މުހަންމާ ނުދައްކާ އޮތް ފަސް މިލިއަންގެ ދަރަންޏެއް، މަހަކު 83،000ރ. ގެ މަގުން ދައްކަން ހުކުމްކޮށްފި

ބްރޯޑްކޮމްގެ މެންބަރުކަމަށް ރައީސް މިފަހުން އައްޔަނު ކުރެއްވި މުހައްމަދު އަބްދުﷲ -- ފޮޓޯ: ސޯޝަލްމީޑިއާ

ބްރޯޑްކޮމްގެ މެންބަރުކަމަށް ރައީސް މިފަހުން އައްޔަނު ކުރެއްވި މުހައްމަދު އަބްދުﷲ -- ފޮޓޯ: ސޯޝަލްމީޑިއާ

ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުކަމަށް މިދިޔަ ޖެނުއަރީ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަނު ކުރެއްވި، މުހައްމަދު އަބްދުﷲ (މުހަންމާ) ބޭންކް އޮފް މޯލްޑިވްސްއިން ނަގައި، ނުދައްކާ އޮތް ފަސް މިލިއަން ރުފިޔާގެ ދަރަންޏެއް، އިންޓްރެސްޓާއެކު މަހުން މަހަށް ބަހާލައިގެން 11 އަހަރުދުވަސް ތެރޭގައި ދައްކައި ހަލާސް ކުރުމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އެގޮތަށް ހުކުމް ކޮށްދިނުމަށް އެދުނީ ބީއެމްއެލުންނެވެ. ނަމަވެސް ބީއެމްއެލުން އެ މައްސަލަ ފުރަތަމަ ސިވިލް ކޯޓަށް ހުށަހެޅިއިރު، އެދިފައި އޮތީ، މުހަންމާ ލޯނު ނެގިއިރު، ރަހުނުކުރި ހ. ފުރާތު އޭ ކިޔާ ގޯތި ވިއްކައިލުމުގެ ހުއްދައެއް ދިނުމަށް އެދި އެވެ.

ދަރަނި ދެއްކުމުގެ ފުރުސަތު މުހަންމާއަށް ދޭން ބީއެމްއެލުން ސިވިލް ކޯޓުގައި އެދުނީ ޝަރީއަތްތައް ކުރިއަށް ދަނިކޮށެވެ. ބީއެމްއެލުން ސިވިލް ކޯޓަށް މައްސަލަ ވެއްދީ، މުހަންމާ އެ ބޭންކުން ނަގާފައިވާ ލޯނު ދައްކަން 2022 ވަނަ އަހަރު ސިވިލް ކޯޓުން އަންގާފައިވާ އެންގުމާ އެއްގޮތަށް އެ ފައިސާ ދައްކަމުން ނުދާތީ އެވެ.

ބީއެމްއެލުން ބުނެފައި ވަނީ މި މަހުގެ 4، އާ ހަމައަށް މުހަންމާ ބީއެމްއެލްއަށް ދައްކަންޖެހޭ 5.02 މިލިއަން ރުފިޔާ އޮތް ކަމަށެވެ.

އެހެންކަމުން ބީއެމްއެލުން އެދުނީ މަހުން މަހަށް ބަހާލައިގެން ކުރިއަށް އޮތް 11 އަހަރުދުވަހުގެ ތެރޭގައި މަހަކު 83،000ރ. އަށް ވުރެ މަދު ނޫން އަދަދެއް ދައްކައިގެން ދަރަނި ހަލާސް ކުރުމަށެވެ. ފަސް މިލިއަންގެ ދަރަނި ދައްކައި ހަލާސް ކުރަން މުހަންމާއަށް ސިވިލް ކޯޓުން ދިން ތާރީހަކީ މެއި 31، 2036 އެކެވެ.

ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ އެއީ މުހަންމާ ވެސް އެދިފައިވާ ގޮތް ކަމަށެވެ. އެ މައްސަލައިގެ ހުކުމް އިއްވާފައި ވަނީ ބީއެމްއެލް އާއި މުހަންމާގެ ވެސް ގައިރުހާޒިރުގަ އެވެ.

ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ އެ ހުކުމާ އެއްގޮތަށް މުހަންމާ ފައިސާ ދައްކަމުން ނުދާނަމަ، އިތުރު އަޑުއެހުމަކާ ނުލައި ހ. ފުރާތު ވިއްކައިލުމުގެ ހުއްދަ ދިނުމުގެ ޝަރީއަތްތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެ ނިންމުން ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު މުހަންމާއަށް އޮންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރިން މިނިސްޓަރު އިރުތިޝާމް، ޖައިޝަންކަރާ ބައްދަލުކުރައްވައިފި

ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް. ޖައިޝަންކަރާ ނިއުދިއްލީގައި ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި.

ވޯޓުލުމުގެ އިންތިޒާމުތައް ދަށްވެ މެންބަރުންގެ ޝަކުވާ

އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގެ އިންތިޒާމުތައް ދަށްވުމުގެ ސަބަބުން، ވޯޓުލުން ލަސްވުމާއި އޮފިޝަލުންނާއި ވަސީލަތްތައް މަދުވުމުގެ މައްސަލަތައް ކުރިމަތިވެ ގިނަ ބައެއްގެ ހިތްހަމަނުޖެހުން އަމާޒުވި. މިކަމާ ގުޅިގެން ޕާޓީގެ ޗެއާޕާސަން ރައީސް ނަޝީދު ވިދާޅުވީ، އިންތިޒާމުތަކަށް ދަތިވީ ސަރުކާރުގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން ކަމަށް.

ޒުވާނުންގެ ވޯޓު ކަރުދާސް ދޫކުރެވިގެން ވޯޓު ފޮށްޓެއް ބަންދުކޮށްފި

އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި، މާފަންނު ދެކުނު ދާއިރާގެ ވޯޓުލާ ލިސްޓުގައި ނުހިމެނޭ ބަޔަކަށް ޒުވާނުންގެ ވޯޓު ކަރުދާސް ދޫކުރެވުނު މައްސަލައެއްގައި އެ ދާއިރާގެ ވޯޓު ފޮށި ވަނީ ބަންދުކޮށްފައި. މި މައްސަލައާ ގުޅިގެން ކުރީގެ ފޮށި ބަންދުކުރުމަށްފަހު އައު ފޮށްޓެއްގައި ވޯޓުލާން ވަނީ ފަށާފައި.

އެމްޑީޕީ އިންތިހާބުގައި ވޯޓުލުން 09:00 ޖަހަންދެން އިތުރުކޮށްފި

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ފެށުން ލަސްވުމާ ގުޅިގެން، ވޯޓުލުމުގެ ވަގުތު މިރޭ 09:00 އާ ހަމައަށް ވަނީ އިތުރުކޮށްފައި. ޖުމްލަ 1،102 މަގާމަކަށް މެންބަރުން އިންތިޚާބުކުރާ މި އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 30 ގައި.

ނުރައްކާތެރި "ރަތްމަޑި" އައްޑޫން ފެނިގެން ރުއް ބޭރުކުރުން މަނާ

ރުކުގެ އާއިލާގެ ގަސްތަކަށް ނުރައްކާތެރި ގެއްލުންދޭ "ރަތްމަޑި" އައްޑޫ ސިޓީން ފެނުމާ ގުޅިގެން، އެ ސިޓީން އެހެން ރަށްރަށަށް ރުއް ބޭރުކުރުން އެގްރިކަލްޗާ މިނިސްޓްރީން ވަނީ މަނާކޮށްފައި. މި މަޑި ފެތުރުން ހުއްޓުވުމަށްޓަކައި އިންސެކްޓިސައިޑް ޖެހުމާއި ރުއްތައް ބަލައި ފާސްކުރުމުގެ ޚާއްޞަ މަސައްކަތްތަކެއް އެ މިނިސްޓްރީން މިހާރު ވަނީ ފަށާފައި.

އެމްޑީޕީ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ފަށައިފި

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ 1،102 މަގާމަކަށް މެންބަރުން ހޮވުމަށް ބާއްވާ ވޯޓުލުން މިއަދު މެންދުރުފަހު ވަނީ ފަށާފަައި. މި އިންތިޚާބުގައި ޖުމްލަ 1،612 ކެންޑިޑޭޓުން ވާދަކުރާއިރު، މީގެ ތެރޭގައި އެންމެ ބާރުގަދަ ގުނަން ކަމަށްވާ ގައުމީ މަޖިލީހުގެ 359 ގޮނޑި ހިމެނޭ. އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 30 ގައި.

މަރުގެ އަދަބުން ސަލާމަތްވި ދިވެއްސަކު ނޭޕާލުން ހައްޔަރުކޮށްފި

ލަންކާގައި އިއްވި މަރުގެ ހުކުމުން ދާދިފަހުން ސަލާމަތްވި ދިވެއްސަކު، ގިނަ އަދަދެއްގެ ފައިސާތަކަކާއެކު ނޭޕާލުން ހައްޔަރުކުރި. ނޭޕާލް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކުރީ ކަތަމަންޑޫގެ ހޮޓަލެއްގައި ހުއްޓާ، އެކި ގައުމުތަކުގެ ފައިސާ ފެނުމާ ގުޅިގެން.

Newsletter

Get the latest news delivered straight to your inbox