ގޯލްޑަން ފުޓްސަލް ޗެލެންޖް: ގދ. އަތޮޅު ސެމީގެ ފަހު ޖާގަތައް ތިނަދޫ އާއި ގައްދޫ އަށް

Jan 21, 2025, 2:42 AM
ތިނަދޫ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ތިނަދޫ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ގޯލްޑަން ފުޓްސަލް ޗެލެންޖު 2025 ގެ ގދ. އަތޮޅު ސެމީ ފައިނަލުގެ ފަހު ޖާގަތައް ތިނަދޫ އާއި ގައްދޫން ހޯދައިފި އެވެ.

ތިނަދޫން ރޭ ވަނީ ފަރެސްމާތޮޑާ އަތުން 4-2 އިން މޮޅުވެފަަ އެވެ. އަދި ގައްދޫން ވަނީ 1-1 އިން ފިޔޯރީއާ އެއްވަރުކޮށްފަ އެވެ.

ގްރޫޕް އޭގެ އެއް ވަނަ ހޯދި މަޑަވެއްޔަށް ހަ ޕޮއިންޓް ލިބުުނުއިރު، ދެ ވަނަ ހޯދި ތިނަދޫ އަށް ތިން ޕޮއިންޓް ލިބިފައިވެ އެވެ. އެ ގްރޫޕުން ކެޓި ފަރެސްމާތޮޑާ އަށް ޕޮއިންޓެއް ނުލިބެ އެވެ. ގްރޫޕް ބީން އެއް ވަނަ ލިބުނީ ހަތަރު ޕޮއިންޓް ހޯދި ވާދޫ އަށެވެ. ދެ ވަނައިގައި ނިންމި ގައްދޫ އަށް ދެ ޕޮއިންޓް އަދި ފުލުގައި ނިންމި ފިޔޯރީ އަށް ލިބުނީ ޕޮއިންޓެކެވެ.

ތިނަދޫގެ ގޯލުތައް ޖެހީ އިބްރާހިމް މުހައްމަދު ދެ ގޯލާއި އިބްރާހިމް އަހުމަދު ދެ ގޯލެވެ. ފަރެސްމާތޮޑާ އިން ލަަނޑުތައް ޖެހީ، ސައިޝުﷲ އަޝްރަފް އާއި ސައްފާހު ހަަސަން އެވެ. ފިޔޯރީގެ އަބްދުﷲ މަހީލް މުއްތަލިބު ލަނޑު ޖެހިއިރު، ގައްދޫން ގޯލު ޖެހީ އައްނު އަބްދުﷲ އެވެ.

ސެމީ ފައިނަލުގައި ތިނަދޫ ކުޅޭނީ ވާދޫއާ އެވެ. އަދި ގައްދޫން ނުކުންނާނީ މަޑަވެއްޔާ ދެކޮޅަށެެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރާއި މިރޭގެ މެޗުތައް:

16:00: ހއ. މާރަންދޫ - ހއ. ފިއްލަދޫ

16:00: ހއ. ބާރަށް - ހއ. ކެލާ

17:00: ހއ. ވަށަފަރު - ހއ. އިހަވަންދޫ

17:00: ހއ. ދިއްދޫ - ހއ. އުތީމ

----------------------------------------

20:00: ހދ، ހަނިމާދޫ - ހދ. ފިނޭ

20:00: ހދ. ނޭކުރެންދޫ - ހދ. މަކުނުދޫ

21:00: ހދ. ކުމުންދޫ - ހދ. ނައިވާދޫ

21:00: ހދ. ނޮޅިވަރަން - ހދ. ވައިކަރަދޫ

22:00: މ. ވޭވަށް - މ. ދިއްގަރު

22:00: މ. މުލަކު - މ. މަޑުއްވަރީ

23:00: މ. ނާލާފުށި - މ. ކޮޅުފުށި

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox