ތަރައްގީ ކުރަން ބަންދުކޮށްފައި ކަނޑައަޅާ ތާރީހަށް ނުހުޅުވައިފި ނަމަ ބަދަލަކާ ނުލައި ރިސޯޓުތައް އަތުލެވޭ ގޮތަށް ގާނޫނު ބަދަލު ކުރަނީ

Mar 12, 2025, 6:36 AM
ޓުއަރިޒަމް މިނިސްޓަރު އިބްރާހިމް ތޯރިގު: ސަރުކާރުން ބޭނުން ވަނީ ބަދަލެއް ނުދީ ރިސޯޓުތައް އަތުލުމުގެ ބާރު -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ޓުއަރިޒަމް މިނިސްޓަރު އިބްރާހިމް ތޯރިގު: ސަރުކާރުން ބޭނުން ވަނީ ބަދަލެއް ނުދީ ރިސޯޓުތައް އަތުލުމުގެ ބާރު -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

އަލުން ތަރައްގީ ކުރަން ބަންދު ކުރުމަށްފަހު އަލުން ހުޅުވަން ކަނޑައަޅާފައި އޮތް ތަރީހަށް ރިސޯޓެއް ނުހުޅުވައިފި ނަމަ އެއްވެސް ބަދަލެއް ދިނުމަކާ ނުލައި ރިސޯޓުތައް އަތުލެވޭ ގޮތަށް ގާނޫނަށް ބަދަލު ގެންނަން ހުށަހަޅައިފި އެވެ.

ޓުއަރިޒަމްގެ ގާނޫނަށް އެ ބަދަލު ގެންނަން ހުށަހެޅީ ސަރުކާރުގެ ފަރާތުން ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރިޔާޒް ހޯމަ ދުވަހު މަޖިލީހަށް ހުށަހެޅުއްވި ބިލެއްގަ އެވެ.

އެ ބިލުގެ 45 ވަނަ މާއްދާގެ ހ. ގައި ބުނެފައި ވަނީ މިހާރު ވެސް އޮޕަރޭޓު ކުރަމުންދާ ރިސޯޓެއް އަލުން ތަރައްގީ ކުރަން ބަންދު ކުރާ ނަމަ ބަންދު ކުރަންޖެހޭނީ ސަރުކާރުން ކަނޑައަޅާ ތަރީހަކާ ހަމައަށް ކަމަށެވެ. ރިސޯޓެއް ބަންދު ކުރެވޭނީ ރަށް ކުއްޔަށް ދޭން ހަދާފައިވާ އެއްބަސްވުން އިސްލާހު ކުރުމަށްފަހު ކަމަށް ވެސް އެ މާއްދާގައި ބުނެފައިވެ އެވެ.

އެ ބިލުގެ 45 ވަނަ މާއްދާގެ ށ. ގައި ބުނެފައި ވަނީ ރިސޯޓު ހުޅުވަން އެއްބަސްވި މުއްދަތުގެ ތެރޭގައި ތަން ހުޅުވައި، ހިދުމަތް ދޭން ނުފަށައިފި ނަމަ ކުލީގެ އެގްރިމެންޓު ބާތިލު ކުރުމުގެ އިހުތިޔާރު ސަރުކާރަށް ލިބޭނެ ކަމަށެވެ. އަދި އެގޮތަށް އެގްރިމެންޓު ބާތިލު ކުރާއިރު، އެއްވެސް ބަދަލެއް ސަރުކާރުން ދޭން ނުޖެހޭނެ ކަމަށް ވެސް އެ މާއްދާގައި ބުނެފައިވެ އެވެ.

އަލުން ތަރައްގީ ކުރަން ނުވަތަ އެ ނޫން ބޭނުމެއްގައި ވެސް ސަރުކާރުގެ ހުއްދަ ނެތި ރިސޯޓެއް އޮޕަރޭޓު ކުރުން ހުއްޓާލި ނަމަވެސް އެގްރިމެންޓު ބާތިލު ކުރުމުގެ އިހުތިޔާރު ސަރުކާރަށް ލިބޭނެ ކަމަށް އެ ބިލުގެ 45 ވަނަ މާއްދާގެ ނ. ގައި ބުނެފައިވެ އެވެ.

އެ ބިލަށް މިއަދު ބަހުސް ކުރަމުން އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ބައެއް މެންބަރުން ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

"އަޅުގަނޑު ގަބޫލު ކުރަނީ މިއީ ވަރަށް ނުރައްކާތެރި ޕޮއިންޓެއް ކަމަށް މިއީ ގާނޫނުގައި ހިމަނާފައި އިން. ގާނޫނުއަސާސީގެ 40 ވަނަ މާއްދާގެ ށ. އާ ހިލާފަށް ލިޔެވިފައިވާ މާއްދާއަކަށްވުން އެކަށީގެންވޭ. އެއީ 40 ވަނަ މާއްދާގައި ބުނެފައި ވަނީ ޝަރުއީ ގޮތުން ދޭންޖެހޭ ބަދަލެއް ދިނުމަށްފަހު ކަމަށް މީހުންގެ މުދާ ނެގެންޖެހޭނީ،" ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު ވިދާޅުވި އެވެ.

އިދިކޮޅު މެންބަރުން އެ ކަންބޮޑުވުން މަޖިލީހުގައި ހިއްސާ ކުރެއްވި ނަމަވެސް ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ މެންބަރުން ވިދާޅުވީ ބަދަލަކައި ނުލައި ރަށް އަތުލެވޭ ގޮތަށް އޮތުމަކީ ރަނގަޅު ގޮތެއް ކަމަށެވެ. އޭގެ މަގްސަދަކީ އޮޕަރޭޝަނަށް ނުގެނެވި ހުރި ރިސޯޓުތައް އަލުން ހުޅުވުން ކަމަށް ބައެއް މެންބަރުން ވިދާޅުވި އެވެ.

"އަޅުގަނޑު ހިމެނޭ އައްޑޫ ސިޓީގައި މިވަގުތު ވެސް ރިސޯޓެއް އެބަ އޮތް، އަޅުގަނޑުމެންގެ ސިޓީގެ ގިނަ ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައި އިން ތަނެއް، ޒަމާންތަކެއް ވަންދެން ބަންދުކޮށްފައި، އަލުން ހުޅުވޭނެ މަގެއް ނުފެނިފައި. ކޮވިޑުގެ އާލަމީ ވަބާގައި ތަން ބަންދު ކުރުމަށްފަހު އޭރުގެ ސަރުކާރުން ވަނީ އެ ރިސޯޓު އަނބުރާ އޮޕަރޭޝަނަށް ގެނައުމަށް ނުކުޅެދިފަ،" ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސުޕްރީމްކޯޓު ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ކަމަށްވާއިރު، ޖޭއެސްސީގެ ޕޯޓަލް މެދުވެރިކޮށް ނުވަތަ އެ ކޮމިޝަނަށް ފޯމު ހުށަހެޅޭނެއެވެ.

ޑޮލަރުގެ އަގުބޮޑުވުމުގެ ޒިންމާ އުފުލަންޖެހޭނީ އެމްއެމްއޭއިން

މިނިސްޓަރު މިހެން ވިދާޅުވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދެއްވަމުން، ފޮރިން އެކްސްޗޭންޖް ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުމަކީ ގާނޫނީގޮތުން އެމްއެމްއޭގެ މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވަމުންނެވެ.

ހޯމް ސްކޫލިން ހުއްދަކުރާ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދަނީ

މި އިޞްލާޙުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ޚާއްޞަ ޙާލަތްތަކުގައިވާ ކުދިންނަށް އިސްތިސްނާ ދިނުމާއި، މިކަމާ ގުޅޭ އުޞޫލުތައް ކަނޑައެޅުމަށް ބަޔާންކޮށްފައިވެއެވެ. މި ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ނޮވެމްބަރު 12 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ދެ ފިރިހެނުންގެ ކައިވެނީގެ މައްސަލަ ތަހުގީގުކުރަން ގޮވާލައިފި

ފިރާގު ވިދާޅުވީ ބޭރުގެ އިންވެސްޓަރުން ހިންގާ ރިސޯޓުތަކުން ވެސް ރާއްޖޭގެ ގާނޫނުތަކާއި ސަގާފީ ހަމަތަކަށް ބޯލަނބަންޖެހޭނެ ކަމަށެވެ. އާންމުންގެ ބޮޑު ފާޑުކިޔުމެއް މިކަމަށް އަމާޒުވެފައިވާއިރު، މިއީ ރަމްޒީ ކައިވެންޏެއް ކަމަށް ބެލެވެއެވެ.

ގޭސްފުޅިއަށް، ގޭސް އަޅައިދޭ މިންވަރު މަދުކޮށްފި

އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގެންނަ މި ވަގުތީ ބަދަލުގައި، ގޭހުގެ އަގު ނަގާނީ ފުޅިއަށް އަޅާ ކިލޯގެ ނިސްބަތުން ކަމަށާއި، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ރަސްމާލެއަށް އިންކުއަރީ ހިންގަން ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް

އިދިކޮޅު ޕީއެންއެފްގެ އެކްޓިވިސްޓު، ހަލީމަތު ޒުހައިރާ ހުށަހެޅި އެ ޕެޓިޝަނުގައި ގޮވާލާފައި ވަނީ ރަސްމާލެ ވިއްކާލުމަށް އެއްވެސް ގާނޫނެއް ހެދުމުގެ ކުރިން އިންކުއަރީއެއް ހިންގުމަށެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު އެއްވުން ނޮވެންބަރު 13 އަށް ފަސްކޮށްފި

ރަސްމާލެ ވިއްކުމާ ދެކޮޅަށް "ގައުމީ ހަރަކާތުން" ބާއްވަން ނިންމި އެއްވުން، އެމްޑީޕީއާ ގުޅިގެން އިތުރަށް ތައްޔާރުވުމަށްޓަކައި ނޮވެންބަރު 13 އަށް ފަސްކޮށްފިއެވެ. މި ހަރަކާތުގެ އިސްވެރިޔާ އިމްރާން އަބްދުﷲ ވިދާޅުވީ، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް ގިނަ ބަޔަކު ގުޅެމުންދާތީ ސަރުކާރު އޮތީ ބޮޑު ޕްރެޝަރެއްގެ ތެރޭގައެވެ.

Newsletter

Get the latest news delivered straight to your inbox