ޕެނަމާ ކެނަލް ދިނީ ޗައިނާއިން މަންފާ ހޯދާކަށް ނޫން، އެތަން އަތުލާނަން: ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް: ޕެނަމާ ކެނަލް ދިނީ ޗައިނާއަކަށް ނޫން ކަމަށާއި އެތަން އަތުލާނެ ކަމަށް ވިދާޅުވި -- ފޮޓޯ؛ ސީއެންއެން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް: ޕެނަމާ ކެނަލް ދިނީ ޗައިނާއަކަށް ނޫން ކަމަށާއި އެތަން އަތުލާނެ ކަމަށް ވިދާޅުވި -- ފޮޓޯ؛ ސީއެންއެން

ޕެނަމާ ކެނަލް ދިނީ ޗައިނާއިން އެތަނުން މަންފާ ހޯދަން ނޫން ކަމަށާއި އެ ކެނަލް އަތުލާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ރައީސްކަމުގެ ހުވާ ކުރެއްވުމަށް ފަހު ގައުމާ މުހާތަބު ކުރައްވަމުން ޓްރަމްޕް ވިދާޅުވީ ޕެނަމާ ކެނަލްއަކީ އެމެރިކާއިން މިހާތަނަށް އެންމެ ބޮޑު ހަރަދެއް ކުރި މަޝްރޫއު ކަމަށް ވާއިރު، އެތަން ޕެނަމާއާ ހަވާލުކުރި އެއްބަސްވުމާ އެ ގައުމުން ހިލާފުވެފައިވާ ކަމަށެވެ.

މި ގޮތުން އެމެރިކާގެ އާގު ބޯޓުތަކަށް ބޮޑު އަގު ނަގައި ނާއިންސާފުން އަމަލު ކުރަމުންދާކަން ފާހަގަކުރައްވައި ޓްރަމްޕް ވިދާޅުވީ ޕެނަމާ ކެނަލްގައި ޗައިނާއިން އޮޕަރޭޓު ކުރަމުންދާ ކަމަށާއި އެތަން ދިނީ ޗައިނާއިން ބޭނުން ހިފަން ނޫން ކަމަށެވެ.

"އަހަރުމެންނާ މެދު ވަރަށް ގޯސްކޮށް އަމަލު ކުރަމުންދަނީ. އެއީ ހަދިޔާއެއްގެ ގޮތުން ދެވިގެންވާނެ ތަނެއް ނޫން. ޕެނަމާއިން އަހަރުމެންނާ އެކުވީ އެއްބަސްވުމާ ވަނީ ހިލާފުވެފައި. އެއްބަސްވުން ހެދި މަގުސަދު ވަނީ ގެއްލިފައި. އެމެރިކާގެ އާގު ބޯޓުތަކަށް ބޮޑު އަގު ނަގަމުންދަނީ. އެއްވެސް އިންސާފަކުން ނޫން އަމަލު ކުރަނީ. ޗައިނާއިން ދަނީ ޕެނަމާ ކެނަލްގައި އޮޕަރޭޓް ކުރަމަުން. އެތަން އަހަރުމެން ދިނީ ޗައިނާއަކަށް ނޫން. އެތަން ދިނީ ޕެނަމާއަށް އެތަން އަތުލާނަން،" ޓްރަމްޕް ވިދާޅުވި އެވެ.

އެމެރިކާގެ ރައީސްކަން ދެވަނަ ފަހަރަށް ކާމިޔާބު ކުރެއްވުމަށްފަހު، އިންތިހާބީ ރައީސްގެ ގޮތުގައި ހުންނަވައި ވެސް ޓްރަމްޕް ވަނީ ޕެނަމާ ކެނަލް އަތުލަން ޖެހިދާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.

ޓްރަމްޕް ކުރިން ވިދާލުވީ އެޓްލާންޓިކް ކަނޑާއި ޕެސިފިކް ކަނޑު ގުޅުވައިދޭ މުހިއްމު އެ ކެނަލް ނުބައި ބައެއްގެ އަތްމަތީގައި ނުބާވާނެ ކަމަށެވެ.

މީގެ ގަރުނަކަށް ވުރެ ކުރިން 1900 އަހަރުތަކުގެ ކުރީކޮޅުގައި އެމެރިކާ އާއި ޕެނަމާއާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން އެމެރިކާއިން ކެނަލް ހެދި އެވެ. އެއަށް ފަހު 1999 އާ ހަމައަށް ކެނަލް ބަލަހައްޓަމުން ދިޔައީ އެމެރިކާ އާއި ޕަނަމާ ގުޅިގެންނެވެ.

ނަމަަވެސް ޑިސެންބަރު 31، 1999 އިން ފެށިގެން އެ ކެނަލް ހިންގުމުގެ ހުރިހާ ބާރެއް އެމެރިކާއިން ޕެނަމާއަށް ދިނެވެ.

އެ ކެނަލް އެންމެ ގިނައިން ބޭނުން ކުރަނީ އެމެރިކާގެ އާގުބޯޓު ފަހަރެވެ. ކެނަލް ހުރަސްކުރާ އުޅަނދުގެ ބޮޑުމިނާއި، ދަތުރުގެ ބޭނުމަށް ބަލައި ނަގާ އަގުތައް 0.50 ޑޮލަރުން 300،000 ޑޮލަރަށް އަރަ އެވެ.

އެމެރިކާ އާއި ޕެނަމާއާ ދެމެދު 1903 ގައި ހެދި އެއްބަސްވުމުގެ ދަށުން އެ ކެނަލް އެމެރިކާއިން ތަރައްގީކޮށް ނިންމީ 1914 ވަނަ އަހަރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިއޯ އިން އެންމެ ބޮޑު ހިއްސާގެ ބާޒާރަށް ފުރުސަތު ހުޅުވައިފި

މުކޭޝް އަމްބާނީގެ ޖިއޯ ޕްލެޓްފޯމްސް އިން 3.2 ބިލިއަން ޑޮލަރު ހޯދުމުގެ އަމާޒާއެކު، އިންޑިއާގެ ތާރީޚުގައި ބާއްވާ އެންމެ ބޮޑު ހިއްސާގެ ބާޒާރު އާންމުންނަށް ހުޅުވާލައިފިއެވެ. މި އައިޕީއޯ މެދުވެރިކޮށް ލިބޭ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ކުންފުނީގެ ލޯނުތައް އަނބުރާ ދެއްކުމަށާއި ޓެލެކޮމް ވިޔަފާރި އިތުރަށް ފުޅާކުރުމަށެވެ. ހިއްސާ ވިއްކަން ފެށުމުގެ ކުރިންވެސް ބޮޑެތި މުއައްސަސާތަކުގެ ފަރާތުން މި މަޝްރޫއަށް ވަނީ އާދަޔާ ހިލާފު ބޮޑު ތަރުހީބެއް ލިބިފައެވެ.

ދުނިޔެ ހޫނުވުން އަންދާޒާ ކުރި ވަރަށް ވުރެ އިތުރު

ދުނިޔެ ހޫނުވުން ކުރިން އަންދާޒާކުރި ވަރަށް ވުރެ އިތުރުވަމުންދާ ކަމަށާއި، މިހާރު ހުރި ސިޔާސަތުތަކާއެކު މި ގަރުނު ނިމޭއިރު ހޫނުމިން 2.8 ޑިގްރީއަށް އުފުލޭނެ ކަމަށް އދ. ގެ ރިޕޯޓަކުން ދައްކައިފިއެވެ. މި ނުރައްކަލުން ސަލާމަތްވުމަށްޓަކައި 2030 ވަނަ އަހަރާ ހަމައަށް ވިހަ ގޭސް ބޭރުކުރާ މިންވަރު 18 އިންސައްތައަށް ދަށްކުރަން ޖެހޭއިރު، މިހާރުގެ ރޭވުންތަކުން އެކަން ހާސިލުނުވާނެ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެމެރިކާއިން ހޯދަމުން ދިޔަ މީހަކު ޕާކިސްތާނުން ހައްޔަރުކޮށްފި

އޮޅުވާލައިގެން ވަގު ސްޓޭމްޕާއި ލޭބަލް ވިއްކައިގެން އެމެރިކާގެ ޕޯސްޓަލް ސާވިސްއަށް 126 މިލިއަން ޑޮލަރުގެ ގެއްލުންދިން ޕާކިސްތާނު މީހަކު އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ހައްޔަރުކޮށްފިއެވެ. ފަހީމް އަކްރަމް ނަމަކަށް ކިޔާ މި މީހާ ވެބްސައިޓެއް މެދުވެރިކޮށް ފަސް މިލިއަނަށް ވުރެ ގިނަ ވަގު ލޭބަލް ވިއްކާފައިވާތީ، އެމެރިކާގެ ކޯޓަކުން މިދިޔަ މަހު ވަނީ އޭނާގެ މައްޗަށް ދައުވާ އުފުލާފައެވެ. އޭނާ ހޯދުމަށް އެހީތެރިވާ ފަރާތަކަށް އެމެރިކާއިން ބޮޑު އިނާމެއް ހުށަހަޅާފައިވާއިރު، މިހާރު ވަނީ އޭނާ ހިންގި ވެބްސައިޓް ބަންދުކޮށްފައެވެ.

ސައުދީ ދިފާއުކުރުމަށް އިނގިރޭސިވިލާތުގެ ބޯޓުތައް ފޮނުވަނީ

ޔަމަނުގެ ހޫތީން ދެމުންދާ މިސައިލް އަދި ޑްރޯން ހަމަލާތަކުން ސައުދީ އަރަބިއްޔާ ދިފާއުކުރުމަށް އެހީތެރިވުމުގެ ގޮތުން، އިނގިރޭސިވިލާތުގެ ރޯޔަލް އެއާ ފޯސްގެ މަތިންދާބޯޓުތައް ފޮނުވުމަށް އެ ގައުމުން ނިންމައިފިއެވެ. އިނގިރޭސި ސަރުކާރުން ހާމަކުރި ގޮތުގައި މި ބޯޓުތައް ބޭނުންކުރާނީ ހަމައެކަނި ސައުދީގެ އުމްރާނީ ވަސީލަތްތައް ރައްކާތެރިކުރުމުގެ ދިފާއީ މަސައްކަތްތަކަށެވެ.

އާއިލީ ގުޅުން އަލުން ގާއިމުކުރަން ބޭނުންވާ ކަމަށް ވިދާޅުވެއްޖެ

އަމީރު ހެރީގެ ބައްޕާފުޅާއި ބޭބޭފުޅާ އޮތް ނުތަނަވަސް ގުޅުން ރަނގަޅުކޮށް، އާއިލީ ގުޅުން އަލުން ގާއިމުކުރަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ. މާޒީގެ ހިތާމަވެރި ހާދިސާތައް ހަނދާން ނައްތާލުމަށް ބާރުއަޅުއްވަމުން ހެރީ ވިދާޅުވީ، ބައެއް މީހުން ބޭނުން ނުވި ނަމަވެސް އެ ގުޅުން އިއާދަކުރުމަކީ މިވަގުތަށް އެންމެ މުހިންމު ކަންތައް ކަމަށެވެ.

މޮރޮކޯގައި އަންހެން ބޮޑުވަޒީރަކު އައްޔަންކުރުމުން ދީނީ ބަހުސެއް

މޮރޮކޯގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ މަގާމަށް ފާތިމާ ޒަހްރާ އައްޔަންކުރެއްވުމާ ގުޅިގެން، އަންހެނުންނަށް އެފަދަ މަތީ މަގާމުތައް ދިނުމާ މެދު އެ ގައުމުގައި ދީނީ އަދި ސިޔާސީ ބޮޑު ބަހުސެއް ވަނީ ފެށިފަ. މި ނިންމުމަށް ބައެއް ފަރާތްތަކުން ފާޑުކިޔަމުންދާއިރު، މިއީ މޮރޮކޯގެ ތާރީޚީ ނިންމުމެއްގެ ގޮތުގައި ފާހަގަކުރެވޭ ކަމެއް.

ފްރާންސްގައި ރޭގަނޑު ބޭރަށް ނުކުތުން މަނާކޮށްފި

ފަރަންސޭސިވިލާތުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ޕެރިހާއި އެހެނިހެން ސިޓީތަކުގައި ރޭގަނޑު ބޭރަށް ނުކުމެ އުޅުން މަނާކޮށް ކާފިއު އިއުލާންކޮށްފިއެވެ. ތައުލީމީ ހާލަތު ރަނގަޅުކުރުމަށް ފެށި މި މުޒާހަރާތައް ފުޅާވެ، ހިނގި ކުރިމަތިލުންތަކުގައި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށް ފުލުހުންނާއި އާންމުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox