ގަދަ 16 ގައި ވެސް ނައިވާދޫން ވަރަށް މަސައްކަތް ކުރަން ޖެހޭ

Feb 14, 2025, 5:23 AM
ގަދަ 16 ގައި ވެސް ނައިވާދޫން ވަރަށް މަސައްކަތް ކުރަން ޖެހޭ

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ގަދަ 16 ޓީމު ވާދަކުރާ ބުރުގައި ވެސް ކުރިއަށްދިއުމަށްޓަކައި، ހދ. ނައިވާދޫން ވަރަށް މަސައްކަތް ކުރަން ޖެހޭ ކަމަށް އެ ޓީމުގެ ތަރި އަބްދުﷲ ޝާފިއު (ޝާއްޕެ) ބުނެފި އެވެ.

ނައިވާދޫން ވަނީ، ހދގެ ޗެމްޕިއަންކަން ހޯދުމުގެ އިތުރުން ޒޯން އެކެއްގެ ވެސް ތަށި ހޯދައިފަ އެވެ. ނައިވާދޫން ހަތް ވަނަ ފަހަރަށް އަތޮޅު ތަށި ހޯދީ ފައިނަލުގައި ނޭކުރެންދޫ އަތުން 3-0 އިން މޮޅުވެގެންނެވެ. މިދިޔަ ފަހަރު ޒޯން ތަށި އެ ޓީމަށް ގެއްލުނު ނަމަވެސް، މި ފަހަރު ޒޯން ތަށި ހޯދީ ފައިނަލުގައި، ހއ. ދިއްދޫ އަތުން 2-0 އިން ކުރިހޯދައިގެންނެވެ. މިއީ، ނައިވާދޫން ޒޯން ތަށި ހޯދި ތިން ވަނަ ފަހަރެެވެ.

"އަލްހަމްދު ލިއްލާހިއޭ ބުނެވޭނީ މި ހަަމަ ވަރަށް ބޮޑު މަސައްކަތެއް އަސްލު. މި ހަމަ އެންމެންގެ ވެސް މަސައްކަތް،" ހދ. އަތޮޅުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ޒޯން އެކެއްގެ ވެސް މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޝާއްޕެ ބުންޏެވެ.

އޭނާ ބުނީ، ނޮކައުޓް ބުރުގައި ނައިވާދޫން ކުރިއަށްދާއިރު، ކޮންމެ މެޗެއް ވެސް ވަރަށް އުނދަގޫވާނެ ކަމަށެވެ.

"ވަރަށް ބޮޑު ފައިޓަކަށްވާނެ. ހުރިހާ ޓީމެއް ވެސް ވަރަށް މޮޅު މި ފަހަރު. ގަދަ 16 ގައި ކޮންމެ ބަޔަކާ ޖެހުނަސް، ކޮންމެ ޒޯނެއްގެ ދެ ވަނައާ ޖެހުނަސް ވަރަށް މަސައްކަތްކޮށްގެން މިކަން ވާނީ، އިންޝާﷲ ރަނގަޅުވާނެ، މެޗަކަށް ވުރެ މެޗެއް ވަރަށް ރަނގަޅަށް މި ދަނީ،" ޝާއްޕެ ބުންޏެވެ.

ނައިވާދޫ އަށް މި ފަހަރުގެ މުބާރާތުގެ ނޮކައުޓް ބުރުގައި ވާދަކުރަން ޖެހޭނީ، މާލެ ޒޯނުގެ ރަނަރަޕް، މައްޗަންގޯޅިއާ ދެކޮޅަށެވެ.

މިދިޔަ އަހަރުގެ މުބާާރާތުގެ ގަދަ 16 ބުރުގައި، ހދ. ނައިވާދޫ ކެޓީ 4-2 އިން ލ. ގަން އަތުން ބަލިވެގެންނެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 0-0 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. ޕެނަލްޓީގައި ގަމުން ހުރިހާ ޕެނަލްޓީ އެއް ކާމިޔާބުކުރިއިރު, ނައިވާދޫގެ ދެ ޕެނަލްޓީ ނާކާމިޔާބުވި އެވެ.

ގަދަ 16 ބުރުގައި، ނައިވާދޫން މި ފަހަރު ކުޅޭ މެޗު އޮތީ، މާދަމާރޭ 21:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox