މަޑިހާ އުފަންވެލިން ރޯދަ މަހުގެ ފަހު ދިހައަށް ހާއްސަ ޕްރޮމޯޝަނެއް ތައާރަފުކޮށްފި

އުފަންވެލި ފިހާރަތަކުން ރޯދަ މަހުގެ ފަހު ދިހައަށް ހާއްސަ ޕްރޮމޯޝަނެއް ވަނީ ފަށާފައި -- ފޮޓޯ: އިމްތިޔާޒް މުސާ / އަދަދު

އުފަންވެލި ފިހާރަތަކުން ރޯދަ މަހުގެ ފަހު ދިހައަށް ހާއްސަ ޕްރޮމޯޝަނެއް ވަނީ ފަށާފައި -- ފޮޓޯ: އިމްތިޔާޒް މުސާ / އަދަދު

ރާއްޖޭގެ އެންމެ ބޮޑު މޭވާއާއި ތަރުކާރީ އިމްޕޯޓަރު، މަޑިހާގެ އުފަންވެލި ފިހާރަތަކުން ރޯދަ މަހުގެ ފަހު ދިހައަށް ހާއްސަކޮށްގެން މޭވާއާއި ތަރުކާރީގެ އިތުރުން ކުކުޅުގެ އެކި ބާވަތްތައް ވަރަށް ބޮޑަށް އަގު ހެޔޮކޮށް ވިއްކާ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަންގެ ދަށުން ކްރިމްސަން ގްރޭޕްސް، ޗައިނާ ކެރެޓް އަދި ކުއީން އެޕަލް ފަދަ މޭވާއާއި ތަރުކާރީގެ ބާވަތްތައް ހޯލްސޭލް އަދި ރީޓެއިލް އަގުތަކުގައި ވަރަށް ބޮޑަށް އަގުހެޔޮކޮށް ލިބެން ހުންނާނެ ކަމަށް އުފަންވެލިން ބުންޏެވެ.

މީގެ އިތުރުން، ހޯލް ޗިކަން އަދި ޗިކަން ބަފަލޯ ވިންގްސް، ޗިކަން ބާގާ، ޗިކަން ނަގެޓްސް ފަދަ ކުކުޅުގެ އެކި ބާވަތްތައް ވެސް ވަރަށް ބޮޑަށް އަގުހެޔޮކޮށް އުފަންވެލިން ދަނީ ވިއްކަމުންނެވެ.

އުފަންވެލި ފިހާރައިގެ އަގުހެޔޮ ޕްރޮމޯޝަން ކުރިއަށްދާނީ ރޯދަ މަހުގެ ފަހު ދިހައިގައި އުފަންވެލީގެ ހުރިހާ ފިހާރަތަކުންނެވެ. އެގޮތުން އެ ފިހާރަތަކުން ލިބެން ހުންނަ ތަކެތި އަގުހެޔޮވާނެ އެވެ.

އުފަންވެލި: މަޑިހާއިން ރޯދަ މަހުގެ ފަހު ދިހައަށް ހާއްސަ ޕްރޮމޯޝަނެއް ވަނީ ފަށާފައި -- ފޮޓޯ: އިމްތިޔާޒް މުސާ / އަދަދު
އުފަންވެލި: މަޑިހާއިން ރޯދަ މަހުގެ ފަހު ދިހައަށް ހާއްސަ ޕްރޮމޯޝަނެއް ވަނީ ފަށާފައި -- ފޮޓޯ: އިމްތިޔާޒް މުސާ / އަދަދު

އުފަންވެލިން ރޯދަ މަހުގެ ފަހު ދިހައަށް ހާއްސަ ޕްރޮމޯޝަނެއް ވަނީ ފަށާފައި -- ފޮޓޯ: އިމްތިޔާޒް މުސާ / އަދަދު

ޕްރޮމޯޝަންގެ ދަށުން ކްރިމްޕްސަން ގްރޭޕްސް އިންޑިއާގެ ހަތަރު ކިލޯ ކޭސް ހޯލްސޭލްކޮށް 180ރ. ލިބޭއިރު، ރީޓެއިލްކޮށް ކިލޯއެއް 50ރ. ލިބެ އެވެ. ޗައިނާ ކެރެޓްގެ 10 ކިލޯ ކޭސް ހޯލްސޭލްކޮށް 180ރ. އަށް ލިބޭއިރު، ރީޓެއިލްކޮށް ކިލޯއެއް 20ރ. ލިބެ އެވެ. އަދި ކުއީން އެޕަލް އިޓަލީ ހޯލްސޭލްކޮށް 550ރ. އަށް ކޭހެއް ލިބޭއިރު، ރީޓެއިލްކޮށް އާފަލެއް 5ރ. އަށް ލިބެ އެވެ.

އުފަންވެލިން އަގުހެޔޮކޮށް ވިއްކާ ބައެއް ތަކެތި:

  • ހޯލް ޗިކަން (އިންޑިއާ): 1،400 ގްރާމް - ހޯލްސޭލްކޮށް ކޭހަކަށް 572ރ. އަށް، ރީޓެއިލްކޮށް ޕެކެޓެއް 67ރ. އަށް.
  • ޗިކަން ބަފަލޯ ވިންގްސް: 420 ގްރާމް (24 ޕެކެޓް) - ހޯލްސޭލްކޮށް 750ރ. އަށް، ރީޓެއިލްކޮށް 35ރ. އަށް
  • ޗިކަން ބަގާ: 450 ގްރާމް (22 ޕެކެޓް) - ހޯލްސޭލްކޮށް 400ރ. އަށް، ރީޓެއިލްކޮށް 22ރ. އަށް
  • ޗިކަން ނަގެޓްސް: 700 ގްރާމް (14 ޕެކެޓް) - ހޯލްސޭލް އަގު 650ރ. އަދި ރީޓެއިލް އަގު 50 ރުފިޔާ
  • ޗިކަން ކްރިސްޕީ ވިންގްސް: 1،000 ގްރާމް (10 ޕެކެޓް) - ހޯލްސޭލް އަގު: 480ރ، ރީޓެއިލް އަގު: 50ރ.
  • ޗިކަން ކްރޮކެޓް: 480 ގްރާމް (20 ޕެކެޓް) - ހޯލްސޭލްކޮށް 450ރ. އަދި ރީޓެއިލްކޮށް 30ރ.
  • ޗިކަން ގިޒާޑް: 1،000 ގްރާމް (10 ޕެކެޓް) - ހޯލްސޭލްކޮށް 450ރ. އަދި ރީޓެއިލްކޮށް 50ރ.
  • ޗިކަން ކެބާބް: 360 ގްރާމް (22 ޕެކެޓް) - ހޯލްސޭލްކޮށް 220ރ. އަދި ރީޓެއިލްކޮށް 10ރ.
  • ޗިކަން މިނީ ސްޓްރިޕްސް: 700 ގްރާމް (12 ޕެކެޓް) - ހޯލްސޭލްކޮށް 700ރ. އަދި ރީޓެއިލްކޮށް 60ރ.
  • ޗިކަން ޕޮޕްކޯން: 700 ގްރާމް (14 ޕެކެޓް) - ހޯލްސޭލްކޮށް 350ރ. އަދި ރީޓެއިލްކޮށް 30ރ.
  • ޗިކަން ޓެންޑާ ފިލެޓް: 700 ގްރާމް (12 ޕެކެޓް) ހޯލްސޭލްކޮށް 500ރ. އަދި ރީޓެއިލްކޮށް 60ރ.
އުފަންވެލި: މަޑިހާއިން ރޯދަ މަހުގެ ފަހު ދިހައަށް ހާއްސަ ޕްރޮމޯޝަނެއް ވަނީ ފަށާފައި -- ފޮޓޯ: އިމްތިޔާޒް މުސާ / އަދަދު
އުފަންވެލި: މަޑިހާއިން ރޯދަ މަހުގެ ފަހު ދިހައަށް ހާއްސަ ޕްރޮމޯޝަނެއް ވަނީ ފަށާފައި -- ފޮޓޯ: އިމްތިޔާޒް މުސާ / އަދަދު

އުފަންވެލި: މަޑިހާއިން ރޯދަ މަހުގެ ފަހު ދިހައަށް ހާއްސަ ޕްރޮމޯޝަނެއް ވަނީ ފަށާފައި -- ފޮޓޯ: އިމްތިޔާޒް މުސާ / އަދަދު

މަޑިހާ އިން 40 އަހަރުގެ ތަޖުރިބާގެ އަލީގައި އެ ވިޔަފާރިން ތާޒާ، ރައްކާތެރި ޕެރިޝަބަލްސް އަދި މީޓްގެ ބާވަތްތައް ރައްޔިތުންނަށް ހެޔޮ އަގުގައި ފޯރުކޮށްދިނުމަކީ އެ ކުންފުނީގެ އަމާޒެކެވެ.

މަޑިހާ އުފަންވެލި ހޯލްސޭލް ފިހާރަ ލައިނޫފަރު މަގުގައި ހުންނައިރު، މަޑިހާ އުފަންވެލި ރީޓެއިލް އޯކިޑު މަގުގައި ހުރެ އެވެ. މަޑިހާ އުފަންވެލި ގަލޮޅު މަޖީދީ މަގު މަޑިހާ އުފަންވެލި ބާޒާރު - ބާޒާރު ސަރަހައްދު އަދި މަޑިހާ އުފަންވެލި އަތޮޅު - އަތޮޅު ފިހާރަބަރީގައި ހުރެ އެވެ.

މަޑިހާ އުފަންވެލި ދެ ފިހާރައެއް ހުޅުމާލޭގައި ހުންނައިރު އެއީ ހުޅުމާލެ މެޑަމް މިސްކިތް ކުރިމަތީގައި ހުންނަ ފިހާރަ އާއި ހުޅުމާލެ ފޭސް 2 އަށް އަރާ ބްރިޖް ކައިރި، ބޮޑު މަގުގަ އެވެ.

މި ހާއްސަ އަގު ދަށްކުރުން ރޯދަ މަހުގެ ފަހު ދިހައިގެ އިތުރުން ހަ ރޯދައަށް ވެސް ދެމިގެންދާނެ ކަމަށް އުފަންވެލިން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގދ. ކޮޑެގަލާގައި ތަރައްގީކުރި ރިސޯޓު ހުޅުވައިފި

އިޓަލީގެ ކުންފުންޏަކުން އިންވެސްޓްކޮށްގެން ގދ. ކޮޑެގަލާގައި ތަރައްގީކުރި 20 ކޮޓަރީގެ ރިސޯޓު ވަނީ ހުޅުވާފައި. މިއީ އެ އަތޮޅުގައި ހުޅުވި ހަތަރުވަނަ ރިސޯޓު ކަމަށްވާއިރު، މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ އިގްތިސާދަށް ފައިދާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނޭ.

ގަވިންއިން ރަމަޟާން ސޭލް ފަށައިފި

ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް "ގަވިން" ފިހާރައިން އޭވިން ބްރޭންޑުގެ އައިސްއަލަމާރި އާއި ދޮންނަ މެޝިނުގެ އަގުތައް ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ. މި ސޭލްގެ ދަށުން ގަންނަ ތަކެތި މާލެ ސަރަހައްދަށާއި ބޯޓުފަހަރަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، ކޮންމެ ހަފްތާ ބަންދަކު ހުޅުމާލޭގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

Newsletter

Get the latest news delivered straight to your inbox