ދިއްފުށި ކަޓުވާލައި ގާފަރުން އަތޮޅު ސެމީގައި ކާށިދޫއާ ދެކޮޅަށް

Jan 24, 2025, 7:59 PM
ގާފަރު ޓީމުގެ މައްޓު (ކ) ދިއްފުށީގެ ޝިނާ ކައިރިން ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

ގާފަރު ޓީމުގެ މައްޓު (ކ) ދިއްފުށީގެ ޝިނާ ކައިރިން ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ގްރޫޕްގެ ފަހު މެޗުގައި ދިއްފުށްޓާ ލަނޑެއް ނުުޖެހި 0-0 އިން އެއްވަރުވެ، ހޯދި ޕޮއިންޓާ އެކު އެ ޓީމު ކަޓުވާލައި ގާފަރުން ސެމީ ފައިނަލުގައި ކާށިދޫއާ ދެކޮޅަށް ކުޅެން ޖެހިއްޖެ އެވެ.

ގްރޫޕް އޭގެ އެއް ވަނަ ދިޔައީ މިރޭ ހިންމަފުށި އަތުން 6-1 އިން މޮޅުވެ، ހަތް ޕޮއިންޓް ހޯދި މާފުށްޓެވެ. އެ ގްރޫޕްގެ ދެ ވަނަ ދިޔައީ ފަސް ޕޮއިންޓް ހޯދި ގާފަރެވެ. ތިން ވަނަ އަށް ދިޔަ ދިއްފުށި ވަނީ ހަތަރު ޕޮއިންޓާ އެކު ކަޓައިފަ އެވެ. ގްރޫޕްގެ ފުލަށް ދިޔަ ހިންމަފުށި ކުޅުނު ތިން މެޗުން ވެސް ވީ ބައްޔެވެ.

ގްރޫޕް ބީގެ އެއް ވަނަ ހޯދި ކާށިދޫ އާއި ދެ ވަނަ ހޯދި ގުރައިދޫ އަށް ވެސް ލިބުނީ ހަތް ޕޮއިންޓެެވެ. ކާށިދޫން ފަހު މެޗުގައި 4-2 އިން ގުޅި ބަލިކުރިއިރު، ގުރައިދޫން ވަނީ ތުލުސްދޫ އަތުން 4-0 އިން މޮޅުވެފަ އެވެ. ތިން ވަނަ އަށް ދިޔަ ގުޅި އަށް ތިން ޕޮއިންޓް ލިބުނުއިރު، ފުލުގައި ނިންމި ތުލުސްދޫ ވީ ތިން މެޗުން ވެސް ބައްޔެވެ.

ގާފަރާއި ދިއްފުށި ކުޅުނު މެޗުގައި ދެ ޓީމުން ވެސް ފަހު ވަގުތާ ހަމައަށް ޖެހެންދެން ހިތްވަރުކުރި އެވެ. ގާފަރުގެ ޝަނާން ރަޝާދު ފުރަތަމަ ހާފުގައި ޖެހި ބޯޅައެއް ދަނޑިއަށް އަމާޒުވިއިރު، މެޗުގެ ފަހު ގަޑީގައި ދިއްފުށީގެ ހަމަަލާއެއް ވެސް ދަނޑިއަށް އަމާޒުވި އެވެ. މެޗުގެ ފަހުކޮޅުގައި، ގާފަރުގެ ސާމިން މުހައްމަދު ނަސީރު އަށް ދިއްފުށީގެ ޝައިހާން ކުރި ފައުލަކަށް އޭނާ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކިއިރު، އެ ފައުލާ ގުޅިގެން ދެ ޓީމުގެ އޮފިޝަލުން ދަނޑައަށް އަރައި ހަމަނުޖެހުމެއް ހިނގި އެވެ.

ކާށިދޫ އަށް ގޯލުތައް ޖަހައިދިނީ، އަޖުލާން އަބްދުލް ހަންނާން އާއި ޝައްފާން ވަސީމް، ކޮންމެ ކުޅުންތެރިއަކު ދެ ގޯލެވެ. ގުޅީގެ ދެ ގޯލު ޖަހައިދިނީ އަހުމަދު އަރުސޫން ޝާހިރު އާއި މުހައްމަދު ޔަޒީދު އެވެ. މި ފަހަރުގެ ސެމީގައި ގާފަރާއި ކާށިދޫ ކުޅޭއިރު، މިދިޔަ އަހަރުގެ ފައިނަލުގައި، ގާފަރުން ވަނީ ކާށިދޫ 5-1 އިން ބަލިކޮށްފަ އެވެ.

މި ފަހަރުގެ ސެމީ ފައިނަލް އަނެއް މެޗުގައި ކުޅޭނީ ގުރައިދޫ އާއި މާފުށްޓެވެ.

ހިންމަފުށި ކޮޅަށް، މިދިޔަ އަހަރުގެ ސެމީ ފައިނަލަށް ދަތުރުކުރި، މާފުށީގެ ލަނޑުތައް ޖަހައިދިނީ އަހުމަދު ޝަމާލް ހެޓްރިކެއްގެ އިތުރުން، އިސްމާއިލް މަފާޒް އިބްރާހިމް، އިސްމާއިލް ނަޒީހު އަދި ހަސަން ރިފާން އެވެ. ހިންމަފުށީގެ ގޯލު ޖެހީ އަތުޝަން އިބްރާހިމް އެވެ.

ތުލުސްދޫ އަތުން މޮޅުވި މެޗުގައި ގުރައިދޫގެ ގޯލުތައް ޖެހީ، އަބްދުﷲ ޝަޔަމް، އަހުމަދު ނޫމާން (ހެލްމެޓް)، ނާއިޝް އާދަމް އަދި އިޝްއާފު އަހުމަދު ފިރާގު އެވެ.

ކ. އަތޮޅުގެ ސެމީ ފައިނަލް މެޗުތައް އޮތީ، އަންނަ އަންގާރަ ދުވަހުގެ ރޭގަ އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް (25 ޖެނުއަރީ 2025)

16:00: ށ. ފައިނަލް: ކަނޑިތީމު - މިލަންދޫ

16:00: ނ. މިލަދޫ - ނ. ވެލިދޫ

------------------------------------------

20:00: ފ. މަގޫދޫ - ފ. ދަރަބޫދޫ

20:00: ފ. ބިލެއްދޫ - ފ. ފީއަލި

21:00: ދ. ކުޑަހުވަދޫ - ދ. ބަނޑިދޫ

21:00: ބ. އޭދަފުށި - ބ. ފެހެންދޫ

22:00: މ. ސެމީ ފައިނަލް: ދިއްގަރު - މުލި

22:00: މ. ސެމީ ފައިނަލް: ކޮޅުފުށި - މުލަކު

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox