ރަށްރަށަށް ކުރައްވާ ދަތުރުތަކަށް ހަރަދުވަނީ ބޭކާރު ފައިސާއެއް ނޫން ކަމަށް ރައީސް ވިދާޅުވެއްޖެ

ރަސްމީ ދަތުރުގައި މާރަންދޫއަށް ވަޑައިގެން ރައީސް ވާހަކަދައްކަވަނީ : ރައީސް ވިދާޅުވީ ރަށްރަށަށް ވަޑައިގެން ކުރައްވަނީ ސީރިއަސް މަސައްކަތެއް ކަމަށް --- ފޮޓޯ: ރައީސް އޮފީސް

ރަސްމީ ދަތުރުގައި މާރަންދޫއަށް ވަޑައިގެން ރައީސް ވާހަކަދައްކަވަނީ : ރައީސް ވިދާޅުވީ ރަށްރަށަށް ވަޑައިގެން ކުރައްވަނީ ސީރިއަސް މަސައްކަތެއް ކަމަށް --- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ މާލީ ހާލަތު ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރަށްރަށަށް ދަތުރު ކުރައްވާތީ އަމާޒުވާ ފާޑުކިޔުމަށް އެމަނިކުފާނު މިއަދު ރައްދު ދެއްވައިފި އެވެ.

ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން އެ އަތޮޅު މާރަންދޫގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ރަށްރަށަށް ވަޑައިގެން ޖަލްސާތައް ބާއްވާ އިދާރާތަކާ ބައްދަލުކުރަނީ ކަންކަން ހައްލުކުރުމުގެ ނިޔަތުގައި ކަމަށެވެ. އެއީ ބޭކާރު ހަރަދެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ކަމާ ގުޅޭ ވަޒީރުންނާ އެކީގަ ރަށްރަށަށް މިދަނީ ސީރިއަސް މަސައްކަތްތަކެއް ކުރަން. މިކަމަށް ވެސް ބައެއް މީހުން އެބަ ފާޑުކިޔާ ބޭކާރު ހަރަދެއް ކުރަނީއޭ. ހަރަދު ބޭކާރުވާނީ ހަގީގަތުގަ ލަސްވެގެން ގޮސް ގެއްލިގެންދާ ދުވަސްތަކުން އެ ލިބޭ ގެއްލުން މާ ބޭކާރު،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރަށްރަށަށް ދަތުރު ކުރާއިރު އިތުރު ބަޔަކާ ނުލައި އެމަނިކުފާނަށް އެކަނި ވެސް ވަޑައިގެންނެވިދާނެ ކަމަށެވެ. އެކަމަކު، ވަޒީރުންނާއި ކަމާ ގުޅޭ އެހެން އޮފިޝަލުން ދަތުރުގައި ބައިވެރި ކުރުވަނީ ސީރިއަސް މަސައްކަތްތަކެއް ހިންގެވުމުގެ ނިޔަތުގައި ކަމަށް ރައީސް ވިދާޅުވި އެވެ.

މާލޭގައި ހުންނަ އޮފީސްތަކުގައި އަރާމުގައި ތިބުމުގެ ބަދަލުގައި އެމަނިކުފާނު ބޭނުންވަނީ ވަޒީރުން ގޮވައިގެން ރަށްރަށަށް ގޮސް، މައްސަލަތައް ސާފުކޮށް، ހައްލުތައް ހޯދައިދެއްވުމަށް ކަމަށް ވެސް ރައީސް މިއަދު ވިދާޅުވި އެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު ވޭތުވެދިޔަ 2024 ވަނަ އަހަރު ސަރުކާރުން ނިންމާލީ ދައުލަތުގެ ބަޖެޓުގައި ދަތުރުތަކަށް ކަނޑައެޅި އަދަދަށްވުރެ އެތައް މިލިއަން ރުފިޔާއެއް އިތުރަށް ހަރަދުކޮށްގެން ކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ފިނޭންސުން ކޮންމެ ހަފުތާއަކު އާންމުރާ ދައުލަތުގެ މާލީ ހިސާބުތައް ދައްކާގޮތުން ޑިސެމްބަރު 26، 2024، ގެ ނިޔަލަށް ދައުލަތުގެ ދަތުރުފަތުރަށް ޖުމްލަ 266.6 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

މިދިޔަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓުގައި ދަތުރުފަތުރަށް ކަނޑައަޅާފައި އޮތީ 228.3 މިލިއަން ރުފިޔާ އެވެ. އެއީ ބޭރު ދަތުރުތަކަށް ކަނޑައެޅި 69 މިލިއަން ރުފިޔާ އާއި ރާއްޖޭގެ އެތެރޭގެ ދަތުރުތަކަށް ކަނޑައެޅި 53 މިލިއަން ރުފިޔާ އަދި ކަނޑުގެ ދަތުރުތަކަށް ކަނޑައެޅި 44 މިލިއަން ރުފިޔާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox