ޓައިވާންގެ ކުންފުންޏަކުން އެމެރިކާގައި ޗިޕް އުފެއްދުމަށް 100 ބިލިއަން ޑޮލަރު އިންވެސްޓުކުރަނީ

ޓީއެސްއެމްސީ ގްރޫޕްގެ ސީއީއޯ ސީ.ސީ ވެއި -- ފޮޓޮ: ސީއެންބީސީ

ޓީއެސްއެމްސީ ގްރޫޕްގެ ސީއީއޯ ސީ.ސީ ވެއި -- ފޮޓޮ: ސީއެންބީސީ

ޓައިވާން ސެމިކޮންޑަކްޓަ މެނުފެކްޗަރިން (ޓީއެސްއެމްސީ) އިން ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި އެމެރިކާގައި ޗިޕް އުފެއްދުމަށް 100 ބިލިއަން ޑޮލަރު އިންވެސްޓުކުރުމަށް ނިންމާފައިވާކަމަށް އެކުންފުންޏާ ހަވާލާދީ އެންބީސީ އިން ރިޕޯޓް ކޮށްފި އެވެ.

ޓީއެސްއެމްސީއަކީ އެމެރިކާގެ ބޮޑެތި ޓެކް ކުންފުނިތައް ކަމަށްވާ އެންވިޑިއާ އަދި އެޕަލް ފަދަ ކުންފުނިތަކަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރުމަށް ސެމިކޮންޑަކްޓަ ސަޕްލައިކޮށްދޭ މައި ކުންފުންޏެވެ.

އެކުންފުނިން ބުނީ އެކުންފުނީގެ މި އިންވެސްޓްމެންޓް މައިގަނޑު މަގުސަދަކީ އެމެރިކާއަކީ އާޓިފިޝަލް އިންޓެލިޖެންސްގެ މައި މަރުކަޒަކަށް ހެދުމަށް ޓްރަމްޕް ސަރުކާރުން ކުރާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމުގަ އެވެ.

Advertisement

ފާއިތުވި މަހު، ޓްރަމްޕް ވަނީ އޯރަކަލް، އޯޕަންއޭއައި އަދި ސޮފްޓްބޭންކާއެކު ބިލިއަން ޑޮލަރުގެ އޭއައި އިންފްރާސްޓްރަކްޗަރގެ ބިޔަ ޕްރޮޖެކްޓެއް އިފްތިތާހު ކޮށްފަ އެވެ.

ޓްރަމްޕް ވަނީ ޓައިވާނުން އެމެރިކާގެ ޗިޕް އުފެއްދުމުގެ ވިޔަފާރި ވަގަށް ނަގާފައިވާކަމަށް ތުހުމަތުކޮށް، ސެމިކޮންޑަކްޓަ އިމްޕޯޓުތަކަށް ޓެރިފް ނެގުމަށް ވަކާލާތުކޮށްފަ އެވެ. އެހެންނަމަވެސް ޓީއެސްއެމްސީގެ މާލީ ވެރިޔާ ވެންޑެލް ހުއާން ވަނީ ޖަނަވަރީ މަހު ސީއެންބީސީއަށް ދެއްވި އިންޓަވިއުއެއްގައި، ވައިޓް ހައުސްގެ އައު އިދާރާއިން އެ ކުންފުނީގެ އެމެރިކާގެ މަސައްކަތްތަކަށް ފަންޑު ދިނުން ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން އޮތްކަމަށް ވިދާޅުވެފަ އެވެ.

ޓީއެސްއެމްސީއިން ވަނީ 2020 ގައި ވެސް އެރިޒޯނާގައި އެމެރިކާގެ ފުރަތަމަ ޗިޕް ފެކްޓަރީ އިމާރާތްކުރުމަށް 12 ބިލިއަން ޑޮލަރު އިންވެސްޓުކޮށް، އެމެރިކާގައި އެމަސައްކަތް ފުޅާކުރުމަށް މަސައްކަތްތަކެއް ކޮށްފަ އެވެ. އޭގެ ފަހުން ތިންވަނަ ފެކްޓަރީއާއެކު އެ ސްޓޭޓުގައި ކުރާ އިންވެސްޓްމަންޓް 65 ބިލިއަން ޑޮލަރަށް އިތުރުކޮށް، އެމެރިކާ ސަރުކާރުގެ ކޮމާސް ޑިޕާޓްމަންޓުން 6.6 ބިލިއަން ޑޮލަރުގެ ސަބްސިޑީއެއް އެކުންފުންޏަށް ލިބިފައި ވެއެވެ.

ޓީއެސްއެމްސީ އަކީ ދުނިޔޭގެ ޗިޕް އުފައްދާ އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރެއިން އެއް ކުންފުންޏެވެ. މިކުންފުނިން އުފައްދާ ސެމިކޮންޑަކްޓަރތަކަކީ ޒަމާނީ ޓެކްނޮލޮޖީގެ ބިންގާކަމުގައިވާ ސްމާޓްފޯނު، ކޮމްޕިއުޓަރ އަދި އާޓިފިޝަލް އިންޓެލިޖެންސް ސިސްޓަމްތަކަށް ބޭނުންވާ އެންމެ މުހިންމު ބާވަތްތަކެވެ.

އެމެރިކާއަށް ޗިޕް އުފެއްދުން އިތުރުކުރުމަކީ ސަޕްލައި ޗެއިން ރައްކާތެރިކަމާއި ޓެކްނޮލޮޖީ ދާއިރާގައި ޗައިނާއާ އޮންނަ ވާދަވެރިކަމުގައި ކުރިއަށް ދިއުމަށް ރައީސް ޓްރަމްޕްގެ އިދާރާއިން އިސްކަންދޭ ކަމެކެވެ. 2022 ގައި ފާސްކުރެވުނު "ޗިޕްސް އެންޑް ސައިންސް އެކްޓް" ގެ ދަށުން، އެމެރިކާ ސަރުކާރުން ސެމިކޮންޑަކްޓަރ އިންޑަސްޓްރީއަށް 52 ބިލިއަން ޑޮލަރުގެ ސަބްސިޑީ ދިނުމަށް ނިންމާފައި ވެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox