ރައީސްގެ ވައުދާ އެއްގޮތަށް ވީހާ ވެސް އަވަހަކަށް ޖޭއެސްސީގެ ކޮޮމްޕޮޒިޝަން ބަދަލު ކުރަން އަޒާން ގޮވާލައްވައިފި

Mar 19, 2025, 6:09 AM
ރައީސްގެ ވައުދާ އެއްގޮތަށް ވީހާ ވެސް އަވަހަކަށް ޖޭއެސްސީގެ ކޮޮމްޕޮޒިޝަން ބަދަލު ކުރަން އަޒާން ގޮވާލައްވައިފި

ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ މެންބަރުން ކުރިން ވިދާޅުވެފައި ވަކާލާތު ކުރަމުން އައި ގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް އިސްލާހު ކުރުމަށް އެފަދަ ބިލެއް މަޖިލީހަށް ފޮނުވުމަށް ބަންޑާރަނައިބު އަހުމަދު އުޝާމަށް މެންބަރު އަހުމަދު އަޒާން މިއަދު ގޮވާލައްވައިފި އެވެ.

ސުޕްރީމް ކޯޓަށް ފަނޑިޔާރު ހުސެއިން ޝަހީދު އައްޔަން ކުރުމުގެ ބަހުސްގައި ވާހަކަ ދައްކަވަމުން އަޒާން ވިދާޅުވީ ޖޭއެސްސީއަށް ސިޔާސީ ބޭފުޅުން އައްޔަން ނުކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދެއް ކަމަށެވެ. އެ ވައުދާ އެއްގޮތަށް ޖޭއެސްސީ އެކުލެވިގެންވާ ގޮތް ވީހާ ވެސް އަވަހަށް ބަދަލު ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރަނގަޅު ފަނޑިޔާރުން ލުމުގެ އިތުރަށް މި ނިޒާމު ވެސް އިސްލާހު ކުރަންޖެހޭ. އިއްޒަތްތެރި ރައީސް، އަޅުގަނޑުމެން އިދިކޮޅުގައި އޮވެ އެންމެ ބާރަށް ދެއްކި ވާހަކައަކީ ޖޭއެސްސީ އިސްލާހު ކުރުމުގެ ވާހަކަ، ހާއްސަކޮށް ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލު ކުރުމުގެ ވާހަކަ،" އަޒާން ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ވަނީ ޖޭއެސްސީއަށް ސިޔާސީ ބޭފުޅުން އައްޔަން ނުކުރައްވާނެ ކަމަށް ވިދާޅުވެފައި. އެމަނިކުފާނުގެ ވައުދުފުޅެއް އެއީ."

އަޒާން ވިދާޅުވީ ޖޭއެސްސީ އިސްލާހު ކުރުމުގެ ބިލެއް ބަންޑާރަނައިބު ހުށަހަޅުއްވައިފި ނަމަ މަޖިލީހުން އެ ބިލު ވަގުތުން ފާސް ކުރާނެ ކަމަށެވެ.

"އަޅުގަނޑު ގޮވާލަން ރައީސްގެ ވައުދުފުޅާ އެއްގޮތަށް ދައުލަތު ބަންޑާރަނައިބު ޖޭއެސްސީގެ ކޮމްޕޮޒިޝަން އިސްލާހު ކުރައްވަން ވީ އެންމެ އަވަހަށް ބިލެއް މި އިއްޒަތްތެރި މަޖިލީހަށް ހުށަހަޅުއްވަން. އަޅުގަނޑުމެންގެ އިއްޒަތްތެރި މެންބަރުން މި ތިބީ އެފަދަ ބިލެއް ހުށަހަޅުއްވައިފި ނަމަ ވަގުތުން ފާސް ކުރަން ތައްޔާރަށް،" އޭނާ ވިދާޅުވި އެވެ.

ޖޭއެސްސީގައި އޮތީ ސަރުކާރުގެ ކޮންޓްރޯލެވެ. އެއީ މަޖިލީހުގައި ވެސް ސަރުކާރުގެ މެޖޯރިޓީ އޮތުމުންނެވެ. އެ ކޮމިޝަނުގައި 10 މެންބަރުން ހިމެނޭއިރު ރައީސް އައްޔަން ކުރައްވާ މެންބަރަކާއި ބަންޑާރަ ނައިބާއި މަޖިލީހުގެ ރައީސް އާއި މަޖިލީހުގެ މެންބަރެއް ވެސް ހިމެނެ އެވެ.

ސުޕްރީމް ކޯޓަށް އަލުން ފަނޑިޔާރަކު އައްޔަން ކުރަން މި މަސައްކަތް ކުރަނީ، ރައީސް މުއިއްޒާއި ބަންޑާރަނައިބު އަހުމަދު އުޝާމް އެންމެ މަތީ ކޯޓުގެ ފަނޑިޔާރުންނަށް ބިރުދައްކަވާ ކަމަށް ވިދާޅުވެ އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުންނެވެ.

ސުއޫދު އިސްތިއުފާ ދެއްވިއިރު ހުންނެވީ ސަސްޕެންޑުކޮށްފަ އެވެ. ސުއޫދާއެކު ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ވެސް ސަސްޕެންޑު ކުރި އެވެ. ފަނޑިޔާރުން ސަސްޕެންޑު ކުރީ ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރި މައްސަލައިގެ ޝަރީއަތް ފެށެން ކުޑަތަންވެފައި އޮއްވައި، ޝަރީއަތަށް ހުރަސްއެޅޭ ގޮތަށެވެ.

ފަނޑިޔާރުން ސަސްޕެންޑު ކުރި ދުވަހު، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން މަގާމުން ވަކި ކުރަން މަޖުބޫރުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ގައިރު ގާނޫނީ ބިލެއް ވެސް ފާސް ކުރި އެވެ. ނަމަވެސް އެ ބިލު މިހާރު ވަނީ އަނބުރާ މަޖިލީހަށް ފޮނުވާލައިފަ އެވެ.

ފަނޑިޔާރުން ސަސްޕެންޑު ކުރީ އެ ފަނޑިޔާރުންގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަމުންދާ ކަމަށް ބުނެ އެވެ. ފަހުން އެނގުނު ގޮތުގައި އޭސީސީއިން ބަލަނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ވެސް ބަލަމުންދާ މައްސަލަ އެވެ.

އެ މައްސަލައިގައި ފަނޑިޔާރު އަޒްމިރާލްދާ ވަނީ އޭސީސީގެ ރައީސް އާދަމް ޝާމިލްއާ ދެކޮޅަށް އެ ކޮމިޝަނަށް މައްސަލައެއް ހުށަހަޅައިފަ އެވެ. އެ މައްސަލަ އެ ކޮމިޝަނުގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށް އޭސީސީއިން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox