ޒޯން ބުރުގެ ކޮންމެ މެޗެއް ފޭދޫން ނަގާނީ ފައިނަލެއްގެ ގޮތުގައި

Jan 31, 2025, 1:41 PM
ޒޯން ބުރުގެ ކޮންމެ މެޗެއް ފޭދޫން ނަގާނީ ފައިނަލެއްގެ ގޮތުގައި

މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯން ހަތެއްގައި ވާދަކުރަން ސ. ފޭދޫން ތައްޔާރުވާއިރު، ކޮންމެ މެޗެއް ވެސް ނަގާނީ ފައިނަލެއްގެ ގޮތުގައި ކަމަށް އެ ޓީމުގެ ކެޕްޓަން، ހުސެއިން ގައްސާން ލަބީބް (ހުސީ) ބުނެފި އެވެ.

މިދިޔަ އަހަރުގެ ފައިނަލުގައި، ހިތަދޫ އާއި ފޭދޫ ކުޅުނު މެޗު ފުރިހަމަ ވަގުތު ހަމަވިއިރު، އޮތީ 3-3 އިން އެއްވަރުވެފަ އެވެ. ޕެނަލްޓީ ޖަހައިގެން، ހިތަދޫ މޮޅުވީ، 7-6 އިންނެވެ. މި ފަހަރުގެ ފައިނަލުގައި، ފުރިހަމަ ވަގުތު ހަމަވިއިރު، ހިތަދޫ އާއި ފޭދޫ އޮތީ 2-2 އިން އެއްވަރުވެފަ އެވެ. ޕެނަލްޓީގައި، ފޭދޫ މޮޅުވީ 7-6 އިންނެވެ.

"ހަމަ އެންމެ އުނދަގޫ މެޗޭ ބުނެވޭނީ ހިތަދޫ އަނެއްހެން ރާއްޖެ އަށް ބަލައިފިއްޔާ ވެސް ހަމަ. އެންމެ ވަރުގަދަ އެއް ޓީމު ހަމަ، އެހެންވީމަ، މި މޮޅަކީ ހަމަ ވަރަށް ބޮޑު މޮޅެއް ހަމަ މިކޮޅަށް ލިބުނު،" މި ފަހަރުގެ ފައިނަލް މެޗަށް ފަހު، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުގައި، އައްޑު އަތޮޅު ބުރުގެ މި ފަަހަރުގެ މޮޅު ކުޅުންތެރިޔާ ހުސީ ބުންޏެވެ.

ޒޯން ހަތެއް ދެ ގްރޫޕަކަށް ބެހޭއިރު، ގްރޫޕް އެކެެއްގައި އޮތީ، ގއ. ޗެމްޕިއަން، ދެއްވަދޫ، ގއ. ރަނަރަޕް، ވިލިނގިލި، ގދ. ޗެމްޕިއަން، ވާދޫގެ އިތުރުން، ޏ. ފުވައްމުލަކު ދަނޑިމަގު ޓީމެވެ. ޒޯން ހަތެއްގެ ގްރޫޕް ދޭއްގައި އޮތީ، އައްޑޫގެ ޗެމްޕިއަން، ފޭދޫ އާއި ރަނަރަޕް، ހިތަދޫގެ އިތުރުން، ގދ.ގެ ރަނަރަޕް ގައްދޫ އެވެ. މި ދެ ގްރޫޕުން އެއް ވަނަ އާއި ދެ ވަނަ ޓީމުގެ މެދުގައި، ސެމީ ފައިނަލެއް ކުޅެ ފައިނަލަށް ދާ ދެ ޓީމަކަށް މުބާރާތުގެ ގަދަ 16 އިން ޖާގަ ލިބޭނެ އެވެ.

"ޒޯން ހަމަ ހުރިހާ މެޗަކީ ވެސް ފައިނަލެއްގެ ގޮތުގައި އިންނާނީ. އެއީ އީޒީ އެއްވެސް މެޗެއް ނީންނާނެ ޒޯނުގައި ހުރިހާ މެޗެއް ވެސް ހާޑްވާނެ. އެ އަށް ވިސްނައިގެން މި ޓީމު ޒޯނަށް ރެޑީވާނީ،" ހުސީ ބުންޏެވެ.

މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖަށް ފޭދޫ ޓީމަށް ތައްޔާރުނުވެވުނު އެންމެ ބޮޑު ސަބަބަކީ އެކަށީގެންވާ ވަރުގެ ވަގުތެއް ޕްރެކްޓިސްތައް ކުރަން ނުލިބުންކަން ހުސީ ވަނީ ފާހަގަކޮށްފަ އެވެ.

"އަސްލު ތައްޔާރުވާން ބޭނުންވާ ވަރަށް ތައްޔާރުވާން ވަގުތެއް ނުލިބުނު. ވާގޮތަކީ، މިދިޔަ ގޯލްޑް ކަޕް ނިންމާފައި ލިބުނީ މަދު ދުވަސްކޮޅެއް ޕްރެކްޓިސް ކޮށްލަން ޓީމާ އެކީ، ޕްރެކްޓިސްކޮށްލަން ލިބުނީ ވަރަށް ދުވަސް މަދުކޮށް، ދެން، އިންޖަރީތައް ވެސް ހުރީމަ، އެކަމު މިހާރު ފެންނަނީ ޓީމު ވަރަށް ފިޓްކޮށް، އެންމެން ގުޅިގެން ކުޅޭތަން،" ހުސީ ބުންޏެވެ.

އޭނާ ބުނީ، މި ހުރިހާ ކަމަކަށް ބަލައި، ފޭދޫ ޓީމުން ޒޯނަށް އަތޮޅު ބުރަށް ވުރެ ވެސް ރަނގަޅުވާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox