އޭޖީ އޮފީހުގެ މުވައްޒަފުންނަށް އުޝާމް ފައިސާ ބަހައިފި

ދައުލަތުގެ ބަންޑާރަ ނައިބު އަހުމަދު އުޝާމް

ދައުލަތުގެ ބަންޑާރަ ނައިބު އަހުމަދު އުޝާމް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދައްކައި ޝަރީއަތަށް ނުފޫޒު ފޯރުވުމުގެ ތުހުމަތު ދައުލަތުގެ ބަންޑާރަ ނައިބު އަހުމަދު އުޝާމްގެ މައްޗަށް ކުރެވިފައި ވަނިކޮށް، އެ އޮފީހުގެ މުވައްޒަފުންނަށް އޭނާ ފައިސާ ބަހައިފި އެވެ.

އެޓާނީ ޖެނެރަލް އޮފީހުން ވާހަކަ ދެއްކި ބައެއް މުވައްޒަފުން ބުނީ ހަދިޔާގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް އަމިއްލަ ގޮތުން އުޝާމް ދެއްވީ ބީއެމްއެލްގެ 1000ރ. ގިފްޓު ކާޑެއް ކަމަށެވެ.

"އެއީ އޭޖީ އަމިއްލަ ގޮތުން ދެއްވި ހަދިޔާއެއް. ކޮންމެ މުވައްޒަފަކަށް ދެއްވީ 1000ރ. ގިފްޓު ކާޑެއް،" އެ އޮފީހުގެ މުވައްޒަފަކު ބުންޏެވެ.

އެޓާނީ ޖެނެރަލް އޮފީހުގައި 90 އަށް ވުރެ ގިނަ މުވައްޒަފުން އުޅެ އެވެ. އެހެންވެ، އުޝާމް ބެހި ފައިސާގެ އަދަދު 90،000ރ. އަށް ވުރެ ގިނަ ވާނެ އެވެ.

އުޝާމް ހޫނު ފެނަށް ވެއްޓި، ފާޑުކިޔުން އަމާޒުވެފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންވާ ގޮތަށް ސުޕްރީމް ކޯޓުގެ ބެންޗު ބަދަލު ކުރުމަށް އިސްކޮށް މަސައްކަތް ކުރަމުން ދާތީ އެވެ.

ސުޕްރީމް ކޯޓުގެ ތިންް ފަނޑިޔާރަކު ސަސްޕެންޑު ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ކުއްލި ބައްދަލުވުމެއް ބާއްވަން އެދުނު މެންބަރުންގެ ތެރޭގައި އުޝާމް ހިމެނޭއިރު، ފަނޑިޔާރުންގެ މައްސަލަތައް ބަލަން އުފެއްދި ކޮމިޓީގައި ވެސް އޭނާ ހިމެނުނެވެ. އެ ކޮމިޓީން އިސްތިއުފާ ދެއްވީ ފާޑުކިޔުން އަމާޒުވުމުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދު އާއި ފަނޑިޔާރު އަޒުމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒު ޒާހިރު ސަސްޕެންޑުކުރީ އެ ފަނޑިޔާރުންގެ ޖިނާއީ ތަހުގީގެއް ކުރަމުންދާ ކަމަށް ބުނެ، ކުއްލި އަކަށް އުފެއްދި މައްސަލައެއްގަ އެވެ. އެއީ ކޮން މައްސަލައެއްކަން އޭސީސީ އަދި ޖޭއެސްސީން ވެސް ހާމައެއް ނުކުރެ އެވެ.

އެ ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ވެސް ބަލަމުންދެ އެވެ.

ފަނޑިޔާރުން ސަސްޕެންޑުކުރީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވާމުގެ ބާރު ސިޔާސީ ޕާޓިތަކަށް ދީ, ގާނޫނު އަސާސީއަށް ގެނައި ބަދަލުގެ މައްސަލަ ސުޕްރީމް ކޯޓުގައި ބަލަމުން ދަނިކޮށް, އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލުވާލެވޭނެ ކަމަށް ނެރެދޭން އެދުނު ވަގުތީ އަމުރުގެ މައްސަލައިގައި އަޑުއެހުން ބޭއްވިޔަ ނުދިނުމަށެވެ.

މިއީ ހިނގަހިނގާ ހުރި ޝަރީއަތެއް ހުއްޓުވުމަށް ފަނޑިޔާރުން ބަދަލުކުރާ ފުރަތަމަ ފަހަރެވެ.

ފަނޑިޔާރުން ކުއްލިއަކަށް ސަސްޕެންޑުކުރީ، ސިޔާސީ ޕާޓީތަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވާލެވިދާނެ ގޮތަށް ގާނޫނުއަސާސީގެ 73 ވަނަ މާއްދާ އަށް ގެނައި ބަދަލު ބާތިލު ކުރަން ހުށަހެޅި މައްސަލައިގައި ސަރުކާރުން ބޭނުންވާ ގޮތަށް ހުކުމް ނައިސް، ރައީސް މުއިއްޒުގެ ސިޔާސީ ބާރު ގޮސްދާނެ ކަމުގެ ބިރަށް ކަމަށް، އިތުބާރު ކުރެވޭ ބައެއް މަސްދަރުތަކުން ބުނެފައި ވެ އެވެ.

ފަނޑިޔާރުންގެ މައްޗަށް އުފެއްދި މައްސަލަތައް ބަލަމުން ދަނިކޮށް، ރައީސް މުއިއްޒު އާއި އުޝާމް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދައްކައި ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކޮށް، އެކަމާ އިހުތިޖާޖުކުރުމުގެ ގޮތުން ސުއޫދު ވަނީ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަރު ފަހަކަށް ބަދަލުކުރަން ފާސްކުރި ބިލް އެ މަނިކުފާނު އަދިވެސް ތަސްދީގެއް ނުކުރައްވަ އެވެ.

ފަނޑިޔާރުގެ އަށް ނުފޫޒު ނުފޯނުވާނެ ކަމަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދާ ހިލާފުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox