އައްޑޫގެ ކަރަންޓު މައްސަލަ ހައްލު ކުރެވިފައި ނުވާތީ ނަޖާހު އިސްތިއުފާ ދިނުމަށް އަޒާން ގޮވާލައިފި

Mar 24, 2025, 7:44 PM
ފެނަކަ އެމްޑީ ނަޖާހު އަދި މެންބަރު އަޒާން. އައްޑޫގެ ކަރަންޓު މައްސަލަ ދުވަހެއް ދުވަހަކަށް ގޯސްވެ އެ ސިޓީގެ ރައްޔިތުން އަންނަނީ ހިތްހަމަނުޖެހުން ފާޅުކުރަމުން ---

ފެނަކަ އެމްޑީ ނަޖާހު އަދި މެންބަރު އަޒާން. އައްޑޫގެ ކަރަންޓު މައްސަލަ ދުވަހެއް ދުވަހަކަށް ގޯސްވެ އެ ސިޓީގެ ރައްޔިތުން އަންނަނީ ހިތްހަމަނުޖެހުން ފާޅުކުރަމުން ---

އައްޑޫ ސިޓީ ހިތަދޫ އާއި ގުޅިފައިވާ ރަށްރަށުގެ ކަރަންޓު މައްސަލައަށް ހައްލު ހޯދައި ދެވިފައި ނުވާތީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މޭޖާ (ރިޓަޔާޑް) މުހައްމަދު ނަޖާހް އިސްތިއުފާ ދިނުމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ގޮވާލައިފި އެވެ.

ފެނަކައިން މީގެ ކުރިން ބުނީ ރޯދައަށް މައްސަލަ އެކީ ހައްލުވާނެ ކަމަށެވެ. މައްސަލަ ހައްލުކުރުމަށް ކުރި މަސައްކަތުގެ ތެރެއިން ސްޓެލްކޯ އާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން 1.8 މެގަވަޓްގެ ޖެނެރޭޓަރު ސެޓެއް ގެންގޮސް ހަލާކުވެފައިވާ ތިން ޖެނެރޭޓަރުގެ މަރާމާތު ކުރުމުންދާ ކަމަށް ފެނަކައިން ބުނީ ފެބްރުއަރީ 17، ގަ އެވެ.

ނަމަވެސް، އޭގެ ފަހުން ރޯދަ މަސް ފެށި މިއަދާ ހަމައަށް ވެސް ގިނަ ދުވަސްދުވަހު ގަޑި ބަހައިގެން އެކި ރަށްރަށުން ދިޔައީ ކަރަންޓު ކަނޑަމުންނެވެ. އެކަމުގެ ކަންބޮޑުވުން އައްޑޫގެ ރައްޔިތުންނާއި އެ ސިޓީޣެ ދާއިރާތައް ތަމްސީލު ކުރައްވާ މަޖިލީހުގެ ބައެއް މެންބަރުން ގެންދިޔައީ ފާޅުކުރަމުންނެވެ.

"ފެނަކައިގެ އެމްޑީ ވިދާޅުވީ ރޯދަ މަހުގެ ކުރިން ހައްލެއް ނުދެވިއްޖެނަމަ އިސްތިއުފާ ދެއްވާނެ ކަމަށް. އެ ވަގުތު އަތުވެއްޖެ. އޭނާ މިހާރު އިސްތިއުފާ ދެއްވަން ޖެހޭ،" މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި އަޒާން ވިދާޅުވި އެވެ.

އައްޑޫގެ ކަރަންޓުގެ މައްސަލައަށް ވަގުތުން ވަގުތަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރަށް ގޮވާލައި، ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު، އިބްރާހިމް ނާޒިލް މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުގައި އޮތް ވެރިކަންކުރާ ޕީއެންސީގެ މެޖޯރިޓީން ވަނީ ބޭރުކޮށްލާފަ އެވެ. އެ މައްސަލަ ބަލައިގަތުމަށް އަޒާން ވޯޓު ދެއްވި އެވެ.

"ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި އައްޑޫ ސިޓީން ކަރަންޓު ކެނޑިފައިވޭ 175 ދުވަހުގެ ތެރެއިން 84 ދުވަހު. އެއީ ކޮންމެ ދެ ދުވަހަކުން ގާތްގަނޑަކަށް އެއް ދުވަހު. 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެކަނިވެސް 75 އިންސައްތަ ދުވަހު އެއް ގަޑިއިރަށްވުރެ ގިނައިރު ކަރަންޓު ކެނޑުނު،" އަޒާން ހިއްސާކުރި މައުލޫމާތުގައިވެ އެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ ހިދުމަތް ދިނުމުގައި މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން ދަނީ ތަފާތު އެކި މައްސަލަތައް ދިމާވަމުންނެވެ. މިކަަން ހައްލުކުރަން ސަރުކާރުން ތަފާތު އެކި ތާރީހުތައް ދިން ނަމަވެސް އަހަރަކަށްވުރެ ގިނަ ދުވަސް މި މައްސަލައަށް ވަނީ ވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox