ހިތަދޫ ބަލިކޮށް އައްޑޫގެ ތަށި ފޭދޫ އަށް

Jan 28, 2025, 8:24 PM
ފޭދޫ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.---- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

ފޭދޫ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.---- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025ގެ އައްޑޫ ސިޓީގެ ފައިނަލުގައި، ޕެނަލްޓީ ޖަހައިގެން 7-6 އިން އެންމެ ފަހުގެ ޗެމްޕިއަން، ހިތަދޫ ބަލިކޮށް ފޭދޫން ޗެމްޕިއަންކަން ހޯދައިފި އެވެ.

ޖެހިޖެހިގެން ދެ ވަނަ އަހަރު އައްޑޫގެ ޗެމްޕިއަންކަން ކަނޑައަޅަން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.

މިދިޔަ އަހަރުގެ ފައިނަލުގައި، ހިތަދޫ އާއި ފޭދޫ ކުޅުނު މެޗު ފުރިހަމަ ވަގުތު ހަމަވިއިރު، އޮތީ 3-3 އިން އެއްވަރުވެފަ އެވެ. ޕެނަލްޓީ ޖަހައިގެން، ހިތަދޫ މޮޅުވީ، 7-6 އިންނެވެ. މި ފަހަރުގެ ފައިނަލުގައި، ފުރިހަމަ ވަގުތު ހަމަވިއިރު، ހިތަދޫ އާއި ފޭދޫ އޮތީ 2-2 އިން އެއްވަރުވެފަ އެވެ. ޕެނަލްޓީގައި، ފޭދޫ މޮޅުވީ 7-6 އިންނެވެ.

މި ފަހަރުގެ ފައިނަލުގައި ފުރަތަމަ ލީޑުނެގީ، މުހައްމަދު ދާނިޝް އިބްރާހިމް ޖެހި ގޯލުން ހިތަދޫންނެވެ. އެކަމަކު، ދެ ވަނަ ހާފުގައި، އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ)ގެ އެކްރަބެޓިކް ކިކް ގޯލާއި އަހުމަދު ބަލްސަމް އަލީ ޖެހި ގޯލުން ފޭދޫން ނަތީޖާ އަނބުރާލި އެވެ. ހިތަދޫ އަށް އެއްވަރުކޮށްދިނީ، ޝާޝް ޝަރީފް އެވެ.

ޕެނަލްޓީގައި، ހިތަދޫގެ ޕެނަލްޓީތައް ކާމިޔާބުކުރީ، ހާޒިމް ފައުޒީ (ހަތީ)، މުހައްމަދު އިންޝާލް، ޝާޝް އަދި ހުސެއިން ފަސާހު އެވެ. ފޭދޫން ޕެނަލްޓީތައް ކާމިޔާބުކުރީ، ހުސެއިން ގައްސާން ލަބީބް (ހުސީ)، ސިމާއު ސައީދު، ފޭދޫ އިއްބެ، ޔޫސުފް ސިދާމް އަލީ (ސިއްކޮ) އަދި އަހުމަދު ޒައުލް ނާޒިމް އެވެ.

އައްޑޫ ސިޓީގެ އަތޮޅު ބުުރުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ، ދާނިޝް އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފޭދޫ އިއްބެ ހޯދިއިރު، އަތޮޅުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ ހުސީ އަށެެވެ.

ޒޯން ހަތެއްގައި، ހިތަދޫ އާއި ފޭދޫން ނުކުންނާނީ ގއ. ގެ ޗެމްޕިއަން، ދެއްވަދޫ، ރަނަރަޕް، ވިލިގިނލި، ގދ. ޗެމްޕިއަން، ވާދޫ، ރަނަރަޕް، ގަައްދޫ އަދި ޏ. ފުވައްމުލަކު، ދަނޑިމަގު ޓީމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox