ މި އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 30 ގައި.

ނުރައްކާތެރި "ރަތްމަޑި" އައްޑޫން ފެނިގެން ރުއް ބޭރުކުރުން މަނާ

ރުކުގެ އާއިލާގެ ގަސްތަކަށް ނުރައްކާތެރި ގެއްލުންދޭ "ރަތްމަޑި" އައްޑޫ ސިޓީން ފެނުމާ ގުޅިގެން، އެ ސިޓީން އެހެން ރަށްރަށަށް ރުއް ބޭރުކުރުން އެގްރިކަލްޗާ މިނިސްޓްރީން ވަނީ މަނާކޮށްފައި. މި މަޑި ފެތުރުން ހުއްޓުވުމަށްޓަކައި އިންސެކްޓިސައިޑް ޖެހުމާއި ރުއްތައް ބަލައި ފާސްކުރުމުގެ ޚާއްޞަ މަސައްކަތްތަކެއް އެ މިނިސްޓްރީން މިހާރު ވަނީ ފަށާފައި.

އެމްޑީޕީ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ފަށައިފި

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ 1،102 މަގާމަކަށް މެންބަރުން ހޮވުމަށް ބާއްވާ ވޯޓުލުން މިއަދު މެންދުރުފަހު ވަނީ ފަށާފަައި. މި އިންތިޚާބުގައި ޖުމްލަ 1،612 ކެންޑިޑޭޓުން ވާދަކުރާއިރު، މީގެ ތެރޭގައި އެންމެ ބާރުގަދަ ގުނަން ކަމަށްވާ ގައުމީ މަޖިލީހުގެ 359 ގޮނޑި ހިމެނޭ. އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 30 ގައި.

މަރުގެ އަދަބުން ސަލާމަތްވި ދިވެއްސަކު ނޭޕާލުން ހައްޔަރުކޮށްފި

ލަންކާގައި އިއްވި މަރުގެ ހުކުމުން ދާދިފަހުން ސަލާމަތްވި ދިވެއްސަކު، ގިނަ އަދަދެއްގެ ފައިސާތަކަކާއެކު ނޭޕާލުން ހައްޔަރުކުރި. ނޭޕާލް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކުރީ ކަތަމަންޑޫގެ ހޮޓަލެއްގައި ހުއްޓާ، އެކި ގައުމުތަކުގެ ފައިސާ ފެނުމާ ގުޅިގެން.

Newsletter

Get the latest news delivered straight to your inbox