މަޝްރޫއުއަށް ބޭނުންވާ ފައިސާ ނުލިބި ހަންކެޑެގެ މަސައްކަތް ހުއްޓިފައި

އައްޑޫ ހަންކެޑެ: އެތަން އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް ތަރައްގީ ކުރަން މިދިޔަ ސަރުކާރުން ހަވާލު ކުރީ ޗައިނާ ކުންފުންޏަކާ -- ފޮޓޯ: އަދަދު

އައްޑޫ ހަންކެޑެ: އެތަން އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް ތަރައްގީ ކުރަން މިދިޔަ ސަރުކާރުން ހަވާލު ކުރީ ޗައިނާ ކުންފުންޏަކާ -- ފޮޓޯ: އަދަދު

އައްޑޫ ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް ތަރައްގީ ކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލު ކުރިތާ ދެ އަހަރު ދުވަސް ފާއިތުވެގެންދިޔައިރު ވެސް އެތަނުގެ ބިން ސާފު ކުރުން ފިޔަވައި އެއްވެސް މަސައްކަތެއް ނުހިނގައި އޮތީ އެ މަޝްރޫއުއަށް ބޭނުންވާ ފައިސާ ހަމަނުޖެހޭތީކަން އެނގިއްޖެ އެވެ.

އެކަމާ ގުޅޭގޮތުން އަދަދު އާ ވާހަކަ ދެއްކި ބައެއް މީހުން ބުނީ އެ މަޝްރޫއު ހިންގަން ބޭނުންވާ ފައިސާ ހޯދަނީ ލޯނު ނަގައިގެން ކަމަށެވެ. ނަމަވެސް، ފައިސާ ހަމަނުޖެހި އޮތީ، ޗައިނާއަށް ދައްކަންޖެހޭ ލޯނުތައް ރީފައިނޭންސް ކޮށްދޭން ރާއްޖެއިން އެދިފައިވާތީ އެ ގައުމުގެ ބޭންކުތަކުން މިވަގުތު ލޯނު ހޯދަން ދަތިވުމުންނެވެ.

އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް ހަންކެޑެ ތަރައްގީ ކުރަން މިދިޔަ ސަރުކާރުން ހަވާލު ކުރީ ޗައިނާ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކުންފުންޏާ (ސީއެންއީސީ) އެވެ. ހަންކެޑެ ތަރައްގީ ކުރަން ނިންމާފައި އޮތީ ބޭންކް އޮފް ޗައިނާ އިން 142.9 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިގެންނެވެ.

ނަމަވެސް އެ ތަނުގެ ބިން ސާފު ކުރުން ފިޔަވައި އިތުރު ކަމެއް މިހައިތަނަށް ކޮށްފައެއް ނުވެ އެވެ.

ނަމަވެސް، މިދިޔަ މަހު ސަރުކާރުން ވަނީ ހަންކެޑެ މަޝްރޫއުގެ އަމަލީ މަސައްކަތް އިފުތިތާހު ކުރުމަށް ކަމަށް ބުނެ ރަސްމިއްޔާތެއް ވެސް ބާއްވައިފަ އެވެ. ހަންކެޑެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށްޓަވައި ދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނައި, ފަންޑު މެނޭޖްމަންޓު ކޯޕަރޭޝަން (އެމްއެފްއެމްސީ) ގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ނާޒިމް އަބޫބަކުރުގެ އިތުރުން ސީއެންއީއީސީގެ މަންދޫބެކެވެ.

ޓޫރިޒަމާބެހޭ ގާނޫނަށް ގެނައި 10 ވަނަ އިސްލާހުން ބާރުލިބި ޓޫރިޒަމް އާމްދަނީ އިތުރުކުރުމުގެ ގޮތުން ބިދޭސީންނަށް ގެދޮރު ވިއްކަން ސަރުކާރުން ކުރިޔަށް ގެންދާ ރިއަލް އެސްޓޭޓް ޓޫރިޒަމް ޕްރޮޖެކްޓުތައް ހިންގާ ސަރަހައްދެއްގެ ގޮތުގައި މިދިޔަ ސަރުކާރުން ހަންކެޑެ ކަނޑައެޅީ ޑިސެމްބަރު 2، 2021 ގަ އެވެ.

މި މަޝްރޫއުގެ ދަށުން ހަންކެޑެގައި 2082 ޓޫރިސްޓު އެކި ފަންތީގެ ޓޫރިސްޓު އެކޮމޮޑޭޝަން ފެސިލިޓީތަކެއް ގޮތަށް ގާއިމުކުރާނެ އެވެ. އެއީ;

  • ދެ ގްރޭންޑް ހޮޓެލް - 600 އެނދު
  • ދެ ޑިލަކްސް ހޮޓެލް - 320 އެނދު
  • އަށް ބުޓީކް ހޮޓެލް - 560 އެނދު
  • އަށް ސާވިސްޑް އެޕާޓްމަންޓު - 560 އެނދު
  • އަށް ބީޗް ވިލާ, ދެ ކޮޓަރީގެ - 32 އެނދު
  • ނުވަ ބީޗް ވިލާ, ހަތަރު ކޮޓަރީގެ - 72 އެނދު

މި މަޝްރޫއުއާއެކު އައްޑޫގައި 1,500 ވަޒީފާ އުފެދޭނެ ކަމަށް އެމްއެފްއެމްސީން ލަފާކުރެ އެވެ. މިއީ 25,000 ޓޫރިސްޓުންނަށް އަމާޒުކޮށް ހިންގާ މަޝްރޫއުއެކެވެ.

ހަންކެޑެގެ މަސައްކަތް ނުފެށުނު ނަމަވެސް، އެތަނުުގައި ތަރައްގީ ކުރާ ހޯޓާތައް މެނޭޖުކޮށް ހިންގަން ވަނީ ދުބާއީގެ ޓައިމްސް ހޮޓެލްސް އާއި ކޮންޑުއިޓް ހައުސް އާ ހަވާލުކޮށްފަ އެވެ.

ހަންކެޑެ ތަރައްގީ ކުރުމުގެ މަސައްކަތް ލަސްވަމުން ދާތީ އެމްޑީޕީން މީގެ ކުރިން ވަނީ ކަންބޮޑުވުން ފާޅުކޮށް އެ މަޝްރޫއު ވީހައިވެސް އަވަހަކަށް ފަށައިދިނުމަށް ގޮވާލައިފަ އެވެ.

އައްޑޫގައި ފަތުރުވެރިކަން ކުރި އެރުވުމަށް މިދިޔަ ސަރުކާރުން ވަނީ ފަސް ރަށް ހިއްކައި އައްޑޫ އެއާޕޯޓު ތަރައްގީ ކުރަން ވެސް މަސައްކަތްތަކެއް ކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރިން މިނިސްޓަރު އިރުތިޝާމް، ޖައިޝަންކަރާ ބައްދަލުކުރައްވައިފި

ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް. ޖައިޝަންކަރާ ނިއުދިއްލީގައި ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި.

ވޯޓުލުމުގެ އިންތިޒާމުތައް ދަށްވެ މެންބަރުންގެ ޝަކުވާ

އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގެ އިންތިޒާމުތައް ދަށްވުމުގެ ސަބަބުން، ވޯޓުލުން ލަސްވުމާއި އޮފިޝަލުންނާއި ވަސީލަތްތައް މަދުވުމުގެ މައްސަލަތައް ކުރިމަތިވެ ގިނަ ބައެއްގެ ހިތްހަމަނުޖެހުން އަމާޒުވި. މިކަމާ ގުޅިގެން ޕާޓީގެ ޗެއާޕާސަން ރައީސް ނަޝީދު ވިދާޅުވީ، އިންތިޒާމުތަކަށް ދަތިވީ ސަރުކާރުގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން ކަމަށް.

ޒުވާނުންގެ ވޯޓު ކަރުދާސް ދޫކުރެވިގެން ވޯޓު ފޮށްޓެއް ބަންދުކޮށްފި

އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި، މާފަންނު ދެކުނު ދާއިރާގެ ވޯޓުލާ ލިސްޓުގައި ނުހިމެނޭ ބަޔަކަށް ޒުވާނުންގެ ވޯޓު ކަރުދާސް ދޫކުރެވުނު މައްސަލައެއްގައި އެ ދާއިރާގެ ވޯޓު ފޮށި ވަނީ ބަންދުކޮށްފައި. މި މައްސަލައާ ގުޅިގެން ކުރީގެ ފޮށި ބަންދުކުރުމަށްފަހު އައު ފޮށްޓެއްގައި ވޯޓުލާން ވަނީ ފަށާފައި.

އެމްޑީޕީ އިންތިހާބުގައި ވޯޓުލުން 09:00 ޖަހަންދެން އިތުރުކޮށްފި

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ފެށުން ލަސްވުމާ ގުޅިގެން، ވޯޓުލުމުގެ ވަގުތު މިރޭ 09:00 އާ ހަމައަށް ވަނީ އިތުރުކޮށްފައި. ޖުމްލަ 1،102 މަގާމަކަށް މެންބަރުން އިންތިޚާބުކުރާ މި އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 30 ގައި.

ނުރައްކާތެރި "ރަތްމަޑި" އައްޑޫން ފެނިގެން ރުއް ބޭރުކުރުން މަނާ

ރުކުގެ އާއިލާގެ ގަސްތަކަށް ނުރައްކާތެރި ގެއްލުންދޭ "ރަތްމަޑި" އައްޑޫ ސިޓީން ފެނުމާ ގުޅިގެން، އެ ސިޓީން އެހެން ރަށްރަށަށް ރުއް ބޭރުކުރުން އެގްރިކަލްޗާ މިނިސްޓްރީން ވަނީ މަނާކޮށްފައި. މި މަޑި ފެތުރުން ހުއްޓުވުމަށްޓަކައި އިންސެކްޓިސައިޑް ޖެހުމާއި ރުއްތައް ބަލައި ފާސްކުރުމުގެ ޚާއްޞަ މަސައްކަތްތަކެއް އެ މިނިސްޓްރީން މިހާރު ވަނީ ފަށާފައި.

އެމްޑީޕީ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ފަށައިފި

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ 1،102 މަގާމަކަށް މެންބަރުން ހޮވުމަށް ބާއްވާ ވޯޓުލުން މިއަދު މެންދުރުފަހު ވަނީ ފަށާފަައި. މި އިންތިޚާބުގައި ޖުމްލަ 1،612 ކެންޑިޑޭޓުން ވާދަކުރާއިރު، މީގެ ތެރޭގައި އެންމެ ބާރުގަދަ ގުނަން ކަމަށްވާ ގައުމީ މަޖިލީހުގެ 359 ގޮނޑި ހިމެނޭ. އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 30 ގައި.

މަރުގެ އަދަބުން ސަލާމަތްވި ދިވެއްސަކު ނޭޕާލުން ހައްޔަރުކޮށްފި

ލަންކާގައި އިއްވި މަރުގެ ހުކުމުން ދާދިފަހުން ސަލާމަތްވި ދިވެއްސަކު، ގިނަ އަދަދެއްގެ ފައިސާތަކަކާއެކު ނޭޕާލުން ހައްޔަރުކުރި. ނޭޕާލް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކުރީ ކަތަމަންޑޫގެ ހޮޓަލެއްގައި ހުއްޓާ، އެކި ގައުމުތަކުގެ ފައިސާ ފެނުމާ ގުޅިގެން.

Newsletter

Get the latest news delivered straight to your inbox