ޔުނައިޓެޑަށް މޮޅެއް، ޓޮޓެންހަމް އަށް ހާސްކަން

Jan 27, 2025, 6:04 AM
ޔުނައިޓެޑަށް މޮޅެއް، ޓޮޓެންހަމް އަށް ހާސްކަން

ލަންޑަން (ޖެނުއަރީ 27) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުން ފުލަމް އަތުން 1-0 އިން މޮޅުވިއިރު، ޓޮޓެންހަމް ހޮޓްސްޕާސް އިން އަމިއްލަ ދަނޑުގައި ލެސްޓާ ސިޓީ އަތުން 2-1 އިން ބަލިވެ، އެ ޓީމަށް އޮތް ދަތިތަކުން އަރައިގަންނަން އިތުރު ގޮންޖެހުންތަކާ ކުރިމަތިލާންޖެހިއްޖެ އެވެ.

ޓޮޓެންހަމް އިން ރިޗާލިސަން ޖެހި ގޯލުން ފުރަތަމަ ހާފުގައި ލީޑުގައި އޮވެ ނިންމާލި ނަމަވެސް ރެލިގޭޝަން ޒޯނުގައި މި މެޗާ ހަމައަށް އޮތް ލެސްޓާ އިން ވަނީ ދެ ވަނަ ހާފުގައި ދެ ގޯލުގައި ނަތީޖާ އަނބުރާލައިފަ އެވެ. ލެސްޓާގެ ލަނޑުތައް ޖެހީ ޖޭމީ ވާޑީ އާއި ބިލާލް އަލް ހަނޫސް އެވެ.

މިއީ، ލީގުގައި ޓޮޓެންހަމް ޖެހިޖެހިގެން ބަލިވި ހަތަރު ވަނަ މެޗެވެ. މި ނަތީޖާތަކާ އެކު ޓޮޓެންހަމް އޮތީ 23 މެޗުން 24 ޕޮއިންޓާ އެކު 15 ވަނައިގަ އެވެ. ރޭގެ މެޗުގައި، ޓޮޓެންހަމް ސަޕޯޓަރުން ވަނީ އެ ކްލަބްގެ ވެރިންނާ ދެކޮޅަށް އަޑުއުފުލައިފަ އެވެ.

ފުލަމް ގޯލަށް އަމާޒުކޮށް ޔުނައިޓެޑުން ފޮނުވާލި ފުރަތަމަ ހަމަލާގައި އެ ޓީމުން ވަނީ މެޗުން މޮޅުވި ގޯލު ޖަހައިފަ އެވެ. އެ ގޮތުން، 78 ވަނަ މިނިޓްގައި ޔުނައިޓެޑްގެ ޑިފެންޑަރު، ލިސަންދްރޯ މާޓީނޭޒް އޭރިއާބޭރުން ފޮނުވާލި ބޯޅަ ގޯލަށް ވަނީ ފުލަމް ކުޅުންތެރިއަކު ފައިގައި ޖެހިފައި އެ ޓީމުގެ ގޯލްކީޕަރު، ބާން ލޭނޯ އަތުގައި ވެސް ޖެހިފަ އެވެ.

އޭގެ ފަހުން، ފުލަމް އަށް އެއްވަރުކޮށްދޭން ރޮޑްރީގޯ މުނީޒް އަށް ހުސް ފުރުސަތެއް ލިބިގެންދިޔައިރު، ކައުންޓަ އެޓޭކެއްގައި، ޔުނައިޓެޑްގެ އަމަދު ޑިއާލޯ ވަނީ އެ ޓީމަށް އިތުރު ގޯލެއް ޖަހައިދީފަ އެވެ. އެކަމަކު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު، އެ ގޯލު ބަލައިނުގަންނަން ނިންމީ އޮފްސައިޑް ކަމަށްވާތީ އެވެ.

މި މޮޅާ އެކު، ޔުނައިޓެޑް އޮތީ 23 މެޗުން 29 ޕޮއިންޓާ އެކު، ލީގުގެ 12 ވަނައިގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox