ޓްރީ ޓޮޕް ހޮސްޕިޓަލުގެ އަހަރީ ދުވަހާ ގުޅިގެން ހާއްސަ ޑިސްކައުންޓުތަކެއް

ޓްރީ ޓޮޕް ހޮސްޕިޓަލް: އެ ހޮސްޕިޓަލުގެ އަހަރީ ދުވަހާ ދިމާކޮށް ހާއްސަ ޑިސްކައުންޓުތަކެއް ވަނީ ދޭން ފަށާފައި

ޓްރީ ޓޮޕް ހޮސްޕިޓަލް: އެ ހޮސްޕިޓަލުގެ އަހަރީ ދުވަހާ ދިމާކޮށް ހާއްސަ ޑިސްކައުންޓުތަކެއް ވަނީ ދޭން ފަށާފައި

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހަތް ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކަސްޓަމަރުންނަށް ހާއްސަ ޑިސްކައުންޓުތަކެއް ދޭން ފަށައިފި އެވެ.

ޓްރީޓޮޕުން ބުނީ މާޗު 1، އިން ފެށިގެން މާޗު 7، ގެ ނިޔަލަށް އެ ހޮސްޕިޓަލުން ސީޓީ ސްކޭން އަދި އެމްއާރްއައި ހިދުމަތުން 15 ޕަސަންޓު ޑިސްކައުންޓު ލިބޭނެ ކަމަށެވެ. މި މުއްދަތުގައި ބޯން މިނަރަލް ޑެންސިޓީ ޓެސްޓްތަކުން 10 ޕަސަންޓުގެ ޑިސްކައުންޓު ލިބޭނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

މާޗު 8، އިން މާޗު 14، ގެ ނިޔަލަށް ހަންގަނޑު ތާޒާ ކުރުން ނުވަތަ ސްކިން ރިޖޫވިނޭޝަން ހިދުމަތާއި އެކްނީ ސްކާ ޓްރީޓްމަންޓް ނުވަތަ އޮށާޅަ، ލަކުނު ފިލުވުމުގެ ހިދުމަތުގެ އިތުރުން ޓެޓޫ ފިލުވުމުގެ ހިދުމަތްތަކުން 20 ޕަސަންޓު ޑިސްކައުންޓެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މާޗު 15، އިން މާޗު 31، ގެ ނިޔަލަށް ސްކޭލިން ނުވަތަ ދަތް ސާފުކުރުމުގެ ހިދުމަތާއި ބްލީޗިން ނުވަތަ ދަތް ހުދު ކުރުމުގެ ހިދުމަތުގެ އިތުރުން ފިޝާ ސީލަންޓް ނުވަތަ ފުޓުނި އެޅުމުގެ ހިދުމަތުން 15 ޕަސަންޓުގެ ޑިސްކައުންޓެއް ވެސް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ރާއްޖޭގައި ސިއްހީ ހިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ޓްރީ ޓޮޕްގެ އަމާޒަކީ އައު އުސޫލުތަކާއި ހިދުމަތްތައް ތައާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ސިއްހީ ހިދުމަތުގެ ހަރަދުތައް ކުޑަކުރުމެވެ.

ޓްރީ ޓޮޕްގައި 210 އެނދުގެ ކެޕޭސިޓީއާ އެކު 30 އަށްވުރެ ގިނަ ސްޕެޝަލިސްޓު ދާއިރާތަކުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމެއް މަސައްކަތްކުރެ އެވެ. އަދި އައިސީޔޫ، ކެތު ލެބް، އެންއައިސީޔޫ، އެޗްޑީޔޫ، ފާޓިލިޓީ ސެންޓަރު، ޑަޔަލިސިސް އަދި ކީމޯތެރަޕީގެ ހިދުމަތް ވެސް އެ ހޮސްޕިޓަލުން ފޯރުކޮށްދެ އެވެ.

މިދިޔަ އަހަރު ޓްރީޓޮޕުން ވަނީ އައިވީއެފް މެދުވެރިކޮށް ކުއްޖަކު ވިހެއުމުގެ އިތުރުން 1،000 އަށްވުރެ ގިނަ ކަކުލު ހުޅު ބަދަލުކުރުމުގެ ކާމިޔާބު ސާޖަރީ ހަދާފަ އެވެ. އަދި ފުރަތަމަ ފަހަރަށް ލީޑްލެސް ޕޭސްމޭކަރެއް ޓްރީ ޓޮޕުން ލެއްވީ ވެސް މިދިޔަ އަހަރު އެވެ.

ޓްރީ ޓޮޕުން މިދިޔަ އަހަރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހެލްތު ކޭމްޕްތައް ބާއްވައި، 1،500 އަށްވުރެ ގިނަ މީހުންނަށް ސްޕެޝަލިސްޓުންނަށް ދެއްކޭނެ މަގުފަހިކޮށްދިނެވެ. އެ ހޮސްޕިޓަލުން ވަނީ މިދިޔަ އަހަރު ގޭގައި ތިބެގެން ފިޒިއޯތެރަޕީ ހެދޭނެ ހިދުމަތް ވެސް ގާއިމުކޮށް، މާލޭގައި ހުންނަ ޓްރީ ޓޮޕްގެ ކްލިނިކުން ދޭ ހިދުމަތްތައް ވެސް ފުޅާކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox