ވަށަފަރުން ހަ އަހަރަށް ފަހު ހއ. ގެ ތަށި އުފުލާލައިފި

Feb 1, 2025, 10:19 PM
ވަށަފަރުން ތަށްޓާ އެކު އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް،އެމްވީ

ވަށަފަރުން ތަށްޓާ އެކު އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް،އެމްވީ

އެންމެ ފަހުގެ ޗެމްޕިއަން، ދިއްދޫ އަތުން ޕެނަލްޓީ ޖަހައިގެން، 7-6 އިން މޮޅުވެ، ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ހއ. ތަށި، ވަށަފަރުން ހަ އަހަރަށް ފަހު އުފުލާލައިފި އެވެ.

މިއީ ވަށަފަރުން އަތޮޅު ޗެމްޕިއަންކަން ހޯދި ހަތަރު ވަނަ ފަހަރެވެ. އެ ޓީމުން ވަނީ މީގެ ކުރިން، 2016، 2017 އަދި 2018 ވަނަ އަހަރު މި މުބާރާތުގެ އަތޮޅު ޗެމްޕިއަންކަން ހޯދައިފަ އެވެ.

މި ފަހަރުގެ މުބާރާތުގެ ފައިނަލުގައި ކުޅެގެން ވަށަފަރުން މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ވަނީ 2-2 އިން ދިއްދޫއާ އެއްވަރުވެފަ އެވެ. މި މެޗުގެ ފުރިހަމަ ވަގުތުގެ ތެރޭގައި ވަށަފަރުގެ ދެ ގޯލު ޖެހީ އަބްދުﷲ ޝިނާން އާއި އަހުމަދު މަހުތޫމް މުސްތަފާ އެވެ. އަދި ދިއްދޫގެ ލަނޑުތައް ޖެހީ، ހައިޝަމް ރަޝީދު (ހައި) އާއި މުހައްމަދު ޝަނާއު ނަސީރު އެވެ.

ޕެނަލްޓީ ޖަހަން ޖެހުނުއިރު، ވަށަފަރުން ވަނީ ފަސް ޕެނަލްޓީއެއް ކާމިޔާބުކޮށްފަ އެެވެ. އެ ޓީމުން ޕެނަލްޓީ ކާމިޔާބުކުރީ ސިނާން، މަހާސިން މުހައްމަދު، މަހުތޫމް، ޝާމް އަބްދުލް ރަހުމާން އަދި އަލީ ޔަޒްދާން ރަޝީދު އެވެ. ޕެނަލްޓީގައި، ވަށަފަރުގެ ކީޕަރު މަހާސިން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާ އެެވެ. އެކަމަކު، ދިއްދޫން ވެސް ވަނީ ހަތަރު ޕެނަލްޓީއެއް ވައްދާލައިފަ އެވެ. އެ ޓީމުން ޕެނަލްޓީ ކާމިޔާބުކުރީ ޝަނާއު، އަހުޒަމް ރަޝީދު (އަހު)، ޒުނާމް މުހައްމަދު ޒުހެއިރު އަދި އަލީ އައިހަމް ރަޝީދު އެވެ.

އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ވަށަފަރުގެ އިބްރާހިމް އަތީގް ހަސަން (އިއްބެ) ހޮވުނުއިރު، އެންމެ މޮޅު ކުޅުންތެރިއަކީ ވަށަފަރުގެ ކެޕްޓަން، އިބްރާހިމް ސަނޫން (ޗަންނަ) އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox