ފަނޑިޔާރުން ސަސްޕެންޑުކުރަން ޖޭއެސްސީއިން ބޭއްވި ކުއްލި ޖަލްސާ ބާއްވަން ހުށަހެޅި މެންބަރުންގެ ތެރޭގައި އުޝާމް ހިމެނޭ

އެޓާނީ ޖެނެރަލް އަހުމަދު އުޝާމް : ފަނޑިޔާރުން ސަސްޕެންޑުކުރަން ޖޭއެސްސީއަށް ކުއްލި މައްސަލަ ހުށަހެޅުމުގައި އިސްކޮށް ހުންނެވީ އޭނާ --- ފޮޓޯ: ރައީސް އޮފީސް

އެޓާނީ ޖެނެރަލް އަހުމަދު އުޝާމް : ފަނޑިޔާރުން ސަސްޕެންޑުކުރަން ޖޭއެސްސީއަށް ކުއްލި މައްސަލަ ހުށަހެޅުމުގައި އިސްކޮށް ހުންނެވީ އޭނާ --- ފޮޓޯ: ރައީސް އޮފީސް

ސުޕްރީމް ކޯޓުގެ ތިންް ފަނޑިޔާރަކު ސަސްޕެންޑު ކުރަން މިއަދު ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ކުއްލި ބައްދަލުވުމެއް ބާއްވަން އެދުނު މެންބަރުންގެ ތެރޭގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް ހިމެނޭކަން މި ނޫހަށް އެނގިއްޖެ އެވެ.

ޖޭއެސްސީގެ ގާނޫނު ބުނާ ގޮތުން އެ ކޮމިޝަނުގެ ކުއްލި ބައްދަލުވުމެއް ބޭއްވޭނީ އެކަމަށް އެދި މަދުވެގެން ތިން މެންބަރުންގެ ސޮއިކޮށް ހުށަހެޅުމުންނެވެ. މި ނޫހަށް ކަށަވަރުވެފައިވާ ގޮތުގައި މިއަދު ހެދުނު މައްސަލަ ހުށަހެޅުމުގައި އުޝާމް ހަރަކާތްތެރިވި އެވެ.

އުޝާމުގެ އިތުރުން މި މައްސަލާގައި ސޮއިކުރެއްވި ޖޭއެސްސީގެ މެންބަރުންގެ ތަފުސީލެއް މިހާތަނަށް ޔަގީންވެފައެއް ނުވެ އެވެ.

ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ސަސްޕެންޑުކުރަން ބޭއްވި ބައްދަލުވުމުގައި ބައިވެރިވާން ދީފައި ވަނީ އެންމެ 13 މިނެޓުގެ ނޯޓިހެކެވެ.

ޖޭއެސްސީގެ ބައްދަލުވުން އާންމުކޮށް ބާއްވަނީ ކޮންމެ ބުދަ ދުވަހެއްގެ މެންދުރު 2:00 ޖަހާއިރެވެ. ނަމަވެސް މިއަދު ބައްދަލުވުން ބޭއްވީ 10:30 ގަ އެވެ.

ބައްދަލުވުމަށް އެހާ ކުރު ނޯޓިހެއް ދިނުމުން ކޯޓުތަކުގައި ބިޒީކޮށް މަސައްކަތް ކުރައްވާ އެއްވެސް ފަނޑިޔާރަކަށް އެ ބައްދަލުވުމަށް ހާޒިރު ނުވެވުނު ކަމަށް މި ނޫހާ ވާހަކަ ދެއްކެވި ޖޭއެސްސީގެ މެންބަރަކު ވިދާޅުވި އެވެ. ބައްދަލުވުން ފަސްކޮށްދޭން ބައެއް ފަނޑިޔާރުން އެދުމުން އެކަން ކުރަން ކޮމިޝަނުން ވަނީ ދެކޮޅު ހަދައިފަ އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ތަހުގީގަކަށް ރިއާޔަތްކޮށް ޖޭއެސްސީ އިން ތިން ފަނޑިޔާރުން ސަސްޕެންޑުކުރި ނަމަވެސް އެ ބޭފުޅުންނަށް ކުރާ ތުހުމަތުތައް ހާމަކުރަން އޭސީސީން ވަނީ ދެކޮޅުހަދާފަ އެވެ.

އެ ކޮމިޝަނުގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އޭސީސީގެ މެންޑޭޓަށް ފެތޭ ގޮތަށް ކޮމިޝަނަށް ހުށަހެޅޭ މައްސަލައެއް ވިއްޔާ ގާނޫނާއި ގަވާއިދުގެ ތެރެއިން ބަލަމުން ދާނެ ކަމަށެވެ. އިތުރު އެއްވެސް ޖަވާބެއް ނުދެއްވަ އެވެ.

ފަނޑިޔާރުންނާމެދު ފިޔަވަޅު އެޅީ ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ ބާތިލް ކުރަން ހުށަހަޅާފައި އޮތް މައްސަލައިގެ އަޑުއެހުން ފަށަން ކުޑަ ވަގުތުކޮޅަކަށްވެފައި އޮއްވަ އެވެ. އެ އަޑުއެހުން ފަހުން ކެންސަލް ކުރީ އެވެ.

އޭގެ ގަޑިއިރެއްހާއިރު ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލު ކުރާ ބިލެއް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

ބިލުގައިވާ ގޮތުން، ސުޕްރީމް ކޯޓުން ވަކި ކުރާ ދެ ފަނޑިޔާރުން ކަނޑައެޅުމަށްޓަކައި، އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކުން އެފަދަ މަސައްކަތް ކުރަން ދީފައިވާ މުއްދަތުތަކަށް ޖޭއެސްސީން ބަލާކަށް ނުޖެހެނޭ އެވެ.

މި ބިލުގައި ގާނޫނުއަސާސީއާ ހިލާފު ކަމަށް ވަރަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި އެއީ ކޯޓުތަކަށް ސީދާ ނުފޫޒު ފޯރުވުމުގެ ގޮތުން ސަރުކާރުން ކުރަމުންދާ މަސައްކަތެއް ކަމަށް ވެސް ވަރަށް ތަޖުރިބާކާރުން އަދި މާހިރުން ދަނީ ވިދާޅުވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox