ރައީސްގެ ދަތުރުން ހޯރަފުށްޓަށް ލިބިގެން ދިޔައީ މާޔޫސްކަން: ކައުންސިލް

ރައީސް ޑރ. މުހައްމަދު މުއިއްޒު ހޯރަފުށީ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ހޯރަފުށީ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ހއ. އަތޮޅަށް ކުރެއްވި ދަތުރުގައި އެ އަތޮޅުގެ ބައެއް ރަށްތަކަށް އުފާވެރިކަމާއި އުންމީދު އާވެގެން ދިޔަ ނަމަވެސް ހޯރަފުށީގެ ރައްޔިތުންނަށް ލިބިގެން ދިޔައީ މާޔޫސްކަން ކަމަށް އެ ރަށުގެ ކައުންސިލުން ބުނެފި އެވެ.

ހޯރަފުށީ ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ އެރަށުގެ ރައްޔިތުން އެންމެ އެދޭ ހިދުމަތްތަކާއި، އެންމެ ބޭނުންވާ ކަންކަން ފެށިގެން ދާނެކަމުގެ އުންމީދުގައި ތިބި ނަމަވެސް ރައީސް އެރަށް ވަޑައިގެން ދެއްކެވި ވާހަކައިގައި އެކަންކަން ފުރިހަމަ ގޮތެއްގައި ފާހަގަ ކުރައްވާފައި ނުވުމުން، ތަރައްގީގެ ރޭހުގައި ހއ. އަތޮޅުގެ ވާދަވެރި ރަށްތަކަށް އުފާވެރިކަމާއި އުންމީދު އާވެގެން ދިޔަ ނަމަވެސް ހޯރަފުށީގެ ރައްޔިތުންނަށް ލިބިގެން ދިޔައީ މާޔޫސް ކަމެއް ކަމެވެ.

"ހޯރަފުށީ ކައުންސިލާއި އިދާރާތަކުން އަދި ރައްޔިތުން ހުށަހަޅާފައިވާ އެންމެ އެދޭ، އެންމެ ބޭނުންވާ ކަންކަމަށް ބައްދަލަވައި އެކަންކަން ފައްޓަވައިދެއްވުމަށް އިއްޒަތްތެރި ރައީސަށް އަދަބުވެރިކަމާއެކު ދަންނަވަމެވެ،" ބަޔާނުގައިވެ އެވެ.

ޖެނުއަރީ 29، 2025 ގައި ރައީސް މުއިއްޒު ހޯރަފުށްޓަށް ކުރެއްވި ދަތުރުގައި، ކައުންސިލާއި މުއައްސަސާތަކުން ހުށަހެޅި ކަންކަން ހިއްސާ ކުރުމަށް ރައްޔިތުން ތަކުރާރުކޮށް އެދޭ ކަމަށް ބުނެ، އެ ކަންކަން ކަންކަން ބަޔާނުގައިވެ އެވެ.

ކައުންސިލްގެ ބަޔާނުގައި 25 ކަމެއް ކޮށް ދިނުމަށް ހުށަހަޅާފައިވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ހޯރަފުށީ ރައްޔިތުންނާ ބައްދަލު ކުރަން ބޭއްވި ޖަލްސާގައި. -- ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު ހޯރަފުށީ ރައްޔިތުންނާ ބައްދަލު ކުރަން ބޭއްވި ޖަލްސާގައި. -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ހޯރަފުށީ ރައްޔިތުންނާ ބައްދަލު ކުރަން ބޭއްވި ޖަލްސާގައި. -- ފޮޓޯ: ރައީސް އޮފީސް

ހޯރަފުށީ ރައްޔިތުން އެންމެ އެދޭ އަދި އެންމެ ބޭނުންވާ ހިދުމަތްތަކާއި ކަންތައްތައް:

  1. އަމަލީ މަސައްކަތް ފެށިފައިވާ ހޯރަފުށީ ހޮސްޕިޓަލްގެ މަސައްކަތް މިހާރަށް ވުރެ އަވަސްކޮށް ހިދުމަތް ވީ އެންމެ އަވަހަކަށް ފެށުން
  2. ހޯރަފުށީގައި ޒަމާނީ ކުނި ކޮށްޓެއް، ޒަމާނީ ވަސީލަތްތަކާއެކު ގާއިމު ކުރުމަކީ ރައީސްގެ ފައުދެއް ކަމުގައި ވީހިނދު ޒަމާނީ ވަސީލަތްތަކާއެކު ޒަމާނީ ކުނިކޮށްޓެއް ގާއިމު ކުރުމާއި، ކުނިކޮށީގެ ބިން އިތުރުކުރުން. އަދި ވެމްކޯގެ އެހީތެރިކަމާއެކު މި އަހަރު ކުނި މެނޭޖުކުރުމަށް ފެށުން
  3. ހައުސިން ޔުނިޓުތައް ގާއިމުކުރުން.
  4. ބިން ހިއްކުން.
  5. ހޯރަފުށީގައި އެމްއެންޑީއެފްގެ އިމާރާތެއް ގާއިމުކުރުން.
  6. ތާރީހީ ގޮތުން ހޯރަފުށީގެ ރައްޔިތުން އެންމެ ފުރަތަމަ ދިރިއުޅުނު ރަށަކީ ހއ. ހުވަހަންދޫ ކަމަށް ވީހިނދު އަދި ހޯރަފުށްޓާއި އެއްފަޅެއްގައި ހުވަހަންދޫ ހިމެނިފައި ވީހިނދު ސިނާއީ މަސައްކަތްތަކާއި އެނޫންވެސް ބޭނުންތަކަށް ނުހަނު މުހިއްމު ވާހިނދު ހއ. ހުވަންދޫ ހޯރަފުށީގެ އިހުތިސާސްގެ ރަށެއްގެ ގޮތުގައި ކަނޑައަޅައި ދިނުން.
  7. ރަށުގެ ބަނދަރު ޒަމާނާ އެކަށީގެންވާ ގޮތަށް ބޮޑުކޮށް ދިނުން.
  8. ހޯރަފުށީ އެއާޕޯޓު އިންޓަނޭޝަނަލް ކުރުން.
  9. ހިނަވާގެއެއް ނެތުމުގެ ދަތިކަމަށް ހައްލެއް ހޯދުން އަދި ފުރިހަމަ އިސްލާމިކް ސެންޓަރެއް ބިނާކުރުން
  10. އިންޑޯ ގޭމްތައް ކުޅެވޭ ކޮމިއުނިޓީ ކޮމްޕްލެކްސްއެއް ގާއިމުކޮށް ދިނުން
  11. އައިޑީ ކާޑް ޕްރިންޓުކޮށް ޕާސްޕޯޓުގެ ހިދުމަތް ފެށުން
  12. ހއ ވެލިފިނޮޅު އަލުން ހޯރަފުށީގެ އިހުތިސޯސްގެ ތެރޭގައި ހިމެނުން.
  13. ގެސްޓުހައުސް ޒޯނަށް ދާއިމީ ފެނާއި ނަރުދަމާ އަދި ކަރަންޓު ލައިދިނުމަށް އަވަސްކޮށް ދިނުން.
  14. ބޮޓްލިން ޕްލާންޓު ވީހާ ވެސް އަވަހަކަށް ހިދުމަތަށް ގެނެސްދިނުން
  15. އައިސްޕްލާންޓުގެ ހިދުމަތް ވީހާވެސް އަވަހަކަށް އަލުން ފެށުން
  16. އަމަލީ މަސައްކަތް ފެށިފައިވާ ފެނަކަ އޮފީސް އާ އިމާރާތް ވީހާ ވެސް އަވަހަކަށް ނިންމުން
  17. ކަނބަލުންނަށް ހާއްސަކޮށް ހޭންޑް ބޯލް ކޯޓަކާއި އައުޓު ޑޯ ޖިމެއް ގާއިމުކޮށް ދިނުން

ހޯރަފުށީގެ މުވައްސަސާތަކުން އެންމެ ބޮޑަށް ބޭނުންވާ ކަންތައްތައް:

  1. އެތެރެހަށީގެ ޑޮކްޓަރެއް ހަމަޖައްސައި ހަމަޖެއްސުން
  2. ހއ. އަތޮޅު މަދަރުސާ އަށް އާ އޮފީސް އިމާރާތެއް ގާއިމުކޮށް ދިނުން.
  3. ސްކޫލު ވަށާފާރު އުސްކުރުން
  4. ކަރަންޓުގެ މައްސަލަ ހައްލުކުރަން އެއް މެގަވޯޓުގެ އިންޖީނެއް ހޯދުން
  5. 50 ޓަނުގެ ދެ ފެން ޕްލާންޓު ބެހެއްޓުން
  6. ހޯރަފުށީ ކޯޓުގެ އާ އިމާރާތުގެ ފަރުނީޗަރު ހަމަޖެހިގެން ދިޔުން.
  7. މެޖިސްޓްރޭޓަރަކުން ހަމަޖެއްދުން.
  8. މެޖިސްޓްރޭޓު ކޯޓުގެ ވަށާފާރުގެ ބަޖެޓު ހަމަޖެއްސުން

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox