އަތޮޅު ތަށި ހޯދަން ކުރާ މަސައްކަތުގައި މިލަންދޫގެ އުންމީދު ބޮޑު

Jan 24, 2025, 8:45 AM
މިލަންދޫ ޓީމުގެ ޝާނީ ލަނޑެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

މިލަންދޫ ޓީމުގެ ޝާނީ ލަނޑެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

މި ފަހަރުގެ މުބާރާތުގައި ށ. އަތޮޅުގެ ގްރޫޕް ސްޓޭޖުން ފެށިގެން ފައިނަލާ ހަމައަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައިވާ، މިލަންދޫން ފައިނަލަށް ނުކުންނާނީ ވަރުގަދަ އަޒުމަކާ އެކު ތަށި ހޯދަން ކަމަށް އެ ޓީމަށް މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަހުމަދު ޝާނީ ބުނެފި އެވެ.

މިލަންދޫން ވަނީ މި ފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުންނާއި ސެމީ ފައިނަލުގައި ވެސް މޮޅުވެފަ އެވެ. ސެމީ ފައިނަލުގައި އެ ޓީމުން ވަނީ ނަރުދޫ އަތުން 4-0 އިން މޮޅުވެފަ އެވެ.

"ވަރަށް ދުވަހުގެ މަސައްކަތް މިއީ، މަހެއް ކުރިން، ދުރާލާ ރެޑީވެގެން ޕްރެކްޓިސް ވެސް ޖައްސައި، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ޓާގެޓަކީ ށ. އަތޮޅުގެ ޗެމްޕިއަންކަން ނެގުން. އިރާދަކުރެއްވިއްޔާ، މި އަށް ވުރެ ރަނގަޅަށް ޖައްސައި ތަށި އަޅުގަނޑުމެން ނަގާނަން،" ސެމީ ފައިނަލް މެޗަށް ފަހު، "އަދަދު ސްޕޯޓްސް" އަށް ޝާނީ ބުންޏެވެ.

މި ފަހަރުގެ މުބާރާތުގައި މިލަންދޫގެ ބައެއް މެޗުތަކުގައި ކެޕްޓަންކަން ވެސް ކުރި ޝާނީ އަކީ އެ އަތޮޅުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ތެރެއިން އެކަކެވެ. އެ ގޮތުން، ޝާނީ އާއި މިލަންދޫގެ އިބްރާހިމް ޒާހީ ވަނީ ކޮންމެ ކުޅުންތެރިއަކު ފަސް ގޯލު ޖަހައިފަ އެވެ.

އެހެން ނަމަވެސް، ޝާނީ ދެކޭގޮތުގައި ގޯލްޑަން އަންނަނީ އަހަރުން އަހަރަށް އުނދަގޫވަމުންނެވެ. އެހެންކަމުން، ޗެލެންޖިން މެޗުތަކުން މޮޅު ހޯދެނީ ބުރަ މަސައްކަތުންކަން ފާހަގަކުރި އެވެ.

"ގޯލްޑަން އަހަރަކަށް ވުރެ އަހަރެއް ޓީމުތައް ގިނަވެ، ކޯޗުން ލައިގެން ވަރަށް ގިނަ ދުވަހު ޕްރެކްޓިސްކޮށް، ހުރިހާ ޓީމެއް ވެސް ވަރަށް ރަނގަޅުވަމުން ހުރިހާ ރަށެއް ވެސް އަންނަނީ. ޕްރެކްޓިސްތަކެއްކޮށްގެން (އަންނާތީ) ހުރިހާ އަތޮޅެއް ވެސް ވަރަށް ޗެލެންޖިން. ވަރަށް އުނދަގޫ،" ޝާނީ ބުންޏެވެ.

ފައިނަލުގައި މިލަންދޫން ކުޅޭނީ އަތޮޅުގެ އެންމެ ކާމިޔާބު ޓީމު ކަނޑިތީމާ އެވެ. މި ދެ ޓީމުން ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުން މިލަންދޫ 2-0 އިން މޮޅުވި އެވެ. އެކަމަކު، ފައިނަލް މުޅިން ތަފާތުވާނެތީވެ، ޝާނީ ދެކޭގޮތުގައި، ފުރަތަަމަ މެޗުގައި ދަށްކޮށް އެ ދިޔަ ކަންކަން ރަނގަޅުކުރަން ޖެހޭނެ އެވެ.

"ރަނގަޅު ވާނެ، ރަނގަޅު ފައިޓެއް ދެވޭނެ، ކަނޑިތީމާ ގްރޫޕް ސްޓޭޖުގައި ވެސް ކުޅެފިން. ގްރޫޕް ސްޓޭޖުގައި އެ ގޯސްކޮށް ހެދުނު ކަންތައްތައް ރަނގަޅުކޮށްގެން އެ އަށް ވުރެ ރަނގަޅަށް ކުޅެ، އިރާދަކުރެއްވިއްޔާ ފައިނަލް މެޗުގައި ތަށި ނަގާނަން،" ވަރުގަދަ އުންމީދަކާ އެކު ހުރެ، ޝާނީ ބުންޏެވެ.

ށ. އަތޮޅުގެ ފައިނަލް މެޗު އޮތީ މާދަމާ ހަވީރު 4 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox