މޯލްޑިވްސް ސިކްސަސް؛ އަންނަ އަހަރު ރާއްޖޭގައި ބާއްވާ އިންޓަނޭޝަނަލް ކްރިކެޓް މުބާރާތެއް

Mar 14, 2025, 3:56 AM
މޯލްޑިވްސް ސިކްސަސް؛ އަންނަ އަހަރު ރާއްޖޭގައި ބާއްވާ އިންޓަނޭޝަނަލް ކްރިކެޓް މުބާރާތެއް

މޯލްޑިވްސް ސިކްސަސްގެ ނަމުގައި އަންނަ އަހަރު އިންޓަނޭޝަނަލް ކްރިކެޓް މުބާރާތެއް ބޭއްވުމަށް، ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން ލޯންޗުކޮށްފި އެވެ.

ބުދަ ދުވަހުގެރޭ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ބޭއްވި ކްރިކެޓް ހަވީރުގައި ސީބީއެމްގެ ރައީސް، މުހައްމަދު ފައިސަލް އާއި ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ)، ލޯންޗްކޮށްދިން، މޯލްޑިވްސް ސިކްސަސްގެ ފުރަތަމަ މުބާރާތް އޮންނާނީ އަންނަ އަހަރު އެވެ.

މި މުބާރާތުގައި ރާއްޖޭން ބޭރުން ހަ ޓީމެއް ވާދަކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ކްރިކެޓް ބޯޑުން ވަނީ ބުނެފަ އެވެ.

ދެމެހެއްޓެނިވި ގޮތެއްގައި، ބައިނަލްއަގުވާމީ ކްރިކެޓް މުބާރާތްތައް ރާއްޖެ އަށް ގެނައުމަށްޓަކައި، މަގުކޮށުމުގެ އެންމެ އިސް މަސައްކަތެއްގެ ގޮތުގައި ކުރަން އޮތީ، ކްރިކެޓަށް ހާއްސަ ސްޓޭޑިއަމެއް ގާއިމްކުރުމެވެ. ކްރިކެޓް ބޯޑްގެ ރައީސް، ފައިސަލް ވަނީ، ސްޕޯޓްސް މިނިސްޓަރު ރާފިއުގެ އަރިހުން ކްރިކެޓް އާއިލާގެ ނަމުގައި އިލްތިމާސެއް ކުރައްވައިފަ އެވެ. އެއީ، ކްރިކެޓަށް ހާއްސަ ސްޓޭޑިއަމެއް ގާއިމްކޮށްދިނުމަށް އެދި ކުރި އިލްތިމާސެކެވެ.

ކްރިކެޓް ބޯޑުގެ ރައީސް ފައިސަލް (ވ) އާއި ސްޕޯޓްސް މިިނިސްޓަރު ރާފިއު.--- ފޮޓޯ: މިރާޝް ނާޝިމް / އަދަދު ސްޕޯޓްސް

ސީބީއެމް އިން، ރާއްޖޭގެ ކްރިކެޓް ކުރިއަރުވާ އާލާ ކުރުމަށް ޓަކައި އިތުރު ފަރާތްތަކުގެ އެހީތެރިކަމާ އެއްބާރުލުން ހޯދަމުގެ ގޮތުން ތިން އެއްބަސް ވުމެއްގައި ދާދި ފަހުން ވަނީ ސޮއިކޮށްފަ އެވެ.

އެ ގޮތުން ސޮއި ކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި ހިމެނޭ ފުރަތަމަ ކޮންޓްރެކްޓަކީ، ފުވައްމުލައް ކްރިކެޓް ދަނޑު ތަރައްޤީ ކުރާމާއި މޯލްޑިވްސް ޕްރިމިއާ ލީގު ގާއިމު ކުރުމަސް އިނގިރޭސި ވިލާތުގެ ސައުތު އޭޝިއާ ނެޓްވޯކް ލިމިޓެޑްއާ އެކު ސޮއި ކުރެވުނު އެއްބަސްވުމެކެވެ.

ދެ ވަނަ އަށް ސޮއިކުރެވުނު އެއްބަސް ވުމަކީ، ކްރިކެޓް ބޯޑަށް ބޭނުންވާ ޖާޒީ އާއި އެޓަޔާ ހޯދުމުގެ ގޮތުން އިންޑިޔާ ގެ ޓީ10 ސްޕޯޓްސް އާ އެކު ވެވުނު އެއްބަސްވުމެކެވެ. މީގެ އިތުރުން، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އާއެކު، ގައުމި ކްރިކެޓް ޓީމް ސޮއިކުރި އެއްބަސްވުމުގެ ތެރެއިން، ގައުމީ ޖޯޒީ ތަކުގެ ސްޕޮންސަރ ކުރާނެ އެވެ.

ޖޯޒީ ސްޕޮންސަކުރުމަށް ވެވުނު އެއްބަސްވުމުގެ ތެރެއިން، އެމްއައިބީން އެއް އަހަރު ދުވަހު ގެ މުއްދަތައް ޤައުމީ ޓީމާއި އުމުރު ފުރާތަކުގެ ޓީމުތަކުގެ ޖާޒީ އަދި ދިވެހި އަމްޕަޔަރުންގެ ކިޓް ސްޕޮންސަ ކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox