އޮފިޝަލުން އިތުރު ކުރަން ބޭއްވި ކްރިކެޓް އަމްޕަޔަރު ކޯސް ކާމިޔާބު

Jan 28, 2025, 2:39 AM
އޮފިޝަލުން އިތުރު ކުރަން ބޭއްވި ކްރިކެޓް އަމްޕަޔަރު ކޯސް ކާމިޔާބު

ރާއްޖޭގައި ކްރިކެޓް އޮފިޝަލުން ގިނަ ކުރުމުގެ މަގުސަދުގައި މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް ފޯ ސްޕޯޓްސް (އެމްއެންއައިއެސް)އާ ގުޅިގެން ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން ބޭއްވި އަމްޕަޔަރު ކޯސް ކާމިޔާބު ކަމަށް އެ އެސޯސިއޭޝަނުން ބުނެފި އެވެ.

ކްރިކެޓް އޮފިޝަލުން ތަމްރީނުކުރުމަށް އަމްފަޔަރު ލެވެލް 1 ކޯހެއް އަށް ބޭއްވީ 16 ބައިވެރިންނާ އެކު އެވެ. މި ކޯސް ކުރިއަށްދިޔަ މުއްދަތަކީ، ޖެނުއަރީ 19 އިން ފެށިގެން ފަސް ދުވަހުގެ މުއްދަތަށެވެ.

މި ކޯހުގައި ކިޔަވާދީފައިވަނީ އަމްފަޔަރިން އެޑިޔުކޭޓަރު ލެވެލް އެކެއް ކޯސް ހަދާފައިވާ އިބްރާހިމް ރިޒާން އާއި އަމްފަޔަރިން އެޑިއުކޭޓަރު ލެވެލް ދޭއް ހަދާފައިވާ އިމާދް އިސްމާއިލް އެވެ.

ރިޒާން ބުނީ، މި ކޯހުގެ މަގުސަދަކީ ރާއްޖޭގެ ކްރިކެޓް މެޗްތަކުގައި އޮފިޝަލް ކަން ކުރާނެ ފަރާތްތަކުގެ އަދަދު އިތުރުކުރުން ކަމަށާއި މީގެ އިތުރުން، ކްރިކެޓް ބޯޑުން ރާވާ ހިންގާ މުބާރާތްތަކުގެ އަދަދު އިތުރުވަމުން ދިއުމާ އެކު މެޗް އޮފިޝަލުން ހޯދުމުގައި ދަތިތަކާ ކުރިމަތިވާތީ އެ އަށް ހައްލު ހޯދުން ކަމަށެވެ.

"އެހެންކަމުން، ސީ.ބީ.އެމްގެ އަހަރީ ކަލަންޑަރގައި ހިމެނިގެން ކުރިއަށް ގެންދިޔަ ކޯހެއް މީ. މީގެ އިތުރު ކޯސްތައް، މާލޭގަ އަދި ފުވައްމުލަކުގައި މިއަހަރު ހިންގޭނެ. ސީ.ބީ.އެމް އިން މިހާރުވާނީ، އަމްޕަޔަރިންގ ފައުންޑޭޝަން ކޯސް ހެދުމަށް ޢާންމުކޮށް ދައުވަތު ދީފައި. ފައުންޑޭޝަން ކޯހަކީ އޮންލައިންކޮށް ހަދާލެވޭ ކޯހެއް. ފައުންޑޭޝަން ހެދުމަށްފަހު، ދެން އޮންނަ މަރުހަލާ އަކީ ލެވެލް 1." ރިޒާން ބުންޏެވެ.

"މި ކޯސް ހިންގުމުގައި، އެމް.އެން.އައި.އެސްގެ ވަރަށް ބޮޑު އެހީތެރިކަމާއި އެއްބާރުލުން ލިބުނު. އެހެންކަމުން އެ ވުޒާރާގެ އިސްވެރިންނަށާއި މުވައްޒަފުންނަށް، ކްރިކެޓް ބޯޑުގެ ނަމުގައި ޝުކުރު ދަންނަވަން. މިކޯހުން ފާސްވި ފަރާތްތަކަށް ލިބޭނީ އެމް.އެން.އައި.އެސް އިން އެންޑޯސްކޮށްފައިވާ ސެޓިފިކެޓެއް."

މި ކޯހުގެ ބައިވެރިން ތިއަރީ އާއި ފްރެކްޓިކަލް ޓެސްޓް ހަދާ އެސެސްކުރެވިފައިވާއިރު، ކޯހުގެ ބައިވެރިންގެތެރެއިން ހަތް ބައިވެރިއަކު ވަނީ 80 ޕަސަންޓަށް ވުރެ މަތިން މާކްސް ހޯދައިގެން ކޯހުން ފާސްވެފަ އެވެ.

މި ކޯހުގެ ބައިވެރިންނަށާއި ފާސްވި ފަރާތްތަކަށް ސެޓްފިކެޓް ދިނުމަށް ޙާއްސަ ރަސްމިއްޔާތެއް ދާދި ފަހުން ކުރިއަށްގެންދިޔައިރު، މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ސްޓޭޓް މިނިސްޓަރު، އަބްދުﷲ ރައްޒާޤް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox