މަންދޫގެ ތާރީހީ ކާމިޔާބީ އިންމި އަށް ވެސް ހުރިހާ ގޮތަކުން ހާއްސަ

Jan 28, 2025, 3:14 AM
މަންދޫގެ ތާރީހީ ކާމިޔާބީ އިންމި އަށް ވެސް ހުރިހާ ގޮތަކުން ހާއްސަ

ގޯލްޑަން ފުޓްސަލް ޗެލެންޖު 2025 ގެ އދ. އަތޮޅު ފައިނަލަށް މަންދޫ ދަތުރުކުރުމަކީ ވެސް އޭގެ ޒާތުގައި ކުރިން ފަހަރާ އަޅާކިޔާއިރު ކުރިއެރުމެއް، އެކަމަކު، ފުރަތަމަ ފައިނަލުގައި ވެސް އަތޮޅުގެ އެންމެ ކާމިޔާބު އެއް ޓީމު މަހިބަދޫ ބަލިކޮށް، ތަށި ހޯދުން މަންދޫ އަށް ހާއްސަ ކަމަށް އެ ޓީމުގެ ތަރި، އިބްރާހިމް އިމްރާން (އިންމި) ބުނެފި އެވެ.

މިދިޔަ އަހަރު، މަންދޫން ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އދ. އަތޮޅު ސެމީގައި ކުޅެގެން ކެޓީ އެވެ. މި ފަހަރުގެ މުބާރާތުގައި އެ ޓީމުން ސެމީ ފައިނަލުގައި ވަނީ ދަގެނތި އަތުން 3-2 އިން މޮޅުވެފަ އެވެ. ފަައިނަލަށް ދެވުމަކީ، ވެސް މަންދޫ އަށް އޭގެ ޒާތުގައި ކާމިޔާބެކެވެ.

އެކަމަކު، އެހާ ހިސާބުން ނިންމައިނުލައި، ގްރޫޕް ސްޓޭޖުގައި މަހިބަދޫ އަތުން 3-0 އިން ބަލިވި މެޗުގެ ބަދަލުހިފުމުގެ ރޫހުގައި ނުކުމެ، ފައިނަލުގައި ފަހަތުން އަރައި، މަހިބަދޫ 2-1 އިން ބަލިކޮށް މަންދޫން ތާރީހީ ތަށި ހޯދީ އެވެ.

"މިއީ ވަރަށް ބުރަ މަސައްކަތެއް. މިދިޔަ އަހަރުއް ސުރެން މި އުންމީދުގައި ތިބީ، މިދިޔަ އަހަރު ސެމިގައި ބަލިވީ، މި ފަހަރު ފުރަތަމަ ފަހަރަށް ފައިނަލަށް އާދެވުނީމަ، އަނެއްކާ ގްރޫޕް ސްޓޭޖުގައި މަހިބަދޫ ކައިރިން ބަލިވެފައި އިނުމާ އެއްކޮށް އެއީ ރިވެންޖެއްގެ ގޮތުގައި މިއަދު (ރޭ) ނުކުމެގެން އައީ، އެނގޭ އުނދަގޫވާނެކަން. އެއީ، އަތޮޅުގެ ޗެމްޕިއަން، އަދިވެސް ޗެމްޕިއަން، ހުރިހާ ގޮތަކުން ބެލިޔަސް، ދެން އަޅުގަނޑުމެން މި ތިބީ އިރާދަކުރެއްވިއްޔާ ޗެމްޕިއަަނަކަށް ވާން،" އިންމި ބުންޏެވެ.

ރޭގެ މެޗުގެ ދެ ވަނަ ހާފުގައި، އިންމި ފެށީ ބަދަލެއްގެ ގޮތުގަ އެވެ. އެކަމަކު، ބަދަލަކަށް ނުކުމެ، އިންމި ވަނީ މަންދޫ މޮޅުކޮށްދިން ތާރީހީ ގޯލު ޖަހައިފަ އެވެ. އިންމި ބުނީ، ފައިނަލުގައި ގޯލު ޖެހުމާ މެދު ނުވިސްނާ ކަމަށާއި އަބަދުވެސް އަންނަނީ ޓީމު މޮޅުކޮށްދޭން ކަމަށެވެ.

"އެހެން ވަކި ބުނާކަށް ނޭނގެ، ކޮންމެ މެޗެއް ވެސް އަރަނީ ގޯލު ޖަހަން. ޓީމު މޮޅުކޮށްދޭން އެ އަޒުމުގައި،" ވަރަށް ބޮޑަށް ހިތްހަމަޖެހިފައި ހުރެ، އދ. އަތޮޅުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިންމި ބުންޏެވެ.

"(ކުރެވޭ އިހުސާސެއް) ނޭނގެ ބުނެދޭކަށް ވެސް، މިއީ ހަމަ ހިސްޓްރީއެއް. އެންމެ ފަހުން، މަހިބަދޫ އަތުން ކުޅިވަރެއްގައި މޮޅުވެފައި އިނީ، 2002 ނޫނީ 2004 ހިސާބުގައި ކަންނޭނގެ އޭގެފަހުން، ފަހަކުން އަދި މަހިބަދޫ އަތުން މޮޅެއްނުވޭ، މިއީ, މަންދޫ އަށް ލިބުނު ބޮޑު ހިތްވަރެއް، ވަރަށް ބޮޑު ކުރިއެރުމެއް، މަންދޫގެ ހިސްޓްރީ އަށް އަންނާނެ މި،"

އދ. އަތޮޅުގެ ފައިނަލުގައި ކުޅުނު، މަހިބަދޫ އާއި މަންދޫ އަށް ވެސް ވަނީ ޒޯން ހަތަރަކުން ޖާގަ ލިބިފަ އެވެ. މި ޒޯނުގައި ދެން ހިމެނެނީ، އއ. ޗެމްޕިއަން، މަތިވެރި އާއި ރަަނަރަޕް، ތޮއްޑޫ އަދި ވ. ޗެމްޕިއަން، ކެޔޮދޫ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox