ގޯލްޑަން ފުޓްސަލް ޗެލެންޖު 2025 ގެ ގއ. އަތޮޅު ފައިނަލުގައި ވިލިނގިލި އަތުން 9-1 އިން ތަފާތު ބޮޑު މޮޅެއް ހޯދައި، ދެއްވަދޫން ފުރަތަމަ ފަހަރަށް އަތޮޅު ތަށި އުފުލާލައިފި އެވެ.
މި ފަހަރުގެ މުބާރާތަށް އެންމެ ވަރުގަދަ އަށް އާ ކުޅުންތެރިން ހޯދައިގެން ތައްޔާރުވި ދެއްވަދޫން އަތޮޅު ތަށި ހޯދީ ކުޅުނު ހުރިހާ މެޗެއްގައި ވެސް ރަނގަޅު ކުޅުމެއް ދައްކައި، ގިނަ މެޗުތަކުން މޮޅުވެގެންނެވެ.
މިރޭގެ ފައިނަލަށް ނުކުތްއިރު ވިލިނގިލީ ޓީމުގެ މުހިންމު ދެ ކުޅުންތެރިން ތިބީ ކާުޑު ހަމަވުމުގެ ސަަބަބުން ސަސްޕެންޝަނުގަ އެވެ.
ރެހެންދި ފުޓްސަލް ދަނޑުގައި މިރޭ ކުޅުނު މެޗުގައި ދެއްވަދޫ ޓީމަށް ލަނޑުތައް ޖަހައިދިނީ ޓީމުގެ ކެޕްޓަން، އަހުނަފް ރަޝީދު (އަހުއްކޮ) އާއި ޝިފާޒް އާދިލް (ތުއްތު)، ކޮންމެ ކުޅުންތެރިއަކު ހެޓްރިކެއް ހެދުމުގެ އިތުރުން، އަހުމަދު ރާހިލް ރަޝީދު (ރާއްކޮ) ދެ ގޯލު އަދި ނަސޫހު ސައީދު އެވެ.

އަހުއްކޮ (ވ) އާއި ތުއްތު ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އިމޭޖަސް،އެމްވީ
މި މެޗުގައި، ވިލިނގިލިން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ ދެއްވަދޫ ކީޕަރު، މުހައްމަދު ޝަފީއު އަށް ހެދުނު ގޯހަކުން، ވިލިނގިލީ ޓީމުގެ އިބްރާހިމް ޒިމާން އަހުމަދު އެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ އަހުއްކޮ އެވެ. މި އަތޮޅުން އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއާގެ މަގާމާއި އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް އަހުއްކޮ އެވެ.
ގއ. އަތޮޅުގެ ޗެމްޕިއަން، ދެއްވަދޫ އާއި ރަނަރަޕް، ވިލިނގިލިން ކުޅޭނީ، ގދ.ގެ ފައިނަލުގައި ކުޅޭ ވާދޫ އާއި ގައްދޫގެ އިތުރުން، ޏ. ފުވައްމުލަކު ދަނޑިމަގު އަދި އައްޑޫގެ ފައިނަލަށް ދިޔަ، ހިތަދޫ އާއި ފޭދޫ އެވެ.












