ކަނޑުމަގުން ފުވައްމުލަކަށް މަސްތުވާތަކެތި ގެންދިޔަ ކަމުގެ ތުހުމަތުގައި މިއަދު ހައްޔަރުކުރި އަންހެން މީހާ ފުލުހުން ދޫކޮށްލައިފި އެވެ.
އެ އަންހެން މީހާ ދޫކޮށްލީ އެ މައްސަލައިގައި އޭނާގެ މައްޗަށް ކުރެވުނު ތުހުމަތުތަކާއި އޭނާއާ ގުޅުމެއް ނެތްކަން ޔަގީން ކުރެވުމުން ކަމަށް ފުލުހުން ބުންޏެވެ.
"މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު އަންހެން މީހާ ތުހުމަތު ކުރެވުނު ކަންކަމާއި ގުޅުން ނެތްކަން ޔަގީން ކުރެވިފައިވާތީ ހައްޔަރުން ދޫކޮށްލާފައިވޭ،" ފުލުހުން ބުންޏެވެ.
40 އަހަރުގެ އެ އަންހެން މިހާ ފުވައްމުލަކުން ހައްޔަރުކުރީ އެ ރަށަށް މިއަދު ހެނދުނު ދިޔަ ބޯޓަކުން އޭނާ ގެންދިޔަ ފޮށިގަނޑެއްގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި މައްސަލައެއްގަ އެވެ.
އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.













