ގޯލްޑަން ފުޓްސަލް ޗެލެންޖް: ބ. އަތޮޅު ފައިނަލުގައި އޭދަފުށްޓާއި ތުޅާދޫގެ ކުރިމަތިލުމެއް

Jan 25, 2025, 6:37 PM
އޭދަފުށީ ޓީމުގެ ހުސެއިން ޝަރީފް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

އޭދަފުށީ ޓީމުގެ ހުސެއިން ޝަރީފް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ 2025 ގެ ބ. އަތޮޅު ފައިނަލުގައި އެންމެ ފަހުން ވެސް ވާދަކުރި އޭދަފުށްޓާއި ތުޅާދޫ ވަނީ ބައްދަލުކުރަން ޖެހިއްޖެ އެވެ.

މިދިޔަ އަހަރު އޭދަފުށިން ވަނީ ފައިނަލުގައި ތުޅާދޫ 5-2 އިން ބަލިކޮށްފަ އެވެ. ތިން ޓީމު ވާދަކުރާ މި ފަހަރުގެ ބ. އަތޮޅުގެ މެޗުތައް ފެށީ އޭދަފުށްޓާއި ތުޅާދޫގެ މެޗަކުންނެވެ. އެ މެޗުން ތުޅާދޫ އަތުން އޭދަފުށި މޮޅުވީ 1-0 އިންނެވެ.

އޭގެ ފަހުން، ތުޅާދޫން 1-0 އިން ފެެހެންދޫ ބަލިކޮށްފައިވަނިކޮށް، މިރޭ އޭދަފުށިން ވަނީ ފެހެންދޫ އަތުން 2-0 އިން މޮޅުވެފަ އެވެ. އޭދަފުށީގެ ލަނޑުތައް ޖެހީ ހުސެއިން ޝަރީފު (މުޑާ) އާއި ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އެންމެ ފަހުގެ ޗެމްޕިއަން އޭދަފުށިން ބ. އަތޮޅުގެ ލީގު ބުރުގެ އެއް ވަނަ ހޯދީ ހަ ޕޮއިންޓާ އެކު އެވެ. ތުޅާދޫ އަށް ތިން ޕޮއިންޓް ލިބުނުއިރު، ފެހެންދޫ ނިންމާލީ ޕޮއިންޓެއް ނުލިބި އެވެ.

ބ. އަތޮޅުގެ ފައިނަލް މެޗު އޮންނާނީ، މި މަހުގެ 30 ވަަނަ ދުވަހުގެރޭގަ އެވެ.

މިލަދޫ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

ވެލިދޫ ބަލިކޮށް ނ. އަތޮޅުގެ ފައިނަލުގެ ފަހު ޖާގަ މިލަދޫ އަށް

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މި ފަހަރު ނ. އަތޮޅުން ވާދަކުރަނީ ތިން ޓީމެވެ. ހޮޅުދޫން ވަނީ ފުރަތަމަ ދެ މެޗުން ވެލިދޫ އާއި މިލަދޫ ބަލިކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފަ އެވެ. ފައިނަލުގެ ދެ ވަނަ ޖާގަ އަށް ވާދަކުރީ ވެލިދޫ އާއި މިލަދޫ އެވެ.

ދެ ވަނަ ފަހަރަށް ގޯލްޑަންގައި ވާދަކުރާ، މިލަދޫން ފައިނަލުގެ ދެ ވަނަ ޖާގަ ޔަގީންކުރީ، މިއަދު ހަވީރު ކުޅުނު މެޗުގައި، 6-1 އިން ވެލިދޫ ބަލިކޮށްގެންނެވެ.

މިލަދޫން ފަސޭހަ މޮޅެއް ހޯދި މި މެޗުގައި އެ ޓީމުގެ، ގޯލުތައް ޖެހީ މުހައްމަދު އިޔާން ހަސަން، މޫސާ ހުމައިދު، ހުސައިން ޝަފީ، މުހައްމަދު ޔައިޝް ނާއިޒު، މުހައްމަދު ނަވީދު އަދި މުހައްމަދު ހުސައިން އެވެ. އަދި މި މެޗުގައި ވެލިދޫން ކާމިޔާބުކުރި ހަމައެކަނި ގޯލު ޖެހީ އިބްރާހީމް ޒިޔާނެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ނ. އަތޮޅު ފައިނަލް މެޗު ކުޅޭނީ އަންގާރަ ދުވަހުގެރޭގަ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox