ގާފަރު ބަލިކުރަން ކާށިދޫން ބޭނުންކުރީ މުޅި ޓީމުގެ އިތުބާރު

Jan 29, 2025, 11:01 AM
ކާށިދޫ ޓީމުގެ ކޯޗު ޗުމްޕު: މިހާތަނަށް ބަލާއިރު އެ ޓީމުގައި ރަނގަޅު މަސައްކަތެއް އަންނަނީ ކުރަމުން.--- ފޮޓޯ: އިމޭޖަސް.އެމްވީ

ކާށިދޫ ޓީމުގެ ކޯޗު ޗުމްޕު: މިހާތަނަށް ބަލާއިރު އެ ޓީމުގައި ރަނގަޅު މަސައްކަތެއް އަންނަނީ ކުރަމުން.--- ފޮޓޯ: އިމޭޖަސް.އެމްވީ

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ކ. އަތޮޅު ސެމީ ފައިނަލުގައި ރޭ ގާފަރު އަތުން މޮޅެއް ހޯދަން ކާށިދޫން ބޭނުންކުރީ މުޅި ޓީމުގެ މެދުގައި އޮތް އިތުބާރާއި ޔަގީންކަން ކަމަށް އެ ޓީމުގެ ކޯޗު އަލީ ހައިޝަމް (ޗުމްޕު) ބުނެފި އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މިދިޔަ އަހަރުގެ ކ. އަތޮޅު ފައިނަލުގައި ކާށިދޫ ވަނީ 5-1 އިން ގާފަރު އަތުން ބަލިވެފަ އެވެ.

ކ. އަތޮޅުގެ އެންމެ ކާމިޔާބު ޓީމު، ގާފަރާ ދެކޮޅަށް މި ފަހަރުގެ މުބާރާތުގެ ސެމީ ފައިނަލުގައި ކުޅެ، ކާށިދޫން މޮޅުވީ ފަހަތުން އަރައި 2-1 އިންނެވެ. މިއީ، ކާށިދޫން ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ގާފަރުގެ މައްޗަށް ހޯދި ފުރަތަމަ މޮޅެވެ.

"އަތޮޅުގައި އެންމެ ވަރުގަދަ ޓީމު އެއީ ގާފަރު ކަންނޭނގެ. ދެން، ޕްރެކްޓިސްތަކުން ފެށިގެން ވެސް މި މެޗުގައި ވެސް ކުޅުންތެރިން ކުރި މަސައްކަތް ކަންނޭނގެ، މިއަދުގެ ރިޒަލްޓަކީ، އަސްލު ވަރަށް މޮޅު ޓީމެއް ބަލިކުރަން މިހާވަރަށް މަސައްކަތް ކޮށްގެން ބަލިކުރެވޭނީ،" ޗުމްޕު ބުންޏެވެ.

މީގެ ކުރިން، ހއ. އުތީމުގެ ކޯޗުކަމާ ހަވާލުވެ އެ ޓީމާ އެކު ވެސް ރަނގަޅު މަސައްކަތްތަކެއް ކުރި ޗުމްޕު ބުނީ، ގާފަރުން ފުރަތަމަ ގޯލެއް ޖެހި ކަމުގައި ވިޔަސް ކާށިދޫ ކުޅުންތެރިން ޕްރެކްޓިހާއި މެޗުތަކުގައި ކުރަމުން އަންނަ މަސައްކަތަށް ބަލާއިރު، ގާފަރު ކައިިރިން ނަތީޖާ އެއް ނެރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.

"އަސްލު ކުޅުންތެރިންނާ މެދު ވަރަށް އުންމީދު އޮތް ފުރަތަމަ ވެސް، ވާހަކަ އަކީ، ފުރަތަމަ އެއްޗެއް ވަނުމެއް ނޫން، މި މެޗު ނެގޭނެ ކަމާ ދޭތެރޭ ކުޅުންތެރިންނާ ދޭތެރޭ ވަރަށް ކޮންފިޑެންސް އޮވެގެން މި މެޗަށް އައީ،" ޗުމްޕު ބުންޏެވެ.

ކ. އަތޮޅު ފައިނަލުގައި ކުޅޭނީ ކާށިދޫ އާއި މާފުށްޓެވެ. ދެ ޓީމު ވެސް ފައިނަަލަށް ދަތުުރުކުރީ މެޗަކުން ބަލިނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox