އާސެނަލަށް ޓްރާންސްފާ މާކެޓް ދިޔަގޮތް އާޓެޓާ އަށް ކަމަކު ނުދޭ

Feb 5, 2025, 5:05 AM
އާސެނަލަށް ޓްރާންސްފާ މާކެޓް ދިޔަގޮތް އާޓެޓާ އަށް ކަމަކު ނުދޭ

ލަންޑަން (ފެބްރުއަރީ 5) - ޖެނުއަރީ ޓްރާންސްފާ މާކެޓްގައި އާސެނަލް އަށް ކަންތައްތައް ދިޔަ ގޮތް ކަމަކުނުދާ ކަމަށް އެ ޓީމުގެ ކޯޗު، މިކޭލް އާޓެޓާ ބުނެފި އެވެ.

އާޓެޓާ މި ގޮތަށް ބުނެފައިވަނީ، އެ ޓީމަށް އަނިޔާގެ މައްސަލަތައް ކުރިމަތިވި ނަމަވެސް، އެ މަގާމުތަކަށް ޖެނުއަރީގެ ޓްރާންސްފާ މާކެޓްގެ ތެރޭގައި ކުޅުންތެރިން ހޯދިފައިނުވާތީ އެވެ.

އެ ގޮތުން، އާސެނަލްގެ ދެ އެޓޭކަަރުން ކަމަށްވާ ގަބްރިއެލް ޖީސޫސް އާއި ބުކާޔޯ ސަކާ މި ވަގުތު ހުރީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގަ އެވެ. މި ފަަހަރުގެ ޓްރާންސްފާގައި އާސެނަލުން ފޯވާޑެއް ގެންނާނެ ކަމަށް މީޑިއާގައި އަޑުފެތުރުނުއިރު، އެ ޓީމުން އެސްޓަން ވިލާގެ ފޯވާޑް، އޮލީ ވަޓްކިންސް ގެންނަން ރަސްމީކޮށް ކުރި މަސައްކަތް ވެސް ދިޔައީ ކާމިޔާބުނުވެ އެވެ.

"ވަރަށް ރަނގަޅު ވިސްނުންތަކެއް ހުރި އަހަރެމެންގެ އެހެން ޓްރާންސްފާ މާކެޓްތަކެކޭ އެއްގޮތަށް ކޮން ކަމެއްތޯ ކުރަންވީ ޓީމު ވަރުގަދަކުރަން. ކުޅުންތެރިންތަކެއް އަނިޔާގައި ހުރިއިރު، އަހަރަމެެން ކުރަން ޖެހޭ ކަންކަން އެނގިފައި އޮތީ (ޓްރާންސްފާ ވިންޑޯގައި). އެކަމަކު، ކަންކަން ދިޔައީ އަހަރެމެން ހިތްހަމަޖެހޭނެ ގޮތަކަށް ނޫން،" ލީގު ކަޕް ސެމީ ފައިނަލް ދެ ވަނަ ލެގުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުމުގެ ކުރިން، އާޓެޓާ ބުންޏެވެ.

އޭނާ ބުނީ، ކްލަބްގައި ހުރި މެނޭޖްމަންޓާ ގުޅޭ ހަރަދުކުރުމުގެ ކަންކަމަކީ އޭނާއާ ސީދާ ގޮތުން ގުޅޭ ނިންމުންތަކެއް ނޫން ކަމަށެވެ. އަދި ކްލަބް ރަނގަޅަށް ހިންގުމަށް ބޭނުންވާ ކަންކަމަށް ބަލައި، ނިންމާ ނިންމުންތަކަށް އަބަދުވެސް އިހުތިރާމް ކުރާނެ ކަމަށް އާޓެޓާ ވަނީ ބުނެފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން، އާސެނަލުން މި ސީޒަނަށް ހަރަދުކުރަން ކަނޑައެޅި ޓްރާންސްފާ ބަޖެޓްގެ ބޮޑުބައެއް އެ ޓީމުން ވަނީ ސީޒަން ފެށުމުގެ ކުރިން ބޭނުންކޮށްފަ އެވެ. އެހެންވެ، މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ބޭނުންކުރަން އެކަށީގެންވާ ބަޖެޓެއް ނުލިބުނީ އެވެ.

މިހާރު ކަންތައްތައް ދިމާވެފައި އޮތްގޮތުން، ސީޒަނުގެ ބާކީ ބައިގައި ވިސްނުންތެރިކަމާ އެކު، ތިބި ކުޅުންތެރިން ލައިގެން ވީ އެންމެ ރަނގަޅަށް މަސައްކަތްކުރަން އާޓެޓާ ވަނީ އަމާޒުހިފައިފަ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox