މިއަދު ހެނދުނު ދިގުރަށުން މާލެއަށް ދަތުރު ކުރި ލޯންޗެއް ދިޔަވެ، އޭގެން ދަތުރުކުރި 45 ފަސިންޖަރުންނާޢި ތިން ފާޅުވެރިން ކަނޑުވެ އޮޔާ ދަނިކޮށް ފުލުހުން އެމީހުން ސަލާމަތް ކޮށްފި އެވެ.
ފުލުހުން ބުނީ ދިޔަވެފައި ވަނީ ހުވަން ނަމަކަށް ކިޔާ ލޯންޗެއް ކަމަށާއި އޭގެން ދަތުރުކުރި ހުރިހާ އެންމެން ވެސް ސަލާމަތް ކޮށްފައިވާ ކަމަށެވެ. ސަލާމަތް ކުރި ކުޑަކުދިންގެ ތެރޭގައި ހަތަރު ކުޑަ ކުދިން ވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
އެ ހުރިހާ އެންމެން ވެސް މިހާރު ދިގުރަށަށް ގެންގޮސްފައިވާ ކަމަށާއި ހުރިހާ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.













