ގޯލްޑަން ފުޓްސަލް ޗެލެންޖް: ގާފަރު ކަޓުވާލައި ކާށިދޫން އަތޮޅު ފައިނަލުގައި މާފުށްޓާ ދެކޮޅަށް

Jan 28, 2025, 8:50 PM
ކާށިދޫ ޓީމުގެ މަޖީދު ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

ކާށިދޫ ޓީމުގެ މަޖީދު ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025ގެ ކ. އަތޮޅު ސެމީ ފައިނަލުގައި، ގާފަރު އަތުން 2-1 އިން މޮޅުވެ، އެ ޓީމު މުބާރާތުން ކަޓުވާލުމަށް ފަހު، ކާށިދޫން ފައިނަލުގައި މާފުށްޓާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ވަނީ ހޯދައިފައި.

މިއީ، ދެ ފަހަރު ގޯލްޑަން ފައިނަލުގައި ކުޅުނު ގާފަރަށް ދަށް ނަތީޖާއެކެވެ. މިދިޔަ އަހަރުގެ ކ. އަތޮޅު ފައިނަލުގައި ގާފަރުން ވަނީ ކާށިދޫ އަތުން 5-1 އިން މޮޅުވެފަ އެވެ. އަދި މިދިޔަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެެލެންޖުގެ ސެމީ ފައިނަލަށް ދަތުރުކުރި ގާފަރު މި ފަހަރުގެ އަތޮޅު ސެމީން ކެޓިއިރު، މިއީ، އެ ޓީމަށް އަތޮޅު ބުރުން މުބާރާތް ނިމުނު ދެ ވަނަ ފަހަރެެވެ.

ސެމީ ފައިނަލް މެޗުގައި ގާފަރުން ލީޑުނެގީ އެ ޓީމުގެ ކެޕްޓަން، ސާމިން މުހައްމަދު (ސާންކޮ) ޖެހި ގޯލުންނެވެ. މެޗުގެ ބޮޑުބައިގައި ގާފަރުން ލީޑުގައި އޮވެގެން ކުޅުނު ނަމަވެސް، ކާށިދޫން ނަތީޖާ އަނބުރާލީ މެޗުގެ ފަހު ވަގުތު، ސާޅީހަކަށް ސިކުންތު ތެރޭގައި ދެ ގޯލު ޖަހައިގެންނެވެ.

އެ ގޮތުން، ކާށިދޫން އެއްވަރުކުރީ ކޯނަރެއްގައި، އަހުމަދު މަޖީދު ޖެހި ގޯލުންނެެވެ. އަދި އެ ޓީމު މޮޅުކޮށްދިން ގޯލު ޖެހީ، ޓީމުގެ ކެޕްޓަން، އަކުމަލް މުހައްމަދު (އަކޫބެ) އެވެ.

މާފުށި ޓީމަށް މޮޅު ކުޅުމެއް ދެއްކި މަފާޒް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ، ކާށިދޫ ގޯލުގައި މޮޅު ކުޅުމެއް ދެއްކި، ކީޕަރު މުހައްމަދު ސަލީލު އެވެ.

ކ. އަތޮޅުގެ އަނެއް ސެމީ ފައިނަލުގައި މާފުށިން ވަނީ 5-1 އިން ގުރައިދޫ ބަލިކޮށްފަ އެވެ. މި މެޗުގައި ގުރައިދޫގެ ހަަމައެކަނި ގޯލު ޖެހީ އިޝް އާފު އަހުމަދު ފިރާގު އެވެ.

މާފުށީގެ އިސްމާއިލް މަފާޒް އިބްރާހިމް (މަފާ) ހެޓްރިކެއް ހެދި މި މެޗުގައި އެ ޓީމުގެ އަނެއް ގޯލުތައް ޖެހީ އިބްރާހިމް މުބީން އަހުމަދު ރަޝީދު (މުއްކި) އާއި އަހުމަދު ޝަމާލް އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖު 2025 ގެ ކ. އަތޮޅު ފައިނަލް މެޗު އޮންނާނީ އަންނަ ހުކުރު ދުވަހުގެރޭގަ އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 (29 ޖެނުއަރީ)

20:00: މ. ފައިނަލް: ދިއްގަރު - މުލަކު

20:00: ފ. ފައިނަލް: ދަރަނބޫދޫ - މަގޫދޫ

21:30: ދ. ފައިނަލް: މާއެނބޫދޫ - ކުޑަހުވަދޫ

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox