ގޯލްޑަން ފުޓްސަލް ޗެލެންޖް: މަހިބަދޫ އަށް ގްރޫޕްގެ އެއް ވަނަ، ކުނބުރުދޫ އާއި މަންދޫ ސެމީ އަށް

Jan 20, 2025, 4:54 AM
މަހިބަދޫ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

މަހިބަދޫ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

ގޯލްޑަން ފުޓްސަލް ޗެލެންޖު 2025 ގެ އދ. އަތޮޅުގެ ގްރޫޕް ސްޓޭޖުގައި މަހިބަދޫން ކުޅުނު ދެ ވަނަ މެޗުން ވެސް މޮޅުވެ، ގްރޫޕްގެ އެއް ވަނަ ހޯދިއިރު، ސެމީ ފައިނަލުގެ ފަހު ޖާގަތައް ކުނބުރުދޫ އާއި މަންދޫން ހޯދައިފި އެވެ.

ގްރޫޕް އޭގެ ފަަހު މެޗުން ރޭ ކުނބުރުދޫން ވަނީ 3-0 އިން ހަންޏާމީދޫ ބަލިކޮށްފަ އެވެ. ގްރޫޕް ބީގެ ފަހު މެޗުން، މަހިބަދޫން ވަނީ އޮމަދޫ އަތުން 4-1 އިން މޮޅުވެފަ އެވެ.

ގްރޫޕް އޭގެ އެއް ވަނަ ދަނގެތިން ހޯދާފައިވަނީ، ދެ މެޗުން މޮޅުވެ، ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނަ ހޯދި ކުނބުުރުދޫ އަށް ތިން ޕޮއިންޓް ލިބުނުއިރު، ހަންޏާމީދޫ ކެޓީ ޕޮއިންޓެއް ނުލިބި އެވެ. ގްރޫޕް ބީގެ އެއް ވަނަ ހޯދި މަހިބަދޫ އަށް ހަ ޕޮއިންޓް ލިބުނުއިރު، ދެ ވަނަ ހޯދި މަންދޫ އަށް ތިން ޕޮއިންޓް އަދި ފުލަށް ދިޔަ އޮމަދޫ އަށް ޕޮއިންޓެއް ނުލިބެ އެވެ.

ކުނބުރުދޫ އަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ، މުހައްމަދު ޔާސިރު މޫސާ، މުހައްމަދު ސަމާހު މޫސާ ފަތުހީ އަދި ހުސެއިން ޝަޒީމް އެވެ. މަހިބަދޫ އަށް ލަނޑުތައް ޖަހައިދިނީ، އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް)، އާދަމް ފަހުމާން އަދި ހަސަން ނާއިމްގެ އިތުރުން، އޮމަދޫގެ އަލީ އަޒުމީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަދި އޮމަދޫގެ ލަނޑު ޖެހީ އަލީ ޝާޒް ހިލްމީ އެވެ.

ސެމީ ފައިނަލުގައި، މަހިބަދޫން ކުޅޭނީ ކުނބުރުދޫއާ އެވެ. އަދި މަންދޫ ބައްދަލުކުރާނީ ދަނގެއްޗާ އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިއަދާއި މިރޭ ކުޅޭ މެޗުތައް:

16:00: ށ. ސެމީ ފައިނަލް: މިލަންދޫ - ނަރުދޫ

16:00: ށ. ސެމީ ފައިނަލް: ކަނޑިތީމު - ބިލެއްފަހި

17:00: ނ. ހޮޅުދޫ - ނ. މިލަދޫ

----------------------------------------

20:00: ދ. މާއެނބޫދޫ - ދ. ކުޑަހުވަދޫ

21:00: ގދ. ފަރެސްމާތޮޑާ - ގދ. ތިނަދޫ

21:00: ގދ. ފިޔޯރީ - ގދ. ގައްދޫ

22:00: ސ. ހުޅުދޫ - ސ. ފޭދޫ

22:00: ސ. ހިތަދޫ - ސ. މީދޫ

23:00: ފ. ފީއަލި - ފ. ނިލަންދޫ

23:00: ފ. ބިލެއްދޫ - ފ. ދަރަނބޫދޫ

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox