ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ޒޯން ފަހެއްގައި ފ. އަތޮޅު ޗެމްޕިއަން ދަރަނބޫދޫ އިން ކުޅުނު ފުރަތަމަ މެޗުން ފަސޭހަ މޮޅެއް ހޯދިއިރު, ދ. އަތޮޅު ޗެމްޕިއަން ކުޑަހުވަދޫ މ. އަތޮޅު ރަނަރަޕް މުލަކުން އެއްވަރުކޮށްފި އެވެ.
ޒޯނު ފަހެއްގެ ފުރަތަމަ މެޗުގައި ކުޑަހުވަދޫ އިން މުލަކާ ދެކޮޅަށް ނުކުތްއިރު، މި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާ އަކުންނެވެ.
މި މެޗުގެ ހަ ވަނަ މިނިޓުގައި ކުޑަހުވަދޫގެ ކެޕްޓަން ޖުމައިލް ޖަމީލް (ޖުމްބެ) ގޯލު ޖަހާ އެ ޓީމަށް ލީޑު ނަގައިދިނެވެ. އެކަމަކު، މެޗުގެ 19 ވަނަަ މިނެޓުގައި މުލަކުގެ މުހައްމަދު ހުސެއިން ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކުރި އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ކުޑަހުވަދޫގެ ހާރޫން އިބްރާހީމް ވަނީ ގޯލު ޖަހާ އެ ޓީމަށް އަލުން ލީޑު ނަގާދީފަ އެވެ. އެކަމަކު މެޗުގެ ފަހު މިނިޓުގައި މުލަކުގެ އަހުމަދު އިބްރާހީމް ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
މީގެ އިތުރުން، މި ޒޯނުގައި ފ. އަތޮޅު ޗެމްޕިއަން ދަރަނބޫދޫ އިން ނުކުތީ މ. އަތޮޅު ޗެމްޕިއަން، ދިއްގަރާ ދެކޮޅަށެވެ. މި މެޗު ދަރަނބޫދޫ އިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާ އަކުންނެވެ.
މި މެޗުގެ ފަސް ވަނަ މިނިޓުގައި ދަރަނބޫދޫ އަށް ލީޑު ނަގާދިނީ ކެޕްޓަން މުޒްދާން ހަސަން ޖެހި ގޯލުންނެވެ. އަދި މެޗުގެ 13 ވަނަ މިނެޓުގައި މުޒްދާން ވަނީ އިތުރު ގޯލެއް ޖަހައި އެ ޓީމުގެ ލީޑު ފުޅާކޮށްދީފަ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ދަރަނބޫދޫ އިން ވަނީ އެ ޓީމުގެ ތިން ވަނަ ގޯލު ވެސް ޖަހައިފަ އެވެ. މި ގޯލު އެ ޓީމަށް ޖަހާދިނީ މުއައްލިމް އުމަރު އެވެ.
މި މެޗުގައި ދިއްގަރުން ޖެހި ހަމައެކަނި ގޯލު މެޗުގެ 35 ވަނަ މިނެޓުގައި އެ ޓީމަށް ޖަހާދިނީ މުހައްމަދު އަލީ އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް (3 ފެބްރުއަރީ):
ގދ. ގައްދޫ - ސ. ހިތަދޫ: ޒޯން ހަތެއް (20:00)
ތ. ހިރިލަންދޫ - ލ. އިސްދޫ: ޒޯން ހައެއް (21:00)
ލ. ގަން - ތ. ތިމަރަފުށި: ޒޯން ހައެއް (21:00)
ގއ. ދެއްވަދޫ - ޏ. ދަނޑިމަގު: ޒޯން ހަތެއް (22:00)
ގދ. ވާދޫ - ގދ. ވިލިނގިލި: ޒޯން ހަތެއް (22:00)
އދ. މަހިބަދޫ - ވ. ކެޔޮދޫ: ޒޯން ހަތަރެއް (23:00)
އދ. މަންދޫ - އއ. މަތިވެރި: ޒޯން ހަތަރެއް (23:00)












