ގޯލްޑަން ފުޓްސަލް ޗެލެންޖް: ވަށަފަރުން ނައިވާދޫ ބަލިކުރިއިރު، ދިއްދޫ އަށް ބޮޑު މޮޅެއް

Feb 5, 2025, 5:18 AM
ވަށަފަރު ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް،އެމްވީ

ވަށަފަރު ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް،އެމްވީ

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ޒޯން އެކެއްގެ ފުރަތަމަ މެޗުތައް ރޭ ކުޅުނުއިރު، ހއ.ގެ ޗެމްޕިއަން، ވަށަފަރުން ހދ.ގެ އެންމެ ކާމިޔާބު ޓީމު ނައިވާދޫ 1-0 އިން ބަލިކުރިއިރު، ހއ. ދިއްދޫން 5-1 އިން ހދ. ނޭކުރެންދޫގެ މައްޗަށް ކުރިހޯދައިފި އެވެ.

ވަށަފަރާއި ނައިވާދޫގެ ކުރިމަތިލުން ފޯރިގަދަކޮށް ދިޔައިރު، މި މެޗުގައި ދެ ޓީމުން ވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތައް ހޯދި އެވެ.

އެކަމަކު، މެޗުގައި ގޯލު ޖެހުމުގައި ކާމިޔާބު ހޯދީ ހަ އަހަރު ފަހުން ހއ.ގެ ޗެމްޕިއަންކަން، ހޯދި ވަށަފަރުންނެވެ. މި މެޗުގައި ވަށަފަރުން ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ، އިބްރާހިމް އަތީގް ހަސަން (އިއްބެ) އެވެ.

އެންމެ ފަހުން، މި ޒޯނުގެ ޗެމްޕިއަންކަން ހޯދީ އުތީމެވެ. އެއީ، ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ނައިވާދޫ ބަލިކޮށްގެންނެވެ.

ރޭ މި ޒޯނުގައި ކުޅުނު އަނެއް މެޗުން، ދިއްދޫން ވަނީ ނޭކުރެންދޫއާ ދެކޮޅަށް ކުޅުނު މެޗުގައި ތަފާތު ދައްކައިފަ އެވެ. މިދިޔަ އަހަރު ހއ. ގެ ޗެމްޕިއަންކަން ހޯދި ދިއްދޫ އަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ، އަލީ ޝާމް ދެ ގޯލުގެ އިތުރުން، ފާއިގު އަހުމަދު، މުހައްމަދު ޝަނާއު ނަސީރު އަދި ނޭކުރެންދޫގެ މުހައްމަދު ރާއިފް ފަޒީލް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

މި މެޗުގައި، ނޭކުރެންދޫގެ ހަމައެކަނި ލަނޑު ޖެހީ، މުހައްމަދު ވިލްފް އެވެ. މި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ހިނގައިދިޔަ ހަމަނުޖެހުމެއްގައި، ނޭކުރެންދޫގެ ރާއިފް އާއި މުހައްމަދު އަބާން އަށް ރަތް ކާޑެއް ދެއްކިއިރު، ދިއްދޫގެ ޒުނާމް މުހައްމަދު ޒުހެއިރު އަށް ވެސް ރަތް ކާޑެއް ދެއްކި އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިރޭ ކުޅޭ މެޗުތައް

20:00: ޒޯން 4: އއ. މަތިވެރި - ވ. ކެޔޮދޫ

20:00: ޒޯން 4: އއ. ތޮއްޑޫ - އދ. މަހިބަދޫ

21:00: ޒޯން 2: ށ. މިލަންދޫ - ށ. ކަނޑިތީމު

21:00: ޒޯން 2: ރ. ދުވާފަރު - ނ. މިލަދޫ

22:00: ޒޯން 7: ގއ، ދެއްވަދޫ - ގދ. ވާދޫ

22:00: ޒޯން 7: ގއ. ވިލިނގިލި - ދަޑިމަގު

23:00: ޒޯން 7: ސ. ހިތަދޫ - ސ. ފޭދޫ

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox