ގައްދޫން ފައިނަލުގައި ވާދޫއާ ދެކޮޅަށް ނުކުންނާނީ އެ ޓީމުގެ ފެންވަރު ދަނެގެން

Jan 28, 2025, 2:26 AM
ގައްދޫ ޓީމުގެ ރިފްޝާން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނި.---- ފޮޓޯ: އިމޭޖަސް.އެމްވީ

ގައްދޫ ޓީމުގެ ރިފްޝާން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނި.---- ފޮޓޯ: އިމޭޖަސް.އެމްވީ

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ 2025 ގެ ގދ. އަތޮޅުގެ ފައިނަލުގައި ވާދޫއާ ދެކޮޅަށް ނުކުންނާނީ އެ ޓީމުގެ ފެންވަރު ދަނަގެން ރަނގަޅު ޕްލޭނަކާ އެކު ކަމަށް ގައްދޫގެ ކެޕްޓަން، އަހުމަދު ރިފްޝާން ބުނެފި އެވެ.

ގައްދޫން މި ފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ވާދޫއާ ދެކޮޅަށް ކުޅުނު މެޗު ވަނީ 1-1 އިން އެއްވަރުކޮށްފަ އެވެ. ގައްދޫން ސެމީ ފައިނަލަށް ދަތުރުކުރީ ގްރޫޕްގެ ފަހު މެޗުގައި ފިޔޯރީއާ 1-1 އިން އެއްވަރުކޮށްގެންނެވެ.

މޮޅެއް ނުހޯދައި ސެމީ އަށް ނުކުތް ނަމަވެސް، ގދ. ގެ އަނެއް ގްރޫޕްގެ އެއް ވަނަ މަޑަވެއްޔާ ދެކޮޅަށް ސެމީ ފައިނަލުގައި ނުކުމެ، ގައްދޫން ވަނީ މޮޅު ކުޅުމެއް ދައްކައި، 4-1 އިން މޮޅުވެފަ އެވެ.

"ސެމީ މި ދިޔައީ އަހަރެމެން ބޭނުންވި ގޮތަށް އަހަރެމެން ޕްރެކްޓިސް ޖެއްސި ގޮތަށް، މިއީ މި މުބާރާތުގައި އަހަރަމެންނަށް ކުޅެވުނު އެންމެ ފުރިހަމަ މެޗު މިއީ. މި ފަހަރު ހަމަ (ފައިނަލުން) މޮޅުވާނެ ކަމަށް މި ބަލަނީ އަހަރެމެން،" ސެމީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ރިފްޝާން، "އަދަދު ސްޕޯޓްސް" އަށް ބުންޏެވެ.

އޭނާ ބުނީ މިއީ، ގައްދޫން ގޯލްޑަން ފުޓްސަލް ޗެލެންޖަށް އެންމެ ރަނގަޅަށް ތައްޔާރުވި ފަހަރު ކަމަށް ވާނެ ކަމަށެެވެ. އަދި ފައިނަލުގައި ވާދޫއާ ކުޅޭއިރު، ސަމާލުވާން ޖެހޭ ކަންކަމަށް ވިސްނައި ރަނގަޅަށް ތައްޔާރުވެގެން ނުކުންނާނެ ކަމަށް ރިފްޝާން ވަނީ ބުނެފަ އެވެ.

"މި ފަހަރު މިއީ، އެހެން ހުރިހާ ފަހަރަކާ އަޅާ ބަލާއިރު ހަމަ ވަރަށް ފުރިހަމަ އަށް ތައްޔާރުވެގެން މި އައީ. ވާދޫ އަކީ މިހާރު އަނެއްހެން ބުނަންޏާ ރާއްޖޭގައި ކުޅޭ ޓޮޕް ލެވަލް ތިން ހަތަރު ކުޅުންތެރިން އެބައުޅޭ. ހަމަ އަހަރެމެން އެ މެޗަށް ނުކުންނާނީ ވަރަށް ބޮޑަށް ތައްޔާރުވެގެން އެ މެޗު ނަގަން،" ރިފްޝާން ބުންޏެވެ.

ގައްދޫން ކުޅެމުން އަންނަނީ ފުޓްސަލްގައި ކާމިޔާބު ކުޅުންތެރިއެއް ކަމަށްވާ އަލީ އަރުޝަދު (އަރޭ)ގެ ކޯޗުކަމުގަ އެވެ. ރިފްޝާން ބުނީ، ގައްދޫން ކުޅެނީ ކޯޗު އަރޭގެ ރޭވުންތެރިކަމާ އެއްގޮތަށް އޭނާގެ ޕްލޭނަށް ކަމަށެވެ.

"ހުރިހާ މެޗެއް ވެސް އަހަރެމެން މި ކުޅެނީ ހަމަ ކޯޗު ބުނާގޮތަށް ހަމަ. އަނެއްހެން ވަކި އަމިއްލަ އެއްޗެއް ނޫން މި ހަދަނީ، ހަމަ ކޯޗުގެ އެއްޗެއް މި ކުޅެނީ،" ރިފްޝާން ބުންޏެވެ.

މިދިޔަ އަހަރުގެ ގދ. ފައިނަލުގައި ވާދޫން ވަނީ ތިނަދޫ އަތުން 4-1 އިން މޮޅުވެފަ އެވެ. މި އަހަރުގެ ފައިނަލް އޮތީ މިރޭ 9 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox