ރ. އަތޮޅުގެ ރަށްރަށަށް ކުރެއްވި ދަތުރަށް ފަހު ރައީސް އެނބުރި މާލެ ވަޑައިގެންފި

ރ. އަތޮޅަށް ކުރެއްވި ދަތުރުގެ ތެރެއިން ރައީސް މުއިއްޒު އެ އަތޮޅުގެ ރަށެއްގައި: ހުރިހާ ރަށަކަށް ވަޑައިގެން ރައީސް ވަނީ އެ ރަށްރަށަށް ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ފައްޓަވައިދެއްވާނެ ކަމަށް ވިދާޅުވެފައި --- ފޮޓޯ: ރައީސް އޮފީސް

ރ. އަތޮޅަށް ކުރެއްވި ދަތުރުގެ ތެރެއިން ރައީސް މުއިއްޒު އެ އަތޮޅުގެ ރަށެއްގައި: ހުރިހާ ރަށަކަށް ވަޑައިގެން ރައީސް ވަނީ އެ ރަށްރަށަށް ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ފައްޓަވައިދެއްވާނެ ކަމަށް ވިދާޅުވެފައި --- ފޮޓޯ: ރައީސް އޮފީސް

ރ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ރަސްމީ ދަތުރު ނިންމަވާލެއްވުމަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އެނބުރި މާލެ ވަޑައިގެންފި އެވެ.

އަންގާރަ ދުވަހު ފެއްޓެވި މި ދަތުރުގައި ރައީސް ވަނީ ރ. އަތޮޅުގެ 10 ރަށަކަށް ވަޑައިގެންފަ އެވެ. މި ދަތުރުގައި އެ ރަށްރަށުގެ ކައުންސިލްތަކާއި އެހެން އިދާރާތަކާ ރައީސް ބައްދަލުކުރެއްވި އެވެ.

ރައީސްގެ އިތުރުން ގިނަ ވަޒީރުންނާއި ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ހިމެނޭ ސަރުކާރުގެ ބޮޑު ވަފުދެއް ވެސް ރައީސް އާއެކު ރ. އަތޮޅަށް ވަޑައިގަތެވެ.

ކޮންމެ ރަށެއްގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަދެއްކެވުމުގެ އިތުރުން ރައީސް މުއިއްޒު ވަނީ އެ ރަށްރަށުގައި މިދިޔަ ސަރުކާރުގައި ފަށާ, މިހާރު މަސައްކަތް ނިންމާފައިވާ ތަރައްގީގެ ބައެއް މަޝްރޫއުތައްވެސް އިފުތިތާހުކުރައްވާފަ އެވެ.

ރަށްރަށުގެ ރައްޔިތުންނާ މުހާތަބުކުރައްވާ ރައީސް ވަނީ މިދިޔަ އަހަރު ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުދިޔަ ސަބަބުތަކާ ބެހޭގޮތުން އެމަނިކުފާނު ދައްކަވާ ވާހަކަތައް ތަކުރާރުކުރައްވާފަ އެވެ. އަދި، ތަރައްގީގެ މުޅީން އައު ވައުދުތަކެއް ވެސް އެމަނިކުފާނު ވެވަޑައިގެންނެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޑީޕީ އިންތިހާބު: ކުރިން ވިދާލި ގިނަ ނަންތަކަކަށް ނާކާމިޔާބީ

ގައުމީ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު އަދި ޕާޓީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ޑީޑީއަށް ވަނީ ނާކާމިޔާބުވެފަ އެވެ.

ވަށަފަރު ގޮނޑި ގެއްލުމުން މުއިއްޒުގެ އާއިލީ މީހުން ވަކި ކުރަނީ

އެ އިންތިހާބު ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރި އައިމިނަތު ރިޝްމާ އެވެ. އޭނާ އިންތިހާބު ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓު ޒައިނާޒް އަހުމަދަށްވުރެ 57 ވޯޓު އިތުރަށް ހޯދައިގެންނެވެ.

އައްޑޫ ހުޅުދޫ ޑަބްލިއުޑީސީ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

އައްޑޫ ސިޓީ ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ނަބާހާ ކާމިޔާބުކޮށްފިއެވެ. މީގެ އިތުރުން މިއަދު ބޭއްވި އެހެން ބައި-އިލެކްޝަންތަކުގެ ތެރެއިން ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމާއި އެރަށު ޑަބްލިއުޑީސީ ގޮނޑި އެމްޑީޕީން ކާމިޔާބުކުރިއިރު، ހއ. ވަށަފަރު ޑަބްލިއުޑީސީ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ތާއީދާއެކު ނުކުތް އަމިއްލަ ކެންޑިޑޭޓެކެވެ.

ވަށަފަރު ޑަބްލިއުޑީސީގެ ގޮނޑި ވެސް ޕީއެންސީއަށް ގެއްލިއްޖެ!

ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަން، ޕީއެންސީގެ ކެންޑިޑޭޓާ ވާދަކޮށް އަމިއްލަ ކެންޑިޑޭޓް ރިޝްމާ އާދަމް ކާމިޔާބުކުރައްވައިފިއެވެ. ތިން ސަރަހައްދެއްގައި ބެހެއްޓި ވޯޓު ފޮށިތަކުން ރިޝްމާއަށް ޖުމްލަ 278 ވޯޓު ލިބުނުއިރު، ޕީއެންސީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 221 ވޯޓެވެ.

ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ސުޖާއު ދިފާއުކުރައްވައިފި

މިއަދުގެ އިންތިހާބުގައި ސުޖާއު ވަނީ މިހާތަނަށް 87 ވޯޓު ހޯއްދަވައިފަ އެވެ. އޭނާއާ ވާދަ ކުރެއްވި ވެރިކަން ހިންގާ ޕީއެންސީގެ އަހުމަދު އަމަން މުހައްމަދަށް މިހާތަނަށް ލިބުނީ 42 ވޯޓެވެ. އަދި އެއް ފޮށީގެ ނަތީޖާ ޓެލީ ނުކުރެވެ އެވެ.

"ބޮޑު ބަދަލު" ޓީމުން މާލޭގެ މެޖޯރިޓީ ނަގައިފި

އެހެންކަމުން، ފައްޔާޒް އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލީޑު ކުރައްވާ "ބޮޑު ބަދަލު" ގެ ޓީމުން މާލެ ސިޓީގެ ގޮނޑިތަކުގެ 81 ޕަސެންޓު ވަނީ ކާމިޔާބުކޮށްފަ އެވެ.

"އެމްޑީޕީ އެކުގައި ނުކުމެ، މި ގައުމަށް ހެޔޮ ބަދަލެއް ގެންނާނަން"

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި "ބޮޑު ބަދަލު" ޓީމަށް ލިބުނު ކާމިޔާބީއަކީ މެންބަރުންގެ އިތުބާރު އޮތްކަން ހާމަވި ނަތީޖާއެއް ކަމަށާއި، ދެން އޮތީ ޕާޓީ ވަރުގަދަކޮށް ގައުމަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ކަމަށް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. މި ޓީމުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެނައުމެވެ.

Newsletter

Get the latest news delivered straight to your inbox