ޒޯން ތަށްޓަކީ މަހިބަދޫ ފުޓްސަލް އަށް ބޮޑު ކާމިޔާބެއް

Feb 15, 2025, 5:43 AM
ޒޯން ހަތަރެއްގެ ތަށި ހިފައިގެން މަހިބަދޫ އަށް ދިއުމުން އެ ރަށުން ރަތް ދޫލައިގެ މަރުހަބާއެއް ކިޔާފައިވާއިރު، ބިޗަޑް، ސަޕޯޓަރުންނާ އެކު ސެލްފީ ނަގަނީ.--- ފޮޓޯ: ދި ޕާފެކްޓް އީޑިއަޓް/ މަހިބަދޫ ފުޓްސަލް (ފޭސްބުކް ޕޭޖް)

ޒޯން ހަތަރެއްގެ ތަށި ހިފައިގެން މަހިބަދޫ އަށް ދިއުމުން އެ ރަށުން ރަތް ދޫލައިގެ މަރުހަބާއެއް ކިޔާފައިވާއިރު، ބިޗަޑް، ސަޕޯޓަރުންނާ އެކު ސެލްފީ ނަގަނީ.--- ފޮޓޯ: ދި ޕާފެކްޓް އީޑިއަޓް/ މަހިބަދޫ ފުޓްސަލް (ފޭސްބުކް ޕޭޖް)

ގޯލްޑަން ފުޓްސަލް ޗެލެންޖު 2025 ގެ ޒޯން ހަތަރެއްގެ ތަށި، އދ. މަހިބަދޫ އަށް ލިބުމަކީ، އެ ރަށުގެ ފުޓްސަލް އަށް ލިބުނު ބޮޑު ކާމިޔާބެއް ކަމަށް އެ ޓީމުގައި މޮޅު ކުޅުމެއް ދެއްކި އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ބުނެފި އެެވެ.

މަހިބަދޫން މި ފަހަރުގެ ޒޯން ޗެމްޕިއަންކަން ހޯދީ މިދިޔަ އަހަރު އެ ޒޯންގެ ތަށި އުފުލާލި އއ.ގެ ޗެމްޕިއަން، މަތިވެރި އަތުން މޮޅުވެގެންނެވެ. އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، 3-3 އިން އެއްވަރުވިއިރު، ޕެނަލްޓީ ޖަހައިގެން މަހިބަދޫ މޮޅުވީ، 7-5 އިންނެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މަހިބަދޫން ވާދަކުރަން ފެށި ފަހުން، އެ ޓީމުން، އދ.ގެ ޗެމްޕިއަންކަން ވަނީ ހޯދައިފަ އެވެ. ތިން ފަަހަރު އެ އަތޮޅުގެ ފައިނަލުގައި ކުޅުނުއިރު، ޒޯން ތަށި ހޯދުނީ މި ފަހަރު އެވެ. އެ ޓީމަށް ކޮންމެ އަހަރެއްގައި ވެސް ތަފާތު ކުޅުމެއް ދައްކާ ބިޗަޑް ބުނީ، މިއީ ފުޓްބޯޅަ އަށް މަޝްހޫރު މަހިބަދޫ އަށް ފުޓްސަލްގައި ލިބުނު ރަނގަޅު ކާމިޔާބެއް ކަމަށެވެ.

ޒޯން ހަތަރެއްގެ މޮޅު ކުޅުންތެރިޔާގެ ޓްރޮފީ އާއި ޒޯން ތަށި ހިފައިގެން ބިޗަޑް ފޮޓޯ އަކަށް ހުއްޓިލައިގެން.--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

"މިއީ، މަހިބަދޫ ފުޓްސަލް އަށް ވަރަށް ބޮޑު ކުރިއެރުމެކޭ ދަންނަވާލާނީ. އެއީ ހަމަ ޒޯނަށް ދިޔަ ބުރު، މިހާ ބޮޑު ކާމިޔާބެއް، ޒޯން ތަށި މި ލިބުނީ. ވަރަށް ބޮޑު ކާމިޔާބެއް،" ބިޗަޑް ބުންޏެވެ.

ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ގަދަ 16 ބުރުގައި މިރޭ މަހިބަދޫން ނުކުންނާނީ ފ. އަތޮޅުގެ ޗެމްޕިއަން، ދަރަނބޫދޫއާ ދެކޮޅަށެވެ. މިއީ، މި ދެ ޓީމުން ވެސް މި މުބާރާތުގެ މިހާ ހިސާބުގައި ކުރިމަތިލާނެ ފުރަތަމަ ޗެލެންޖެވެ.

ބިޗަޑް ބުނީ، ރާއްޖޭގެ އެންމެ ވަރުގަދަ ޓީމުތަކުގެ ތެރޭގައި ވާދަކުރުމަކީ ވެސް ކާމިޔާބެއް ކަމަށެވެ.

"އަސްލު ވަރަށް ބޮޑު ކާމިޔާބެއް މިއީ ހަމަަ، މިއީ އަނެއްހެން ބުނާނަމަ ވަރަށް ބައިވަރު މަސައްކަތް، ވަރަށް ބައިވަރު މީހުންގެ މަސައްކަތް މިއީ. (ކުރިއަށް އޮތްތަނުގައި) އެއް ގިޔަރު ހިއްލާލައިގެން މަސައްކަތް ކުރާނަން ހަމަ،" ބިޗަޑް ބުންޏެވެ.

މަހިބަދޫ އާއި ދަރަނބޫދޫ ކުޅޭ މެޗު ފަށާނީ މިރޭ 21:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox