ސުޕްރީމް ކޯޓަށް ބަންޑާރަ ނައިބު ޖަވާބުދާރީއެއް ނުވޭ، ފަހުވަގުތު އެދުނީ މުއްދަތު އިތުރުކޮށްދޭން

ދައުލަތުގެ ބަންޑާރަ ނައިބު، އަހުމަދު އުޝާމް: ސުޕްރީމް ކޯޓަށް ޖަވާބުދާރީވާން ދިން 10 ދުވަހުގެ މުއްދަތު އިއްޔެ ހަމަވަވިއިރު، ދައުލަތުގެ ފަރާތުން ޖަވާބުދާރީއެއް ނުވޭ -- ފޮޓޯ: އޭޖީ އޮފީސް

ދައުލަތުގެ ބަންޑާރަ ނައިބު، އަހުމަދު އުޝާމް: ސުޕްރީމް ކޯޓަށް ޖަވާބުދާރީވާން ދިން 10 ދުވަހުގެ މުއްދަތު އިއްޔެ ހަމަވަވިއިރު، ދައުލަތުގެ ފަރާތުން ޖަވާބުދާރީއެއް ނުވޭ -- ފޮޓޯ: އޭޖީ އޮފީސް

ރައްޔިތުންގެ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލުވައިލުމުގެ ބާރު ސީޔާސީ ޕާޓީތަކަށް ލިބޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރި މައްސަލައިގައި ޖަވާބުދާރީވާން ދައުލަތަށް ސުޕްރީމް ކޯޓުން ދިން 10 ދުވަހުގެ މުއްދަތު އިއްޔެ ހަވަމަވާން ކުޑަތަންވެފައި އޮއްވައި ދައުލަތުގެ ބަންޑާރަނައިބުގެ އޮފީހުން އެދުނީ ޖަވާބުދާރީވުމުގެ މުއްދަތު އިތުރު ކޮށްދޭންކަން އެނގިއްޖެ އެވެ.

އަދަދު ނޫހަށް އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ޖަވާބުދާރީވުމަށް ސުޕްރީމް ކޯޓުން ދިން މުއްދަތު އިތުރު ކޮށްދޭން ބަންޑާރަނައިބުގެ އޮފީހުން އެދުނީ އިއްޔެ އެވެ.

މާނަ ކުރުމުގެ ހަމަތައް ބަޔާން ކުރުމުގެ ގާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުން، އިއްޔެގެ މެންދުރުފަހު 1:00 އަކީ ދައުލަތަށް ޖަވާބުދާރީވާން ސުޕްރީމް ކޯޓުން ދިން މުއްދަތު ހަމަވާ ސުންގަޑި އެވެ.

Advertisement

އެ މާއްދާގައި ބަޔާން ކޮށްފައި އޮންނަނީ ވަގުތު ނުވަތަ މުއްދަތު ވަކި ގާނޫނެއްގެ ބޭނުމަށްޓަކައި ބަލަން ޖެހިއްޖެ ހިނދެއްގައި އެ ގާނޫނުގައި އެހެން ގޮތަކަށް ކަނޑައަޅާފައި ނުވާނަމަ، ދެ ކަމެއްގެ ދޭތެރޭގައި ހިނގާ މުއްދަތަށް އިޝާރާތް ކޮށްފައިވާނަމަ، އެ މުއްދަތު ގުނަންވާނީ އެ ދެ ކަމެއް ހިނގާ ދެ ދުވަސް ނުހިމަނާ ކަމަށެވެ.

ގާނޫނުއަސާސީ ބަދަލުކުރި މައްސަލައިގައި 10 ދުވަސްތެރޭގައި ޖަވާބުދާރީވުމަށް ސުޕްރީމް ކޯޓުން ދައުލަތަށް އަމުރުކުރީ ފެބްރުއަރީ 18، ގަ އެވެ. އެހެންކަމުން 18 ވަނަ ދުވަހަކީ ޖަވާބުދާރީވުމަށް 10 ދުވަސް ދައުލަތަށް ދިނުމަށް ސުޕްރީމް ކޯޓުން އަމުރުކުރި ދުވަސް ކަމަށް ވާތީ އެ ދުވަސް އުނި ކުރުމަށްފަހު ޖެހިގެން އައި ފެބްރުއަރީ 19، އިން ފެށިގެން ރަސްމީ ދުވަސްތައް ގުނާއިރު ދިހަ ދުވަސް ވާ ދުވަހަކީ މިދިޔަ ބުދަ ދުވަހެވެ.

ނަމަވެސް މާނަ ކުރުމުގެ ހަމަތައް ބަޔާން ކުރުމުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ހަމައިގެ މަތިން، މުއްދަތު ހަމަވާ ތާރީހު ނުގުނާނަމަ، 10 ދުވަސް ހަމަވާ ތާރީހަކީ އިއްޔެ، މާޗު 6، 2025 އެވެ.

މާނަ ކުރުމުގެ ހަމަތައް ބަޔާން ކުރުމުގެ ގާނޫނުގެ ރ. ގައި ބަޔާން ކޮށްފައިވާ ގޮތުން ވަކި ކަމެއް ރާއްޖޭގައި ކުރަންޖެހޭ ކަމަށް ބުނެފައިވާ ނަމަ އެ ވަގުތު ބަލާނީ ދިވެހިރާއްޖޭގެ ރަސްމީ ގަޑީގެ ވަގުތުގެ ގޮތުގައި ކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓަށް ޖަވާބުދާރީވުމުގެ ސުންގަޑި އަކީ އިއްޔެގެ މެންދުރުފަހު 1:00 އެވެ.

ގާނޫނުއަސާސީ ބަދަލުކުރި މައްސަލައިގައި ޖަވާބުދާރީވާން ސުޕްރީމް ކޯޓުން ދިން މުއްދަތުގައި ދައުލަތުން ޖަވާބު ހުށަހަޅާފައި ނުވާ ކަމަށާއި އެގޮތަށް ކަން ކުރުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބަލައި ބަންޑާރަ ނައިބަށް ފިޔަވަޅު އަޅައި ދިނުމަށް އެދި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު، އަލީ ހުސެއިން އިއްޔެ ވަނީ ސުޕްރީމް ކޯޓަށް ސިޓީއެއް ވެސް ފޮނުއްވައިފަ އެވެ.

އެ ސިޓީގައި ބުނެފައި ވަނީ ގާނޫނުއަސާސީއަށް ބަދަލު ގެނައި މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދެވޭނެ ކަމަށް ނިންމައި، އެ މައްސަލައިގައި ޖަވާބުދާރީ ވުމަށް މިދިޔަ ފެބްރުއަރީ 18، ގައި ދައުލަތަށް 10 ދުވަހުގެ މުއްދަތެއް ދިން ކަމަށާއި އެ މުއްދަތު ހަމަވިއިރު ވެސް ދައުލަތުން ޖަވާބު ހުށަނާޅާ ކަމަށެވެ.

ނަމަވެސް އަލީ ހުސެއިންއަށް ރައްދު ދެއްވައި އެކްސްގައި އުޝާމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖަވާބުދާރީ ވާން ސުޕްރީމް ކޯޓުން ދިނީ ރަސްމީ 10 ދުވަހުގެ މުއްދަތެއް ކަމަށާއި އެ މުއްދަތުގެ ތެރޭގައި އޭޖީ އޮފީހުން ކުރަންޖެހޭ ކަންކަން ވާނީ ކޮށްފައި ކަމަށެވެ.

އެއީ ކޮން ކަމެއްތޯ ކަށަވަރު ކުރުމަށް އަދަދު ނޫހުން ގުޅުމުން އުޝާމް ވިދާޅުވީ ސުޕްރީމް ކޯޓުން ޖަވާބުދާރީ ވާން ދިން މުއްދަތުގައި ހުށަހެޅަންޖެހޭ އެެއްޗެހި ކޯޓަށް ހުށަހަޅާފައިވާނެ ކަމަށެވެ. ނަމަވެސް ތަފުސީލެއް ނުދެއްވި އެވެ.

"އަޅުގަނޑުމެން އެ މުއްދަތަށް ހުށަހަޅަންޖެހޭ އެއްޗެހި ހުށަހަޅާފައި ވާނީ،" އުޝާމް ވިދާޅުވި އެވެ.

އުޝާމްގެ އެ ރައްދާ ގުޅިގެން، ގިނަ ބަޔަކަށް ގަބޫލު ކުރެވުނީ ދައުލަތުން އޮތީ މުއްދަތު ހަމަވުމުގެ ކުރިން ޖަވާބު ހުށަހަޅާފައި ކަމަށެވެ.

ގާނޫނުއަސާސީ ބަދަލުކުރި ކުރުން ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ އަލީ ހުސެއިން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި ބަދަލު، ގާނޫނުއަސާސީގެ ހަތަރު ވަނަ މާއްދާގެ ދަށުން ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ދިވެހިރައްޔިތުންގެ ކިބައިގައި ދެމި އޮތުމުގެ އަސާސާއި، ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތީން ދިވެހި ދައުލަތުގެއެންމެހައި ބާރުތައް ހިންގަންވާނޭ ކަމަށް ގާނޫނުއަސާސީގެ އަށް ވަނަ މާއްދާގައި އޮންނަ އަސާސާ ހިލާފު ކަމަށެވެ.

ގާނޫނު ހެދުމުގެ އެންމެހައި ބާރެއް ލިބިގެންވާ ވަކި މިނިވަން ބާރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލިސް ދެމި އޮތުމަށް ގާނޫނުއަސާސީގެ ފަސް ވަނަ މާއްދާއިން ކަނޑައަޅާފައި އޮތް ދުސްތޫރީ ހަމައާ ވެސް އެ އިސްލާހު ހިލާފު ކަމަށް އަލީ ހުސެއިން ހުށަހެޅި މައްސަލައިގައި ބުނެފައިވެ އެވެ.

އޭގެއިތުރުން އެ މައްސަލައިގައި ވަނީ ގާނޫނުއަސާސީއަށް ގެނައި އިސްލާހު ގާނޫނުއަސާސީގެ 26 ވަނަ މާއްދާ އާއި ގާނޫނުއަސާސީގެ 75 ވަނަ މާއްދާ އާއި، 90 ވަނަ މާއްދާއާ ވެސް ފުށުއަރާ ކަމަށާއި އެ އިސްލާހުގެ ސަބަބުން ތިން ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމު ގަޑުބަޑުވެގެންދާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox