ރޯދަމަހު ތިނަދޫގައި މުނިފޫހިފިލުވުމުގެ އެއްވެސް ހަރަކާތެއް ނުހިންގަން އެ ސިޓީގެ ކައުންސިލުން އަންގައިފި

ތިނަދޫ ސިޓީގައި ހުންނަ އިސްލާމީ މަރުކަޒު؛ އެ ސިޓީގެ ކައުންސިލުން އިލްތިމާސް ކޮށްފައި ވަނީ ކުރިއަށް އޮތް ރޯދަމަހުގެ ހުރިހާ ހަރަކާތްތަކެއް އަޅުކަމަށް މަގުފަހިވާ ގޮތަށް ބައްޓަން ކުރަން -- ފޮޓޯ: އަދަދު

ތިނަދޫ ސިޓީގައި ހުންނަ އިސްލާމީ މަރުކަޒު؛ އެ ސިޓީގެ ކައުންސިލުން އިލްތިމާސް ކޮށްފައި ވަނީ ކުރިއަށް އޮތް ރޯދަމަހުގެ ހުރިހާ ހަރަކާތްތަކެއް އަޅުކަމަށް މަގުފަހިވާ ގޮތަށް ބައްޓަން ކުރަން -- ފޮޓޯ: އަދަދު

ކުރިއަށް އޮތް ރޯދަމަހަކީ ވީހައިވެސް ބޮޑަކަށް އަޅުކަމަށް ހާއްސަވާ މަހަކަށް ހެދުމަށްޓަކައި އެ މަހުގައި ތިނަދޫ ސިޓީގައި މުނިފޫހިފިލުވުމުގެ އެއްވެސް ހަރަކާތެއް ނުހިންގުމަށް އެ ސިޓީގެ ކައުންސިލުން އަންގައިފި އެވެ.

ތިނަދޫ ސިޓީ ކައުންސިލުން މިއަދު ގެޒެޓުކުރި އިއުލާނެއްގައި ބުނީ ކުރިއަށް އޮތް ރޯދަމަހަކީ އެ ސިޓީގެ ރައްޔިތުންގެ މެދުގައި އިސްލާމީ ރިވެތި އާދަތަކާއި އުސޫލުތައް އާލާވާން ފުރުސަތު ފަހިވާ ދުވަސްތަކަކަށް ހެދޭތޯ އެ ކައުންސިލުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ރޯދަ މަހުގެ އެއްވެސް ވަގުތެއްގައި ކުޅިވަރު ހަރަކާތެއް ނުވަތަ މުނިފޫހި ފިލުވުމުގެ ހަރަކާތެއް ނުހިންގުމަށް ތިނަދޫ ސިޓީ ކައުންސިލުން އަންގާފައިވެ އެވެ.

"ދުވާލުގެ ވަގުތު ވެސް އަދި ހާއްސަކޮށް ރޭގަނޑުގެ ވަގުތުތަކަށް އެއްވެސް ބާވަތެއްގެ ކުޅިވަރު ހަރަކާތެއް ނުވަތަ މުނިފޫހިފިލުވުމުގެ ހަރަކާތްތަކެއް އެއްވެސް ބަޔަކު އެއްވެސް މިންވަރަކަށް ތިނަދޫ ސިޓީގައި އިންތިޒާމުކޮށް ނުހިންގުން،" ތިނަދޫ ސިޓީ ކައުންސިލުގެ އިއުލާނުގައި ފަލަ އަކުރުން ފަވައި ލިޔެފައިވެ އެވެ.

އޭގެދަށުން ތިނަދޫ ކައުންސިލުން ވަނީ ދެ ނުކުތާއެއް ފާހަގަކޮށްފަ އެވެ. އެއީ:

  • ކުލަބު ޖަމިއްޔާ ޖަމާއަތްތަކުން ނުވަތަ އިޖުތިމާއީ ހަރަކާތްތައް ހިންގުމަށް ހާއްސަކޮށްގެން މި އިދާރާއިން ދޫކޮށްފައިވާ ބިންބިމާއި އިމާރާތްތައް ނޫން ތަންތަނުގައި ވެސް ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ހަރަކާތްތައް ނުބޭއްވުން.
  • ކުޅިވަރާއި މުނިފޫހި ފިލުވުމަށް ނުފެތޭ ރަސްމީ ހަރަކާތެއްވިޔަސް ކޮންމެހެން ހިންގަން ޖެހޭ ހާލަތެއް މެދުވެރިވެގެން މެނުވީ ދުވާލު ނުވަތަ ރޭގަނޑު ވެސް ނުބޭއްވުން.
  • ރޯދަމަހާ ގުޅުންހުރި ހަރަކާތެއް ބޭއްވި ނަމަވެސް އެކަމެއް ދުރާލައި ރާވައި، ގުޅުންހުރި ހުރިހާ ފަރާތްތަކަށް އަންގައި އަޅުކަމުގެ ވަގުތުތަކަށް ދަތިނުވާނެހެން އާންމު ރައްޔިތުންނަށް ބުރަޔަކަށް ނުވާނެހެން، ވަގުތު ދިގުލައި ނުދާނެހެން ފަރުވާތެރިކަމާއެކު އެފަދަ ހަރަކާތްތައް އިންތިޒާމު ކުރުން.

އޭގެއިތުރުން ތިނަދޫގައި ތައުލީމު ފޯރުކޮށްދޭ ތަންތަނުންނާއި ސަރުކާރާއި އެހެނިހެން މުއައްސަސާތަކުގެ އިތުރުން ވިޔަފާރިވެރިންނާއި ކުލަބު ޖަމިއްޔާތަކުން ވެސް ރޯދަމަހުގެ މަގުސަދު ހާސިލުވާނެ ގޮތަށް އެންމެހައި ކަންކަން ތަރުތީބު ކުރުމަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް ތިނަދޫ ސިޓީ ކައުންސިލުން އިލްތިމާސް ކޮށްފައިވެ އެވެ.

ނަމަވެސް ކަސްރަތުކުރުން ފަދަ ސިއްހީ ބޭނުންތަކަށް ބޭނުން ކުރުމަށް ކުޅިވަރު މައިދާންތަކާއި ދަނޑުތަކާއި ޓްރެކްތައް ކަނޑައެޅޭ ވަގުތުތަކުގައި ހުޅުވާފައި ބަހައްޓާނެ ކަމަށް ތިނަދޫ ކައުންސިލުގެ އިއުލާނުގައި ބުންޏެވެ.

ތިނަދޫ ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ބުނެފައި ވަނީ އެ އެންގުމާ ހިލާފަށް އަމަލު ކުރާ ފަރާތްތަކަށް ކައުންސިލުގެ އެއްވެސް އެއްބާރުލުމެއް ނުލިބޭނެ ކަމަށެވެ. އަދި އެފަދަ ފަރާތްތަކަށް ފިޔަވަޅު އަޅަންޖެހޭ ހާލަތެއްގައި އެކަން ވެސް ކުރާނެ ކަމަށް ތިނަދޫ ސިޓީ ކައުންސިލުން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox