ކަނޑިތީމު ބަލިކޮށް މިލަންދޫން ށ. އަތޮޅުގެ ތަށި އުފުލާލައިފި

Jan 25, 2025, 1:01 PM
މިލަންދޫ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް،އެމްވީ

މިލަންދޫ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް،އެމްވީ

ފައިނަލުގައި ޕެނަލްޓީ ޖަހައިގެން 4-2 އިން އެންމެ ފަހުގެ ޗެމްޕިއަން، ކަނޑިތީމު ބަލިކޮށް، ގޯލްޑަން ފުޓްސަލް ޗެލެންޖު 2025 ގެ ށ. އަތޮޅުގެ ޗެމްޕިއަންކަން މިލަންދޫން ހޯދައިފި އެވެ.

މިލަންދޫން މުޅިން އަލަށް އަތޮޅު ޗެމްޕިއަންކަން ހޯދިއިރު އެ ޓީމު ވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެފަ އެވެ. އޭގެ ތެރޭގައި، ގްރޫޕް ސްޓޭޖުގައި ކަނޑިތީމު އަތުން މޮޅުވި މެޗާއި ފައިނަލުގައި މިއަދު މޮޅުވި މެޗު ހިމެނެ އެެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗަށް ނުކުތްއިރު، މިލަންދޫން ކުޅެން ޖެހުނީ ކާޑު ހަމަވުމުގެ ސަަބަބުން އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ، އިބްރާހިމް ސައީދު (އޮސްކާ) ނުލަ އެވެ. އޭނާ އަށް ތިން ކާޑު ހަމަވުމުގެ ސަބަބުން ފައިނަލަށް ވަނީ ސަސްޕެންޑްވެފަ އެވެ.

ފައިނަލް މެޗުގެ ފުރަތަމަ ހާފުގައި ކަނޑިތީމުން ލީޑުނެގީ އިބްރާހިމް ނަދާދު (ކުޑައްޓޭ) ޖެހި ގޯލުންނެވެ. އޭގެ އިރުކޮޅެއް ފަހުން، އިބްރާހިމް ޒާހީ ދިން ބޯޅައަކުން މިލަންދޫގެ ލަނޑު ޖެހީ އަހުމަދު ޝާނީ އެވެ. ޝާނީ ވަނީ މި ފަހަރު ށ. އަތޮޅުން އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމާއި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ.

ނަތީޖާ ނެރެން ޕެނަލްޓީ ޖަހަން ޖެހުނުއިރު، ކަަނޑިތީމުން ޖެހި ތިން ޕެނަލްޓީއެއް ނާކާމިޔާބުވިއިރު، މިލަންދޫގެ ކީޕަރު އަހުމަދު ހުޝާމް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މިލަންދޫން ތިން ޕެނަލްޓީއެއް ކާމިޔާބުކުރިއިރު، އެ ޓީމުގެ ޕެނަލްޓީތައް ކާމިޔާބުކުރީ ޒާހީ، ޝާނީ އަދި އިސްމާއިލް ފަތުހީ އެވެ. އެ ޓީމުގެ އަލީ އީނާސް އަށް ދެ ފަހަރު ޕެނަލްޓީ ޖަހަން ދިނުމުން ވެސް ފޮނުވާލީ ކީޕަރު އަަތަށެވެ.

ކަނޑިތީމުން ޕެނަލްޓީ ކާމިޔާބުކުރީ އިސްމާއިލް ނިހާން އެވެ. ކަނޑިތީމުން އާދަމް ތައުފީގު (ތައު) ޖެހި ޕެނަލްޓީ ބޭރަށް ދިޔައިރު، އަހުމަދު ރިޒާން އާއި މުހައްމަދު ޝާން ޖެހި ޕެނަލްޓީ ކީޕަރު ހުޝާމް ހުއްޓުވީ އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025: (25 ޖެނުއަރީ)

20:00: ފ. މަގޫދޫ - ފ. ދަރަބޫދޫ

20:00: ފ. ބިލެއްދޫ - ފ. ފީއަލި

22:00: ދ. ކުޑަހުވަދޫ - ދ. ބަނޑިދޫ

22:00: ބ. އޭދަފުށި - ބ. ފެހެންދޫ

23:00: މ. ސެމީ ފައިނަލް: ދިއްގަރު - މުލި

23:00: މ. ސެމީ ފައިނަލް: ކޮޅުފުށި - މުލަކު

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox