ގޯލްޑަން ފުޓްސަލް ޗެލެންޖު: ށ. އަތޮޅު ފައިނަލުގައި މިލަންދޫ އާއި ކަނޑިތީމުގެ ކުރިމަތިލުމެއް

Jan 20, 2025, 1:54 PM
ލަނޑު ޖެހުމަށް ފަހު މިލަންދޫ ކުޅުންތެރިން އުފާފާޅުކުރަނީ.---- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

ލަނޑު ޖެހުމަށް ފަހު މިލަންދޫ ކުޅުންތެރިން އުފާފާޅުކުރަނީ.---- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

ގޯލްޑަން ފުޓްސަލް ޗެލެންޖު 2025 ގެ ށ، އަތޮޅުގެ ފައިނަލުގައި މިލަންދޫ އާއި ކަނޑިތީމު ބައްދަލުކުރަން ޖެހިއްޖެ އެވެ.

ގްރޫޕް ސްޓޭޖުން ކުޅުނު މެޗުން މިލަަންދޫ ވަނީ 2-0 އިން ކަނޑިތީމު އަތުން މޮޅުވެފަ އެެވެ. އެންމެ ފަހުގެ ޗެމްޕިއަން، ކަނޑިތީމުން ސެމީ ފައިނަލުގައި މިއަދު ހަވީރު ބިލެއްފަހި ބަލިކުރީ 2-0 އިންނެވެ.

އަދި މުޅިން އަލަށް މި ފަހަރުގެ މުބާރާތުގައި ވާދަކޮށް ސެމީ ފައިނަލަށް ދަތުުރުކުރި ނަރުދޫ އަތުން މިލަންދޫ ވަނީ 4-0 އިން މޮޅުވެފަ އެވެ.

މިލަންދޫން މިއަދުގެ މެޗުގައި ޖެހި ހަތަރު ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ އެ ޓީމުގެ އަހުމަދު ޝާނީ އެވެ. އަނެއް ދެ ގޯލު ޖެހީ އަލީ އީނާސް އާއި އިބްރާހިމް ޒާހީ އެވެ.

ކަނޑިތީމުގެ ކެޕްޓަން، ކުޑައްޓޭ ބޯޅަ ހިފައިގެންދެވޭތޯ މަސައްކަތް ކުރަނީ.---- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

މިލަންދޫގެ ކޯޗު އަހުމަދު ނިޔާޒް މޫސާ (ޓެޑް) ބުނީ، ފައިނަލުގައި ކުޅެން ޖެހޭ ކަނޑިތީމަކީ އަތޮޅުގެ އެންމެ ވަރުގަދަ އެއް ޓީމު ކަމަށާއި އެހެން ނަމަވެސް ފައިނަލަށް ނުކުންނާނީ ގްރޫޕް ސްޓޭޖެކޭ އެއްގޮތަށް ކަނޑިތީމުގެ މައްޗަށް ކުރިހޯދުމަށް ކަމަށެވެ.

އޭނާ ބުނީ، މިނިވަން 50 ޗެމްޕިއަންޝިޕްގައި މިލަންދޫ އަށް ކާމިޔާބު ހޯދައިދެވިއްޖެ ކަމަށާއި ދެން ބޭނުންވަނީ ފުޓްސަލްގައި މިލަންދޫ އަށް ރަން މެޑަލެއް ގެންގޮސްދިނުމަށް ކަމަށެވެ.

ބިލެއްފަހި ކޮޅަށް ކަނޑިތީމަށް މިއަދުގެ މެޗުގައި ލަނޑުތައް ޖަހައިދިނީ، އިބްރާހިމް ނަދާދު (ކުޑައްޓޭ) އާއި އިސްމާއިލް ނިހާން އެވެ.

މިދިޔަ އަހަރު ށ. ފޭދޫ ބަލިކޮށް އަތޮޅު ތަށި ހޯދި، ކަނޑިތީމުގެ ތަރި، ކުޑައްޓޭ ބުނީ، މި ފަހަރުގެ ވެސް ފުރަތަަމަ ދުވަހުން ފެށިގެން އެންމެ ފުރަތަމަ ޓާގެޓަކީ އަތޮޅު ތަށި ދިފާއުކުރުން ކަމަށެވެ.

ކަނޑިތީމާއި މިލަންދޫ ކުޅޭ ށ. އަތޮޅު ފައިނަލް ކުރިއަށްދާނީ އަންނަ ހޮނިހިރު ދުވަހު ހަވީރު އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިރޭ ކުޅޭ މެޗުތައް:

20:00: ދ. މާއެނބޫދޫ - ދ. ކުޑަހުވަދޫ

21:00: ގދ. ފަރެސްމާތޮޑާ - ގދ. ތިނަދޫ

21:00: ގދ. ފިޔޯރީ - ގދ. ގައްދޫ

22:00: ސ. ހުޅުދޫ - ސ. ފޭދޫ

22:00: ސ. ހިތަދޫ - ސ. މީދޫ

23:00: ފ. ފީއަލި - ފ. ނިލަންދޫ

23:00: ފ. ބިލެއްދޫ - ފ. ދަރަނބޫދޫ

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox