ފަނޑިޔާރުން ވަކި ކުރުމުގެ ބިލަށް ވޯޓު ނުދެއްވުން ކުށްވެރި ކުރެއްވުމަށްފަހު ރައީސް މުއިއްޒު މިހާރު ވިދާޅުވަނީ ބިލު ގާނޫނުއަސާސީއާ ހިލާފު ކަމަށް

Mar 17, 2025, 6:52 AM
ރައީސް މުއިއްޒު: އެ ބިލަށް އަޒާން ވޯޓު ނުދެއްވުމުން ވިދާޅުވީ އެއީ "އެއްވެސް ބޭފުޅަކު ކޮށްގެންވާނެ ކަމެއް ނޫން" ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު: އެ ބިލަށް އަޒާން ވޯޓު ނުދެއްވުމުން ވިދާޅުވީ އެއީ "އެއްވެސް ބޭފުޅަކު ކޮށްގެންވާނެ ކަމެއް ނޫން" ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކި ކުރަން ލާޒިމުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރި ބިލަށް ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ މެންބަރަކު ވޯޓު ނުދެއްވުމުން ކޯފާ އިސް ކުރައްވައި އެކަން ކުށްވެރި ކުރެއްވުމަށްފަހު، އެ ބިލު ގާނޫނުއަސާސީއާ ހިލާފު ކަމަށް އެންމެފަހުން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވެސް ވިދާޅުވެއްޖެ އެވެ.

ފެބްރުއަރީ 26، ގައި ފާސް ކުރި އެ ބިލު ހުށަހެޅީ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ. އެ ބިލަށް ތާއިދު ކުރަން ރައީސް މުއިއްޒު ހިމެނޭ ޕީއެންސީގެ ލީޑާޝިޕުން އޮތީ މެންބަރުންނަށް އަންގައިފަ އެވެ. އަދި އެ ބިލަށް ޕީއެންސީގެ އަހުމަދު އަޒާން ވޯޓު ނުދެއްވުމުން ރައީސް މުއިއްޒު ވަނީ އެކަން ކުށްވެރި ކުރައްވައިފަ އެވެ.

ނަމަވެސް އެ ބިލު އަނބުރާ ފޮނުވާލެއްވުމަށްފަހު ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވި ސިޓީގައި ރައީސް ވިދާޅުވީ އެ ބިލަކީ ގާނޫނުއަސާސީއާ ހިލާފު ބިލެއް ކަމަށެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސްގެ ސިޓީ ވަނީ އިއްވައިފަ އެވެ.

"އެ ގާނޫނުން [ބިލުން] ކަނޑައަޅައިދޭ އާ އިޖުރާއަތު ފުރިހަމަ ކުރުމަކީ ފަނޑިޔާރުން މަގާމުން ވަކި ކުރުމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 154 ވަނަ މާއްދާގެ ހ. ގައި ބަޔާން ކުރާ ގޮތުގެ މަތިން މަގާމުގައި މިހާރު ދެމިތިބި ފަނޑިޔާރުން ނުވަތަ މަގާމުގައި ހުރި ފަނޑިޔާރަކު އޭނާ ތަބާވާންޖެހޭ ސުލޫކީ މިންގަނޑުތަކާއި އުސޫލުން ބޭރު ނުވެ މަސައްކަތް ކުރާހާ ހިނދަކު ފަނޑިޔާރުކަމުގެ މަގާމުން ވަކިކޮށްގެންނުވާނެ ކަމަށް ބަޔާންކޮށްފައިވާ އުސޫލާ ފުށުއަރާ ގޮތަށް ހިންގޭނެ އިޖުރާއަތެއް ކަމަށް ބެލެވިދާނެ ކަމަށް ފެނޭ،" ރައީސްގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކި ކުރަން މަޖުބޫރުވާ ގޮތަށް ބިލެއް ފާސް ކުރީ، ސިޔާސީ ޕާޓީތަކަށް މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ނޮވެމްބަރު، 2024، ގައި ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލު ކުރަން ހުށަހެޅި މައްސަލަ ބަލަން ސުޕްރީމް ކޯޓުން ނިންމުމުންނެވެ.

އެ ބިލަށް ވޯޓު ނުދެއްވުމުން، ވިޕާ ހިލާފުވާ މެންބަރުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ޕީއެންސީގެ ޕީޖީ ގްރޫޕުގެ ލީޑަރު އިބްރާޙިމް ފަލާހު ވިދާޅުވި އެވެ. އޭގެ ފަހުން މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީއިން އަޒާން ވަނީ ވަކިކޮށްފަ އެވެ. އަދި އެ ޕާޓީގެ ގުނަވަނަކުން އަޒާންއާ ދެކޮޅަށް ބަޔާނެއް ވެސް ނެރުނެވެ.

އަޒާން އެއިރު ވެސް ވިދާޅުވީ ބިލަށް ވޯޓު ނުދެއްވީ އެއީ ގާނޫނުއަސާސީއާ ހިލާފު ބިލެއް ކަމަށްވާތީ ކަމަށެވެ. އެ ބިލަށް ވޯޓު ނުދެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ބައެއް ބޭފުޅުން ވެސް ވިދާޅުވެފައިވާ ކަމަށް އަޒާން ވިދާޅުވި އެވެ.

އެ ބިލަށް ތާއީދު ކުރަން ފަލާހު އެންގެވީ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ފޮނުވި މެސެޖެއްގަ އެވެ.

"މަޖިލީހަށް ހުށަހަޅާފައިވާ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ބަލައިގަނެ، އެ ބިލަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން ތާއީދު ކުރުމަށް ޕީއެންސީގެ ލީޑާޝީޕުން ނިންމާފައިވާތީ، އިއްޒަތްތެރި ހުރިހާ މެމްބަރުން ވެސް މި ބިލަށް ތާއީދުކޮށްދެއްވައި ބަހުސް މަރުހަލާގައި ވެސް ބިލަށް ތާއީދުކޮށް ވާހަކަ ދެއްކެވުން އެދެން،" ފަލާހު ފޮނުއްވި މެސެޖުގައިވެ އެވެ.

އެ ބިލަށް އަޒާން ވޯޓު ނުދެއްވުމުން، މެންބަރުން ހިމެނޭ ވަޓްސްއެޕް ގްރޫޕަކަށް ފޮނުވި މެސެޖެއްގައި ރައީސް މުއިއްޒު ވިދާޅުވީ ވިޕާ ހިލާފުވުމަކީ "ކޮށްގެންވާނެ ކަމެއް ނޫން" ކަމަށެވެ.

"ޕާޓީން ތްރީލައިން ވިޕެއް ކަނޑައެޅީމަ އެޔާ ހިލާފު ވުމަކީ އެއްވެސް ބޭފުޅަކު ކޮށްގެން ވާނެ ކަމެއް ނޫން. އެއްވެސް ފަހަރަކު،" އެމަނިކުފާނު ފޮނުއްވި މެސެޖުގައި ލިޔުއްވާފައިވެ އެވެ.

އެ ބިލު ފާސްވުމާއެކު ސަރުކާރުގެ ކޮންޓްރޯލް އޮންނަ ޖުޑީޝަލް ސާވިސް ކޮމިޝަނުން ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކޮށްފަ އެވެ. ސަސްޕެންޑު ކުރީ އެ ތިން ފަނޑިޔާރުންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަމުންދާ ކަމަށް ބުނެ އެވެ. އެއީ ފަނޑިޔާރު ހުސްނުއްސުއޫދު އާއި މަހާޒް އަލީ ޒާހިރާއި އަޒްމިރާލްދާ ޒާހިރެވެ.

އެ ފަނޑިޔާރުންގެ ތެރެއިން ހުސްނުއްސުއޫދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. ސުއޫދު އިސްތިއުފާ ދެއްވީ ރައީސް މުއިއްޒާއި ބަންޑާރަނައިބު އަހުމަދު އުޝާމް ފަނޑިޔާރުންނަށް ބިރު ދައްކަވާ ކަމަށް ވިދާޅުވެ އެކަމާ އިހުތިޖާޖު ކުރެއްވުމުގެ ގޮތުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox