ރ. މަޑުއްވަރިއަށް އެ އަތޮޅު އުފުލަންދޫ އަދި ރ. މީދޫއަށް އެ އަތޮޅު ތާވަތާ ދީ އެކަން އިއުލާނުކޮށްފި އެވެ.
ގެޒެޓުކޮށްފައިވާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރެއްގައި ބުނީ މިއަދުން ފެށިގެން އުފުލަންދޫ އަކީ މަޑުއްވަރީގެ ބައެއްގެ ގޮތުގައި އަދި ތާވަތާ އަކީ މީދޫގެ ބައެއްގެ ގޮތުގައި އެމަނިކުފާނު ކަނޑައަޅުއްވާފައިވާ ކަމަށެވެ.
ރައީސް އޮފީހުން ބުނީ މިގޮތަށް ރައީސް މުއިއްޒު ނިންމެވީ ލާމަރުކަޒީ ގާނޫނުން އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުން ކަމަށެވެ.
މި ދެ ފަޅުރަށް މީދޫ އަދި މަޑުއްވަރީގެ އިހުތިސޯސުގެ ތެރޭގައި ހިމަނުއްވާނެކަން ރައީސް އިއުލާނުކުރެއްވީ މިދިޔަ މަހު އެމަނިކުފާނު ރ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުގެ ތެރެއިންނެވެ.
ރައީސް އޮފީހުން ބުނީ އެމަނިކުފާނުގެ މިގޮތަށް ނިންމެވީ އެ ދެ ރަށަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމަށް ހައްލު ހޯއްދަވައިދެއްވުމަށާއި، ރަށުގައި އިގުތިސޯދީ މަސައްކަތްތައް ކުރާ ތަންތަން ރަށުން ބޭރަށް ބަދަލުކުރުމަކީ، އާންމު ސިއްހަތަށް ވެސް އޮތް އެންމެ ރަނގަޅު ހައްލުކަމަށް ދެކިލައްވާތީ ކަމަށެވެ.

އަލަށް ލިބުނު ފަޅު ރަށްތަކަށް މީހުން ދިރިއުޅޭ ސަރަހައްދެއްގައި ހުންނަން ނުޖެހޭ ހުރިހާ ތަނެއް އެރަށްތަކަށް ބަދަލުކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.












