ތެލެސީމިއާ ސެންޓަރުގެ ވެރިންގެ އިސްތިއުފާ އަށް ގޮވާފައި ވަނިކޮށް، އިއްޔެ ހެނދުނު ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ސެންޓަރަށް ޒިޔާރަތް ކުރެއްވުމަށް ފަހު، މީޑިއާ އަށް ވިދާޅުވީ އެތަނުގެ ހާލަތު ރަނގަޅު ނުވެ އޮތްކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ.
ރައީސްގެ މި ވާހަކަ އާއެކު ސަރުކާރުގެ ނާގާބިލްކަން ސާފުކޮށް އެނގޭ ހަތަރު ހަބަރެއް އިއްޔެ ޝާއިއުކުރި އެވެ. އޭގެތެރޭގައި މި ސަރުކާރުން އުފެއްދި މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކުގެ ހިދުމަތް ނުފެށި އުޅެނިކޮށް އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ގެ މަގާމުގައި ހުންނެވި ނޮއެލް ގްރެގާ ޕެޓަސަން-ޖޯންސް އިސްތިއުފާ ދެއްވުމާއި، ފަޅުރަށެއް ބަލަހައްޓަން ޑެޕިއުޓީ މިނިސްޓަރަކު އައްޔަން ކުރުން އަދި ކޮންމެހެން ބޭނުންވާ ބޭސްތައް ލިބޭނެކަމަށް ރައީސް މުއިއްޒު ދެއްވި ތާރީހު ފަހަނަ އެޅުން ހިމެނެ އެވެ.
މި ހަބަރުތަކާ ގުޅިގެން ރައީސް މުއިއްޒު އާއި ސަރުކާރަށް އިންތިހާއަށް ފާޑުކިޔުން އަމާޒުވި އެވެ.
މުހިއްމު ބައެއް ހަބަރު












