ގދ. އަތޮޅު ތަށި ދިފާއުކުރަން ވާދޫން ނުކުންނާނީ ގައްދޫއާ ދެކޮޅަށް

Jan 24, 2025, 7:58 PM
ވާދޫ ޓީމަށް ސެމީ ފައިނަލުގައި ހަތަރު ލަނޑު ޖަހައިދިން ނައްޓު އުފާފާޅުކުރަނީ.---- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

ވާދޫ ޓީމަށް ސެމީ ފައިނަލުގައި ހަތަރު ލަނޑު ޖަހައިދިން ނައްޓު އުފާފާޅުކުރަނީ.---- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ގދ. އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން، ވާދޫ އިން މި ފަހަރުގެ މުބާރާތުގައި އަތޮޅު ތަށި ދިފާއުކުރަން ފައިނަލުގައި ގައްދޫއާ ދެކޮޅަށް ނުކުންނަން ޖެހިއްޖެ އެވެ.

ގައްދޫ އާއި ވާދޫ ޓީމު ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ގައްދޫން ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގައި މަޑަވެލި އަތުން 4-1 އިން މޮޅުވެގެންނެވެ. ވާދޫން ވަނީ ސެމީ ފައިނަލުގައި 5-1 އިން ތިނަދޫ ބަލިކޮށްފަ އެވެ.

ސެމީ ފައިނަލުގައި، ގައްދޫން ރަނގަޅު ޕްލޭނަކާ އެކު މޮޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުގެ ކެޕްޓަން، އަހުމަދު ރިފްޝާން ދެ ގޯލު ޖެހި އެވެ. ގައްދޫގެ އަނެއް ގޯލުތައް ޖެހީ، މެޗުގެ މޮޅު ކުޅުންތެރިޔާ، ރިފްޝާންގެ އެހީއާ އެކު، މިރާސު މުހައްމަދު ޒުހައިރު އާއި އަނޫ އަހުމަދެވެ.

މެޗުގައި، މަޑަވެލިން ޖެހި ހަމައެކަނި ގޯލު ޖަހައިދިނީ ބަދަލަކަށް ކުޅެން އެރި އަހުމަދު އައިމަން ސައީދު އެވެ.

މީގެ ކުރިން ތިން ފަހަރު އަތޮޅުގެ ޗެމްޕިއަންކަން ހޯދާފައިވާ ވާދޫން މި ފަހަރުގެ ސެމީގައި ތިނަދޫ ކައިރިން ހޯދި ތަފާތު މޮޅުގައި އެންމެ މޮޅު ކުޅުމެއް ދެއްކީ ވާދޫގެ ހަތަރު ގޯލު ޖަހައިިދިން، ނަޝާހު އަހުމަދު (ނައްޓު) އެވެ. ގދ. އަތޮޅުގެ ލަނޑު ލިސްޓުގެ ކުރީގައި ނައްޓު އޮތީ ހަތް ގޯލު ޖަހައިގެންނެވެ

ހިތްވަރު ދައްކައި، ވާދޫ ކައިިރިން ގޯލު ޖަހަން ފުރުސަތުތަކެއް ހޯދި ތިނަދޫން މެޗުގައި ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ އިބްރާހީމް މުހައްމަދު އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް (25 ޖެނުއަރީ 2025)

16:00: ށ. ފައިނަލް: ކަނޑިތީމު - މިލަންދޫ

16:00: ނ. މިލަދޫ - ނ. ވެލިދޫ

------------------------------------------

20:00: ފ. މަގޫދޫ - ފ. ދަރަބޫދޫ

20:00: ފ. ބިލެއްދޫ - ފ. ފީއަލި

21:00: ދ. ކުޑަހުވަދޫ - ދ. ބަނޑިދޫ

21:00: ބ. އޭދަފުށި - ބ. ފެހެންދޫ

22:00: މ. ސެމީ ފައިނަލް: ދިއްގަރު - މުލި

22:00: މ. ސެމީ ފައިނަލް: ކޮޅުފުށި - މުލަކު

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox